ރޯދަ މަހާ ދިމާކޮށް ހަމަޖެހުން ޔަގީން ކުރަން އިޒްރޭލުން އުރުދުންގައި މަޝްވަރާ ކުރަނީ

އުރުދުންގެ ރަސްގެފާން އަބްދުﷲ (ކ) އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓް ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އުރުދުންގެ ރަސްގެފާން އަބްދުﷲ (ކ) އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓް ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

ރޯދަ މަސް ތެރޭގައި ފަލަސްތީނުގައި ހަމަޖެހުން ޔަގީން ކުރަން އިޒްރޭލުގެ ވެރިން އުރުދުންއަށް ވަޑައިގެން މަޝްވަރާ ކުރަމުން އެބަދެ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް އަންގާރަ ދުވަހު ވަނީ އުރުދުންގެ ރަސްގެފާން އަބްދުﷲ ދެ ވަނައާ ބައްދަލުކުރައްވާފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، 11 ދުވަހުގެ ހަނގުރާމައެއް ކުރި އެވެ.

އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް ވެސް ބުދަ ދުވަހު އުރުދުންގެ އައްމާނަށް ވަޑައިގަންނަވާނެ އެވެ. އޭގެ ކުރިން އުރުދުންގެ ރަސްގެފާން އަބްދުﷲ ވަނީ ހުޅަނގު އައްސޭރިއަށް ވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއާ ބައްދަލުކުރައްވާފަ އެވެ.

ރަސްގެފާން އަބްދުﷲ ގާންޓްޒްއަށް ގޮވާލެއްވީ އަލް އަގްސާ މިސްކިތުގައި މުސްލިމުން އަޅުކަން ކުރުމަށް ހުރި ހުރިހާ ހުރަސްތަކެއް ނައްތާލުމަށެވެ. އަދި ހަމަނުޖެހުން އުފެދިދާނެ ފަދަ ކަންކަމާއި ހާލަތްތައް މަގުފަހި ނުކުރުމަށް ވެސް ގޮވާލެއްވި އެވެ.

ގާންޓްޒްގެ ވާހަކައިގައި ފާހަގަކުރެއްވީ ސަރަހައްދީ ހަމަޖެހުން ގާއިމްކޮށް، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ މުހިއްމު ކަމެވެ.

މިދިޔަ އާދީއްތަ އަދި ހޯމް ދުވަހު ހަތަރު އަރަބި ގައުމަކުން ވަނީ އިޒްރޭލުގައި ބޮޑު ބައްދަލުވުމެއް ބާއްވާފަ އެވެ. އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފައިވާ އެ ގައުމުތަކުގެ އިތުރުން އެމެރިކާއިން ވެސް މަޝްވަރާތަކުގައި ބައިވެރިވި އެވެ.

އިޒްރޭލާ އެކު ގުޅުން ގާއިމްކޮށްފައިވާ އަރަބި ގައުމުތަކުގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިނުވަނީ އުރުދުން އެކަންޏެވެ.

ބައްދަލުވުމަށް ފަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއާ ބައްދަލުކުރައްވާފަ އެވެ.

މަހްމޫދް އައްބާސް ހުޅަނގުގެ ގައުމުތަކަށް ފާޑުވިދާޅުވެ، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ފިޔަވަޅު އަޅަމުންދާ އިރު، ފަލަސްތީނާ މެދު އަމަލު ކުރާ ގޮތުގެ ސަބަބުން އިޒްރޭލާ މެދު ފިޔަވަޅު ނާޅާތީ ޝަކުވާ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox