އައްޑޫ ސިޓީގެ މީދޫގެ ބަނދަރު ތަރައްގީކޮށް ހުޅުވައިފި

މީދޫ ބަނދަރު ރައީސް ހުޅުވައިދެއްވަނީ: މި ބަނދަރަށް ޖުމްލަ 36 މިލިއަން ހޭދަކޮށްފައިވޭ

މީދޫ ބަނދަރު ރައީސް ހުޅުވައިދެއްވަނީ: މި ބަނދަރަށް ޖުމްލަ 36 މިލިއަން ހޭދަކޮށްފައިވޭ

އައްޑޫ ސިޓީ, މީދޫ އަވަށުގެ ބަނދަރު ތަރައްގީކޮށް މިއަދު ހުޅުވައިފި އެވެ. ބަނދަރު ހުޅުވައިދެއްވީ މީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މީދޫގެ ބަނދަރު ތަރައްގީ ކުރުމަކީ ދައުލަތުގެ ބަޖެޓުން 35 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. މަޝްރޫއުގެ ދަށުން ނެރު ފުންކުރުމާއި ބަނދަރު ފުންކޮށްފައިވެ އެވެ. އަދި, 115 މީޓަރުގެ ބޭރު ތޮއްޓެއް ލާފައިވެ އެވެ.

ބަނދަރުގައި ރޭމްޕެއް އަޅާފައިވާއިރު, 496 މީޓަރު އެއްގަމު ތޮށި ހަދައި, އެ ތޮށީގެ ވަށައިގެން ޕޭވްމަންޓް ހަދާފައިވެ އެވެ. އެއާއެކު ޕޭވްމެންޓްގައި ފެން ހިންދުމަށް ސެޓްލްމަންޓް ޓޭންކެއް ބަހައްޓައި, ބަނދަރު ސަރަހައްދުގައި ވަނީ ލައިޓް ހަރުކޮށްފަ އެވެ.

އޭގެ އިތުރުން, ހަތަރު ނެރު ބައްތި ޖަހައި, އެއްގަމުތޮށީގައި ވާ އެއްސުމަށް ބުޅި ހަރުކޮށް, މޫރިން ބޮއި ވަނީ މި މަޝްރޫއުގެ ދަށުން ހަރުކޮށްފަ އެވެ.

އެވޯޑްކުރި މަޝްރޫއުގެ ބޭރުން ވެސް ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ގޮތުން އެމްޓީސީސީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން, އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރުތޮށީގެ ޑިޒައިން ސޭންޑް ފިލް ބްރޭކްވޯޓާއަކަށް ބަދަލުކޮށް, 125 މީޓަރު އެއްގައުމު ތޮށި ވަނީ ޖަހާފަ އެވެ. ހަ ބޮލާޑް ބަނދަރުގައި ހަރުކޮށްފައިވާއިރު, 625 އަކަމީޓަރުގެ ޕޭވްމެންޓް ވެސް ވަނީ ހަދައި, 10 މީޓަރު ޖިއީ ބޭގް ރިވެޓްމަންޓް ވަނީ ޖަހާފަ އެވެ.

މި ހުރިހާ މަސައްކަތްތަކެއްކޮށް އެމްޓީސީސީން ނިންމާލާފައިވާއިރު, މީދޫގެ ބަނދަރު މިއަދު ހުޅުވިއިރު އެ ބަނދަރު ފާހަގަވެގެން ދަނީ ވަސީލަތްތައް ގިނަ, ފެންވަރު ރަނގަޅު ބަނދަރެއްގެ ގޮތުގަ އެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް, ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީދޫގެ ތާރީހުގައި ވެސް އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގެވި ރައީސްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ދުވަހެއް އަޅުގަނޑުމެންނަށް, ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް ދަތި އުނދަގުލުގައި ވެސް ކޮށް ދެއްވާފައި ރައީސް މިއަދު އަޅުގަނޑުމެންނާ ބައްދަލު ކުރައްވަން މި ވަޑައިގެންނެވީ, ޝުކުރިއްޔާ ރައީސް," ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ, ރައީސް ސޯލިހަކީ ވަކި ޕާޓީއަކަށް ނުބައްލަވައި, ރައްޔިތުންނަށް ކަންކަން ކޮށްދެއްވަމުން ގެންދަވާ ރައީސްއެއް ކަމާއި އެހެންވީއިރު, މި ރާއްޖޭގައި ރައީސަށް ތާއިދު ނުކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށެވެ. ހަމަ ޔަގީނުން ވެސް ދެވަނަ ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލައްވައިފިނަމަ, މީދޫގެ މެޖޯރިޓީ ލިބިގެންދާނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ތައުރީފާއި ސަޕޯޓް ކުރައްވައި ރޮޒައިނާގެ ދާއިރާގައި ދެން ހިމެނޭ އައްޑޫ ސިޓީގެ އަވަށް ކަމަށްވާ, މަރަދޫފޭދޫގެ ބަނދަރު ވެސް އިއްޔެ ވަނީ ހުޅުވާފަ އެވެ. ޖުމްލަ 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮއްޓާ އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ލައިޓް ޖެހުމުގެ އިތުރުން ރޭމްޕެއް ވެސް ހަދާފައިވެ އެވެ.

އޭގެއިތުރުން މަރަދޫގެ ބަނދަރު ވެސް ރައީސް ސޯލިހު އިއްޔެ ހުޅުވާދެއްވާފައިވާއިރު, ރައީސް ރޭ އިއުލާން ކުރެއްވި ގޮތުގައި ފޭދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ. މީދޫއާ ގުޅިގެން އޮންނަ ހޮޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ރައީސް މިއަދު ވަނީ އެ މަސައްކަތް ކުރިއަށްދާ ސަރަަހައްދަށް ވަޑައިގެން, ބަނދަރުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox