ލަންކާގެ ހަކަތައާ ގުޅޭ މަޝްރޫއުތަކަށް އެމެރިކާގެ ކްރެޑިޓް ފެސިލިޓީ

ސްރީލަންކާގައި އިރުގެ އަވިން ހަކަތަ އުފެއްދުމަށް ހިންގާ މަޝްރޫއެއް.

ސްރީލަންކާގައި އިރުގެ އަވިން ހަކަތަ އުފެއްދުމަށް ހިންގާ މަޝްރޫއެއް.

ސްރީލަންކާގައި ހިންގާ އިއާދަކުރަނިވި ހަކަތައާ ގުޅޭ މަޝްރޫއުތަކަށް އެމެރިކާއިން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދޭން ނިންމައިފި އެވެ.

އެމެރިކާގެ ސަފީރު ޖޫލީ ޗުންގް ވިދާޅުވީ ޔޫއެސްއެއިޑުން ލަންކާގެ އިއާދަކުރަނިވި ހަކަތައާ ގުޅޭ މަޝްރޫއުތަކަށް އެހީ ވާނެ ކަމަށެވެ.

ސަފީރު އެގޮތަށް ވިދާޅުވީ ހޯމަ ދުވަހު ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގައި ކަމަށް ލަންކާގެ ރައީސް އޮފީހުން ބުންޏެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލް ވިކްޓޯރިއާ ނުލެންޑް ލަންކާއަށް ކުރެއްވި ދަތުރުގައި ލަންކާ ސަރުކާރުން ދެއްވި އެހީތެރިކަމަށް ސަފީރު ޝުކުރު އަދާކުރެއްވި އެވެ.

ރައީސް ގޮތަބަޔަ ވަނީ ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަދި މާލީ ކާރިސާ އުފެދުނު ގޮތާއި ބޭނުންވާ އެހީތަކާ ގުޅޭ ގޮތުން ސަފީރާ އެކު މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދުމުގައި އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ އުއްމީދު ގޮތަބަޔަ ފާޅުކުރެއްވި އެވެ.

ސަފީރު ވަނީ އައިއެމްއެފްގެ އެހީ ހޯދަން ލަންކާ ސަރުކާރުން ނިންމާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

ލަންކާ ސަރުކާރުން އައިއެމްއެފްގެ އެހީ ހޯދަން ނިންމި އިރު، ބައެއް ތަޖުރިބާކާރުން ވަނީ މީގެ ކުރިން ވެސް އެ ނިންމުން ނިންމުމަށް ބާރު އަޅާފަ އެވެ. ނަމަވެސް ކުރިން ސަރުކާރުން އެ ގޮތް ބޭނުމެއް ނުވި އެވެ.

ލަންކާ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އައިއެމްއެފްއިން ނެރުނު ރިޕޯޓުގައި ބުނީ ކުރު އަދި ދިގު ރާސްތާގައި އިގްތިސާދީ ހަމަޖެހުން ގާއިމްކޮށް، ދަރަނި ދެއްކުން ދެމެހެއްޓުމަށް ހަރުދަނާ ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށެވެ.

އެގޮތުން މުދަލާއި ހިދުމަތުން ނަގާ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) އާއި ފަރުދުންގެ އާމްދަނީއިން ނަގާ އިންކަމް ޓެކްސް މަތި ކުރަން ލަފާ ދިނެވެ.

އޭގެ އިތުރުން ޕަބްލިކް ކުންފުނިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ހަކަތައިގެ އަގުތަކަށް އިސްލާހީ ބަދަލު ގެނައުމަށް ވެސް ލަފާ ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox