އިޒްރޭލުގައި ފަސް މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ބަޑި ހިފައިގެން އުޅުނު މީހަކު ހަމަލާ ދިނީ ތެލް އަވީވްގައި. -- ފޮޓޯ: ރޮއިޓާޒް

ބަޑި ހިފައިގެން އުޅުނު މީހަކު ހަމަލާ ދިނީ ތެލް އަވީވްގައި. -- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގެ ތެލް އަވީވް ސިޓީގައި ބަޑި ހިފައިގެން އުޅުނު ފަލަސްތީނު މީހަކު ދިން ހަމަލާއެއްގައި ފަސް މީހުން މަރުވެއްޖެ އެވެ.

މިއީ ހަފްތާއެއް ތެރޭގައި އިޒްރޭލުގައި ދިން ބަޑީގެ ތިން ވަނަ ހަމަލާ އެވެ. ބުދަ ދުވަހު ހަމަލާ ދިނީ ޔަހޫދީން ގިނައިން ދިރިއުޅޭ ހިސާބެއްގަ އެވެ.

ހަމަލާ ދިން މީހާ ހުއްޓުވީ އެ ހިސާބަށް ފުލުހުން އައިސް އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިގެންނެވެ.

މިދިޔަ އަންގާރަ ދުވަހާއި އާދީއްތަ ދުވަހު ވެސް އިޒްރޭލުގައި ދިރިއުޅޭ އަރަބިން ވަނީ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި ހަ މީހުން މަރުވި އެވެ.

ސިފައިންނާއި ފުލުހުން އެލާޓަށް ގެނެސްފައިވާ އިރު، ބުދަ ދުވަހުގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ.

ހަމަލާ ދިން މީހާއަކީ އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން އަވަށަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެކެވެ.

މީގެ ކުރިން އޭނާ ވަނީ އިޒްރޭލުގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވީ ހާލަތު ގޯސްވަމުން ދާތީ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

"އިޒްރޭލަށް މި ކުރިމަތިވަނީ އަރަބިންގެ ފަރާތުން ޓެރަރިޒަމްގެ ބޮޑު ރާޅަކާ. ސެކިއުރިޓީ ފައުޖުން އެބަ އޮޕަރޭޓް ކުރޭ. ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރާނީ ދަގަނޑު އަތަކާ އެކު އެއްވެސް ދޫދިނުމެއް ނެތި." އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވެސް ހަމަލާތައް ކުށްވެރި ކުރައްވައި ވިދާޅުވީ، ހަމަޖެހުން ގެންނަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި، ހަމަލާތަކާ ހެދި ހާލަތު ގޯސްވުމަށް މަގުފަހިވެދާނެ ކަމަށޭވެ.

ނަމަވެސް، ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ހަމަލާތަކަށް މަރުހަބާ ކިޔައި، ބުނީ ތެލް އަވީވްގައި ހިންގާ އޮޕަރޭޝަނާ މެދު ފަހުރުވެރިވާ ކަމަށެވެ.

އިޒްރޭލުގައި ފާއިތުވި ހަފްތާގައި އެންމެ ފުރަތަމަ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން މަސައްކަތް ކުރި މީހެކެވެ. އޭނާ ވެސް އިޒްރޭލުގެ ޖަލުގައި ކުރިން ބަންދުކުރި އެވެ.

އޭގެ ފަސް ދުވަސް ފަހުން ދެ ވަނަ ހަމަލާ ދިން އިރު، އެ ހަމަލާގައި ތިން މީހުން ބައިވެރިވި އެވެ. އެ ހަމަލާގެ ޒިންމާ އުފުލީ އައިއެސް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox