ސްޓޭޓް މިނިސްޓަރު ސޯލިހުގެ މައްޗަށް އުފުލި ދައުވާތައް ސާބިތު ނުވި

ސްޓޭޓް މިނިސްޓަރު ސޯލިހް ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް: އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި -- ފޮޓޯ: ސްރީން ކެޕްޗާ/އަދަދު ފައިލް

ސްޓޭޓް މިނިސްޓަރު ސޯލިހް ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް: އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި -- ފޮޓޯ: ސްރީން ކެޕްޗާ/އަދަދު ފައިލް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޑރ. ސޯލިހުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަކި ރަށްތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކަށް ފޮނުވާފައިވާ ސިޓީތަކަކާ ގުޅިގެންނެވެ. ދައުލަތުން އެ ފާހަގަކުރާ ސިޓީތަކަކީ ކ. އަތޮޅުގެ ދެ ފަޅަކާއި ވ. ފޮއްތެޔޮބޮޑުފުއްޓާ ގުޅޭ ގޮތުން މިނިސްޓްރީން ދޫކޮށްފައި ހުރި ސިޓީތަކެކެވެ.

އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވީ ދައުލަތުން ހުށަހެޅި ހެކިބަހުން ވެސް އޭނާގެ ދިފާއުއަށް ބާރު ލިބުމުންނެވެ.

އެގޮތުން، ރިޔާސީ ކޮމިޝަނުގެ އެންގުމުގައި ބުނެފައި އޮތީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއްގެ ހެޑްލީސް ރައިޓް ބަދަލުކުރަން ނުވަތަ މަޑުޖައްސާލުމަށެވެ. ނަމަވެސް، އޭނާ ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެ ހައްގުތައް ބަދަލުކުރުމާ ގުޅުންހުރި ސިޓީތަކެއް ނޫން ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވި އެވެ.

އެފަދައިން ފަނޑިޔާރު ނިންމެވީ އެ ސިޓީ ފޮނުވި ފަރާތްތަކުން ވެސް ހެޑްލީސް ރައިޓް ނުވަތަ ހިއްސާ ބަދަލުކުރުމަށް އެދިފައި ނުވާކަން ދައުލަތުން ހުށަހެޅި ހެކިން ހެކިބަސް ދެމުން ބުނެފައި ވާތީ އެވެ.

ރިޔާސީ ކޮމިޝަނުގެ ނިންމުމާ ގުޅިގެން ރަށްތަކުގެ ލީސް ބަދަލުކުރުން މަޑުޖައްސާލަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރަތަމަ އެންގެވިޔަސް، ފަހުން އެ ނިންމުން ބާތިލްކުރި ކަމަށް ހެކިން ބުނެފައި ވެއެވެ.

ޖިނާއީ ކުށެއް ސާބިތު ކުރުމުގެ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރު ކަމުގައި ވާއިރު، ދައުލަތުގެ ހެކިތަކުން އެ މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox