އާޒިމާގެ ދިފާއަށް ކުރީގެ ޕީޖީ ބިޝާމް، ދައުވާ ބޭރުކޮށްނުލުމުން އިސްތިއުނާފަށް

ރައީސް ޔާމީނާއި ބިޝާމް: އާޒިމާ ވިދާޅުވީ އޭނާ ކަންތައް ކުރެއްވީ ރައީސް އެންގެވި ގޮތަކަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީނާއި ބިޝާމް: އާޒިމާ ވިދާޅުވީ އޭނާ ކަންތައް ކުރެއްވީ ރައީސް އެންގެވި ގޮތަކަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި ހުރެ އައިޝަތު އާޒިމާ ޝުކޫރު، އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުވާ މައްސަލައިގައި، އެމަނިކުފާނުގެ އިރުޝާދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ބުނެ، އާޒިމާ ހެކި ހުށަހަޅުއްވައިފި އެވެ.

އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމުމާ ގުޅިގެން، މިހާރު އާޒިމާގެ ވަކީލުން އަންނަނީ އެކޯޓުގެ ގާޒީ އަލީ އާދަމްގެ ނިންމެވުން އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އިއްޔެގެ އަޑުއެހުމުގައި ދައުލަތުންނާއި ދިފާއުގެ ހެކިތައް ޝަރީއަތަށް ހުށަހަޅާފައިވާއިރު، އާޒިމާގެ މައްޗަށް ތުހުމަތުވާ ކުށް ސާބިތުކުތުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅީ ބޮޑު ހިޔާނާތާއި ގުޅޭ ދެ މައްސަލާގައި ހަތަރު ދައުވާއެއް އުފުލާފައިވާ ކުރީގެ ރައީސް ޔާމީންނެވެ. އެމަނިކުފާނު ޝަފައީ ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެސްކްރޯ އެކައުންޓުގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ފައިސާ ޖަމާކުރިކަމަށް ބުނެ ރައީސް އޮފީހުގެ ނަމުގައި ސިޓީއެއް ފޮނުވަން އާޒިމާއަށް ނާންގާކަން ސާބިތުކުރުމަށެވެ.

ނަމަވެސް އެކަން ނަފީކުރުމަށް ދިފާއުން އިއްޔެ އަޑުއެހުމުގައި ސްރީންޝޮޓްތަކެއް ހުށަހެޅި އެވެ. އެއީ ޔާމީންއާއި އާޒިމާއާ ދެމެދު ދެކެވުނު ވާހަަކަތަކެކެވެ. އޭގައި ވަނީ ސިޓީގައި ސޮއިކުރުމަށް ޔާމީންގެ އަރިހުގައި އާޒިމާ އެދިފައިވާ ކަމާއި، ރައްދުގައި އާޒިމާ ސޮއިކުރުމަށްފަހު، އެ ސިޓީ ފޮނުވުމަށް ޔާމީން އިރުޝާދު ދެއްވާފައިވާކަން ކަމަށް ދިފާއުން ފާހަގަކުރި އެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލުމާތު ދީގެން ޔާމީންއަށް މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއިން ބަރީއަވުމަށްޓަކައި އާޒިމާ ވިދާޅުވީ އޭރު އޭނާއަކީ ދައުލަތުގެ ވަޒީރެއްކަމުން ނޯޓެއް ފޮނުވަން އޭނާއަށް އެންގުމުން އެކަން ކުރުމަށް ބުނާނީ އެހެން މުވައްޒަފުން ގާތުގަ އެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ބިޝާމް ހުށަހަޅާފައި ވަނީ، އެ ހިޔާނާތުގައި ބިޝާމްގެ ބައިވެރިވުން ކަމާއި، އެ ދައުވާ އާޒިމާގެ މައްޗަށް ނުކުރެވޭނެކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށެވެ.

ހެކިވެރިންގެ ގޮތުގައި ހުށަހަޅާ ފަރާތްތައް ކޯޓަށް ހާޒިރުވެ، ހެކިބަސް ދިނުމާއި ނުދިނުމަކީ އެމީހުންގެ އިހްތިޔާރުގައި އޮންނަ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox