36 އަހަރަށް ފަހު ކެނަޑާ ވޯލްޑް ކަޕަށް

Mar 28, 2022, 4:07 AM
36 އަހަރަށް ފަހު ކެނަޑާ ވޯލްޑް ކަޕަށް

ޓޮރޮންޓޯ (މާޗް 28) - އުތުރު އެެމެރިކާގެ ކޮލިފައިންގައި ރޭ ޖެމެއިކާ އަތުން 4-0 އިން މޮޅުވެ، ކެނަޑާ އިން 36 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ގަތަރުގައި މި އަހަރު ނޮވެމްބަރު/ޑިސެމްބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކެނަޑާ ކޮލިފައިވީ ބާކީ އެއް މެޗު އޮއްވަ އެވެ. އުތުރު އެމެރިކާގެ ކޮލިފައިންގައި އަށް ޓީމު ވާދަކުރާއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބޭނީ އެންމެ މަތިން ނިންމާ ތިން ޓީމަކަށެވެ. ހަތަރު ވަނަ ޖެހޭނީ އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފްގައި ވާދަކުރާށެވެ.

ކެނަޑާ އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ބާކީ ދެ ޖާގަ އަށް ވާދަކުރަނީ ތިން ޓީމެކެވެ. އެއީ ދެ ވަނައިގައި އޮތް އެމެރިކާ، ތިން ވަނައިގައި އޮތް މެކްސިކޯ އަދި ހަތަރެއްގައި އޮތް ކޮސްޓަ ރީކާ އެވެ. އެމެރިކާ އާއި މެކްސިކޯ އަށް 25 ޕޮއިންޓް ލިބިފައިވާއިރު، ޖެމެއިކާގެ އޮތީ 22 ޕޮއިންޓެވެ.

ރޭ ޖެމެއިކާ ކޮޅަށް ކެނަޑާގެ ގޯލުތައް ޖެހީ ސީލް ލަރީން، ޓޭޖަން ބުޝާނަން، ޖޫނިއާ ހޮއިލެޓް އަދި އޭޑްރިއަން މަރިއާޕާ އެވެ. ރޭގެ މޮޅާ އެކު ކެނަޑާ އަށް ވޯލްޑް ކަޕް ޖާގަ ކަށަވަރުވިކަން ޔަގީންވުމުން މެޗު ބަލަން ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑަށް ވަދެތިބި 30،000 ސަޕޯޓަރުންގެ ތެރެއިން ކެނަޑާގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ކެނަޑާއާ ހަވާލުވެހުރި އިނގިރޭސި ކޯޗު ޖޯން ހާޑްމަން އަކީ އެ ގައުމުގެ ކުރީގެ އަންހެން ޓީމުގެ ކޯޗެވެ. އޭނާ ކެނަަޑާގެ ފިރިހެން ޓީމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. ރޭގެ މެޗަށް ފަހު ހާޑްމަން ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ކެނަޑާ އަކީ ފުޓްބޯޅަ ގައުމެއްކަން ސާބިތުވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox