ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހުމުން ވިލް ސްމިތަށް ލިބުނު އެވޯޑު އަތުލަފާނެތަ؟

Mar 28, 2022, 9:47 AM
ކްރިސް ރޮކްގެ ކަންކަށި މަތީގައި ޖެހުމުން ވިލް ސްމިތަށް ލިބުނު އެވޯޑު އަތުލަފާނެތަ؟

ލޮސްއެންޖެލިސް ގައި ރޭ ބޭއްވި "އޮސްކާ" އެވޯޑު ހަފްލާގެ އެންމެ ހޫނު ހަބަރަކަށްވީ، ހަފްލާ ހިނގަމުން ދަނިކޮށް، މެދުތެރެއިން ޕްރެޒެންޓަރު އަދި ކޮމީޑިއަން ކްރިސް ރޮކް ޖެހި ޖޯކަކާ ހެދި މަޝްހޫރު އެކްޓަރު ވިލް ސްމިތު ރުޅިގަދަވެ، ސްޓޭޖަށް އަރައި އޭނާގެ ކަންކަށިމަތީގައި ޖެހި ހާދިސާ އެވެ.

އެމެރިކާގެ ނޫސްތައް ބުނާ ގޮތުން، މި އަމަލާ ހެދި، ހަމަ އެ ހަފްލާގައި އެންމެ މޮޅު އެކްޓަރު ގެ އެވޯޑް ލިބުނު ވިލް ސްމިތުގެ އަތުން އޭނާގެ އެވޯޑު އަތުލުމަކީ އެކަށީގެންވާ ކަމެކެވެ.

އޮސްކާ އެވޯޑު ދޭ "އެކަޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް" އިން އެވޯޑު ދިނުމުގައި ހަރުކަށި މިންގަނޑުތަކެއް ގެންގުޅެ އެވެ.

އެކަޑެމީ އިން 2017 ވަނަ އަހަރު ރިލީޒްކުރި، އަހުލާގީ މިންގަނޑު ނުވަތަ ކޯޑް އޮފް ކޮންޑަކްޓް ގައި، އެ އެކަޑެމީގެ އަސާސްތަކުގެ ގޮތުގައި ހިމަނާފައިވާ ކަންކަމަށް އިހުތިރާމްކުރުމަށް ބާރުއަޅާފައިވެ އެވެ. މީގެ ތެރޭގައި އެކަކު އަނެކަށް އިހުތިރާމް ކުރުމާއި، މާހައުލުގެ ހަމަޖެހުން ނަގައިލާ ކަމެއް ނުކުރުމަށާއި، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ އެއްވެސް އަމަލެއް ނުކުރުން ފަދަ ކަންކަން ހިމަނާފައިވެ އެވެ.

މީގެ އިތުރުން، އެ އެކަޑެމީ އިން ޝަރަފުވެރިކަންދޭ ފަރާތްތަކުން މި އަހުލާގީ މިންގަނޑުތަކަށް އިހުތިރާމް ނުކުރާނަމަ، އެފަދަ ފަރާތަކަށް އެކަޑެމީން ޖާގައެއް ނެތް ކަމަށް ވެސް ކޯޑް އޮފް ކޮންޑަކްޓްގައި ބުނެ އެވެ.

ހޮލީވުޑްގެ އިތުބާރު ހިފޭ މަސްދަރަކާ ހަވާލާދީ ނިއުޔޯކް ޕޯސްޓްގައި ބުނެފައިވަނީ، ވިލް ސްމިތުގެ އެ އަމަލަކީ "ހަމަލާ" އެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަށެވެ. އަދި އެ އަމަލުގެ ސަބަބުން މުޅި ހަފްލާއަށް ހައިރާންކަން ލިބި މާހައުލުގެ ހަމަޖެހުން ގެއްލުނު ކަމަށެވެ.

އެހެންކަމުން ވިލް އެވޯޑު ދޫކޮށްލަން ބޭނުން ނުވިޔަސް އެކަން ވާނެ ގޮތެއް ބުނަން ނޭގޭ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ލޮސްއެންޖެލިސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ) އިން މިހާރު ވަނީ މި މައްސަލަ ބަލަން ފަށާފަ އެވެ.

ރޭއްސުރެ މި ހާދިސާގެ ވާހަކަ އަޑުގަދަވެ، ސޯޝަލް ޕްލެޓްފޯމް ތަކުގައި މި ހާދިސާއާ ގުޅުވައިގެން މަޖާ ޖޯކުތަކާއި ތަސްވީރު "މީމް" ތައްވެސް ދަނީ ދައުރުކުރަމުންނެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox