ގޯލްޑަންގެ ތަށި އުފުލާލައި ތިމަރަފުށިން ފުޓްސަލްގެ ރަސްކަން ދިފާއުކޮށްފި

Mar 30, 2022, 8:28 PM
ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022ގެ ޗެމްޕިިއަންކަން ކ. ގާފަރު ބަލިކޮށް ތ ތިމަރަފުށިން ދިފާއުކޮށްފި އެވެ.

ޖުމްލަ 91 ޓީމު ބައިވެރިވި މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށިން ހޯދިއިރު، މިއީ އެ ޓީމުން ތަށި އުފުލާލި ތިން ވަނަ ފަހަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ވިދިވިިދިގެން ދެ ފަހަރު ހޯދި ހަމައެކަނި ޓީމަކީ ވެސް ތިމަރަފުށްޓެވެ. ތިމަރަފުށިން ވަނީ 2016 އާއި 2019 އަދި 2022 ވަނަ އަހަރު ތަށި ހޯދައިފަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބ. އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދިއިރު، އޭގެ ފަހުން ކޮވިޑާ ހެދި މިދިޔަ އަހަރުތަކުގައި މުބާރާތް ނުބާއްވައި މި ފަހަރު ބޭއްވިއިރު ވެސް ތިމަރަފުށި ފަހަަތަށް ޖައްސާލެވޭ ގޮތެއްނުވި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ތިމަރަފުށި މޮޅުވީ 3-2 އިންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ތިމަރަފުށްޓަށާއި ގާފަރަށް ގޯލެއް ޖަހަން ލިބުނު އެއްވެސް ފުރުސަތެއް ދިޔައީ ބޭނުން ނުހިފި އެވެ. ދެ ޓީމުގެ ގޯލްކީޕަރުން ކަމަށްވާ، ގާފަރުގެ ފައްޔާޒް ފަޔާޒް (ފައިއްޓެ) އާއި ތިމަރަފުށީގެ މުހައްމަދު ޝަރުހާން ވަނީ ހުށިޔާރުކަމާ އެކު ބޯޅަތައް ހުއްޓުވައިފަ އެވެ. ދެ ވަނަ ހާފުގައި ތިމަރަފުށިން ލީޑުނެގީ ގާފަރުގެ ކީޕަރު ފައިއްޓެ އަތުން ޖައްސާލި ބޯޅައެއް އެ ޓީމުގެ އަލީ މާއިޝް (މައްޓު) ގައިގައި ޖެހިފައި ބައިކޮޅަށް ވަނުމުންނެވެ. އޭގެ ފަހުން ކައުންޓަ އެޓޭކުގައި ތިމަރަފުށީގެ އިބްރާހިމް އަސްވަދު (ގަބޭ) އެ ޓީމުގެ އަލީ ޝިފާއު (ރޮނާ) އަށް ދިނުމުން އޭނާ ހުސްކޮށްލާފައި ދިން ބޯޅަ އާދަމް ނާސިހު (އާދަންނާ) ވަނީ ގޯލަށް ވައްދާލައިފަ އެެވެ.

ކިންގް އޮފް ފުޓްސަލް ގަބޭ، އަށް ރަސްމީ އިއްޒަތުގައި ޓްރޮފީ އާއި ތާޖު ހަވާލުކުރުމުގެ ތެރެއިން،--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގާފަރުން މެޗުގެ ތެރެއަށް ވަންނަން ކުރިއަށް ޖެހިގެން ކުރި މަސައްކަތް ކާމިޔާބުވީ ބަދަލަކަށް އެރި އަޒްޔާން އިބްރާހިމް ޖެހި ގޯލުންނެވެ. ތިމަރަފުށީގެ ފަހަތުން ލިބުނު ޖާގައެއްގައި ތިރިތިރިން އަޒްޔާން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ގާފަރު ޓީމުގެ ތަރި، މައްޓު ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލައި، ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ)، އާދަންނާ، އިބްރާހިމް ހަމްދާން އަދި ގަބޭ ޖެހި ޕެނަލްޓީ ކާމިޔާބުވިއިރު، ތިމަރަފުށީގެ އިސްމާއިލް ސިޔާދު ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ. ތިމަރަފުށީގެ ކެޕްޓަން ސިނާ މި މެޗުގައި ކުުޅުނީ ސެމީ ފައިނަލްގައި ކުޑަހުވަދޫ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވި ހުރުމަށް ފަހު އެވެ.

ގާފަރު ޓީމުގެ ސާމިން މުހައްމަދު ނަސީރު، މައްޓު ޕެނަލްޓީ ވައްދާލިއިރު، އެ ޓީމުގެ ސަނީމް ސަމާއިލް އާއި އަޒްޔާން ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެެވެ. ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަހަރު ނުކުޅެވޭ ގޮތަށް އޮތް ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން ވަނީ ސާމިނަށް ކުޅެވޭ ގޮތް ހަދައިދީފަ އެވެ. މިރޭގެ މެޗުގައި ސާމިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަށް ދިން "ކިންގް އޮފް ފުޓްސަލް" ގެ ލަގަބު ރަސްމީ އިއްޒަތުގައި ދިނީ ގަބޭ އަށެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ގަބޭގެ އަށް ފަހު ހިމެނުނީ ސިނާ އާއި ގާފަރުގެ މައްޓު އާއި ފައިއްޓެގެ އިތުރުން ދ. ކުޑަހުވަދޫ ޓީމުގެ ޖުމައިލް ޖަލީލް (ޖުމްބެ) އެވެ. އެންމެ މޮޅު ކޯޗަކަށް ތިމަރަފުށީ ޓީމުގެ އަލީ ފަހުމީ (އައްޔަ) ހޮވުނުއިރު، ފެއާ ޕްލޭ ޓީމަކީ ށ.ކަނޑިތީމެވެ. އެންމެ މޮޅަށް ސަޕޯޓްކުރި ޓީމަކަށް އއ. މަތިވެރި ހޮވުނުއިރު، މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓަނަރުންނަށް ހާއްސަ ފިލައެއް ވެސް ވަނީ ދީފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ޖުމްލަ 13 ގޯލު ކާމިޔާބުކުރި ތިމަރަފުށީ ޓީމުގެ ރޮނާ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ހަ ވަނަ ފަހަރަށް ބޭއްވިއިރު، މި ފަހަރު ވަނީ މުބާރާތުގެ އެންމެ މޮޅު ރެފްރީ ހޮވައިފަ އެވެ. އެންމެ މޮޅު ރެފްރީ އަކަށް ހޮވުނީ އަހުމަދު މުނީރް އެވެ. ތިމަރަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ތިން ފަހަރު ހޯދިއިރު، ދެން ހޯދީ މާފަންނާއި ހެންވޭރުގެ އިތުރުން ބ. ހިތާދޫ އެވެ. ހިތާދޫން 2015 ވަނަ އަހަރު ތަށި ހޯދީ ގާފަރު ބަލިކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox