އިމްރާން އިތުރުފުޅު ހެއްދެވުން އެއީ އާ ކަމެއް ނޫން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް؛ ޔާމީން ވަނީ ކަމެއް ހާސިލުކުރުމަށް ސިޔާސީ މީހުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަވާފާނެކަމަށް ވިދާޅުވެފަ. ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް؛ ޔާމީން ވަނީ ކަމެއް ހާސިލުކުރުމަށް ސިޔާސީ މީހުން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަވާފާނެކަމަށް ވިދާޅުވެފަ. ފޮޓޯ: ޕީޕީއެމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އަބަދުވެސް އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށާއި އެކަން 2015 ވަނަ އަހަރު ހިނގައިދިޔަ މޭ ޑޭ މުޒާހަރާތަކުގެ ތެރެއިން އެމަނިކުފާނު ދެއްކެވި ވާހަކަތަކުން ވެސް އެނގިގެންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޯޓުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގަސްތުގައި ގޯސްހަދާ ފުލުހުން އެބަތިބި ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވެފައި ވަނިކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ލިއުމުން ދެއްވި ޖަވާބެއްގައި އެކަން ދޮގުކުރެއްވި އެވެ. އެކަމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ބުރަވީ އިމްރާން އިތުރުފުޅު ހެއްދެވި ކަމަށެވެ.

އެފަދަ ތުހުމަތުތަކަކީ މިއަދު އިމްރާނާއި ދޭތެރޭ ފެންމަތިވެގެން އުޅޭ ތުހުމަތުތަކެއް ނޫން ކަމަށް މެމްބަރުން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ. އެގޮތުން، 2015 ވަނަ އަހަރު ކުރިޔަށް ދިޔަ މޭ ޑޭ މުޒާހަރާގެ ތެރެއިން ވެސް އިމްރާން ބޮޑެތި ބުހުތާން ދޮގުތަކެއް ހެއްދެވި ކަމަށް ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

"އެ ދެ ވަޒީރުންގެ ދޭތެރޭގަ އުޅޭ މައްސަލައަކާ ހަމަޔަކުންނެއް ނޫނޭ އަޅުގަނޑުމެންނަށް އިނގެނީ އިމްރާނަކީ ދޮގުހަދާ މީހެއްކަން. އެއަށްވުރެ މާ ކުރިން އެނގިގެން ހިނގައްޖެ. ތި މޭޑޭ މުޒާހަރާގައި 2015 ވަނަ އަހަރު ކޮން ފަދަ ބޮޑެތި ތުހުމަތުތަކެއް، ބަދުނާމު ތަކެއްތޯ ކުރީ. ތިމަންނަ އަތުގައި މިހިރީއޭ ހުރިހާ ކިތާބީ ހެކި. އަފްރާޝީމް މަރާލީ ރައީސް ޔާމީނޭ. އަދި، އަފްރާޝީމު މަރާލުމާ ދެން ހުރި މަރުތަކުގަ ގަތުލުގެ ރައީސް ޔާމީނަށް ކަންކަން އިނގޭ،" ޔާމީން ވިދާޅުވި އެވެ.

އިމްރާން އަތުގައި އެދުވަހު ވެސް ހުރި ހުރިހާ ހެއްކެއް މިއަދު ހޯމް މިނިސްޓަރުގެ ގޮތުގައި ފުލުހުންނާ ހަވާލުވެގެން ހުންނެވިއިރު ހުންނާނެ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.

އެހެން ކަންކަން ހުރިއިރު އެފަދަ މަރުގެ މައްސަލަތަކުގެ ގާތިލުން ނުހޯދިގެން އެ އުޅެނީ ކީއްވެގެން ކަމާމެދު ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި، އެއީ އިމްރާން އަބަދު ވެސް އިތުރުފުޅު ހައްދަވާކަމަށް ވިދާޅުވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އިމްރާނުގެ ދޮގުހެދުން އެއީ އިއްޔެ މެންދުރުގެ ކަމެއް ނޫން. އެއީ މާ ކުރިއްސުރެ އޮންނަ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އަމިއްލަ ކަމެއް ހާސިލުކުރަން ވެއްޖެނަމަ ރައްޔިތުން ވާ ވައްދައި ކޮންމެފަދަ ވާހަކައެއް ވެސް ދައްކަވާފާނެ ކަމަށެވެ. އަދި، އެކަން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުން ވެސް ފެނިގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބު ނިމުމާއެކު ކޮމަންޑޫ ދާއިރާއަށް އިއުލާންކުރި ހުރިހާ މަޝްރޫއެއް މިހާރު އޮތީ ހުއްޓިފައި ކަމަށް ޔާމީން ވިދާޅުވި އެވެ. އޭގެ އިތުރުން، އިންތިހާބުގެ ތެރެއިން ކޮމަންޑޫއަށް ފައިސާ އާއި މަޝްރޫއުތައް "އޮއްސަމުން" ދިޔަ އިރު އެކަންކަން ބެލުމަށް އެ ދުވަސްވަރު އޭސީސީގައި މެމްބަރަކު ނެތުމަކީ މި ސަރުކާރުގެ ނަޒާހަތްތެރި ކަމެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި އިންތިހާބުތައް ޕީޕީއެމްއަށް ނުގެއްލޭ ކަމަށާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ވެސް އޮޅުވާލުންތަކެއް ހުރި ކަމަށް ޔާމީން ކުރިން ދައްކަވާ ވާހަކަތައް ރޭ ވެސް ތަކުރާރު ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެއްކޮށް މަސައްކަތް ކުރުމަށް ޖޭޕީން އެދުމުން ޕީޕީއެމުން ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ދިން ކަމަށެވެ.

"ހަމަ ސީދާ އަޅުގަނޑާ ވެސް ގުޅި. އަދި އަޅުގަނޑުމެންގެ ޕާޓީގެ އިސް ލީޑަރުންގެ ތެރޭގައި މި ހުންނެވި އަބްދުއްރަހީމާއި، ޝިޔާމާއި ދެން ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ. ޖުމްހޫރީ ޕާޓީން ބޭނުންވި ރައްޔިތުންގެ މަޖިލިސްއަށް ނުކުތުމަށްޓަކައި އަޅުގަނޑުމެން ޕާޓީއާއެކީ ސިޔާސީ ގޮތުން ގުޅިގެން ކޯލިޝަން ހަދައިގެން ކުރިޔަށްދާން. އަޅުގަނޑުމެން ބުނިން އިހުލާސްތެރިކަމާއެކީ ތިކަމަށް ތައްޔާރޭ،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، ފަހުން ޖޭޕީން ޕީޕީއެމްއަށް ގޮނޑިތަކެއް ދޫކުރަން އެއްގޮތަކަށް ވެސް އެއްބަސްނުވި ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެން ކަންކަން ނުވިނަމަ އެމްޑީޕީއަށް މިހާރު އެ އޮތް ވަރުގަދަ ސުޕަމެޖޯރިޓީއެއް ނުލިބޭނެކަން ޔަގީންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޫކުރި ގޮނޑިތަކެއް ޖުމްހޫރީ ޕާޓީއަކުން ދުލެއް ނުކުރި އެއްގޮތަކަށް ވެސް. އަޅުގަނޑުމެން ގޮނޑިތަކެއް ދޫކުރީމު. އެހެން ނަމަވެސް، އަޅުގަނޑު ހިތަށް އަރަނީ މިއަދު އެ ގޮނޑިތަކަށް އަޅުގަނޑުމެންގެ މީހުން ނެރުން ނަމަ އެމްޑީޕީ އަކަށް މި ސުޕަމެޖޯރިޓިއެއް ނުލިބުނީސް،"

"އެހެންވީމާ އަޅުގަނޑުމެންގެ އަތުން އެ އިންތިހާބު ބީވެގެންދިޔައީ މިދެންނެވި ކަހަލަ މަކަރުވެރިކަމުގެ ތެރެއިން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އަދުލުވެރި އިންތިހާބެއްގައި، އަދަދުތައް ކިތަންމެ ގިނަ ނަމަވެސް، އެމްޑީޕީއަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަދި، އެމްޑީޕީގެ ގިނަ މީހުންނަކީ ނޭނގި އެމްޑީޕީގައި ތިބި މީހުންކަމަށް ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވީ އިންޑިއާ ފަދަ ބޭރުގެ ގައުމުތަކުގެ އެހީ އެމްޑީޕީއަށް ލިބުނު ނަމަވެސް އެވަރުގެ ބޮޑު ކާމިޔާބެއް މިހާތަނަށް ސީދާ ސާދާ އިންތިހާބަކުން އެމްޑީޕީއަށް ލިބިފައިނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox