ފަލަސްތީނުގެ ލޯކަލް އިންތިހާބުގެ ގިނަ ގޮނޑިތައް މިނިވަން ކެންޑިޑޭޓުންނަށް

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވޯޓުލާ މަރުކަޒެއްގައި. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވޯޓުލާ މަރުކަޒެއްގައި. -- ފޮޓޯ: އޭއެފްޕީ

ރާމަﷲ، ފަލަސްތީން (މާޗް 27) - ފަލަސްތީނުގެ ލޯކަލް އިންތިހާބުގައި 64 ޕަސެންޓު ގޮނޑި މިނިވަން ކެންޑިޑޭޓުން ކާމިޔާބުކޮށްފި އެވެ.

އާދީއްތަ ދުވަހު ރަސްމީ ނަތީޖާ އިއުލާނު ކުރިއިރު، މީގެ ފަސް އަހަރު ކުރިން ބޭއްވި ލޯކަލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓުންނަށް ލިބުނީ 37 ޕަސެންޓު ގޮނޑި އެވެ.

ނަމަވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ޕާޓީތަކަށް ނިސްބަތްވާ ގިނަ ބަޔަކު ކުރިމަތިލާފައި ވާތީ، ނަތީޖާއިން މިނިވަން ކެންޑިޑޭޓުންނާއި ޕާޓީތަކަށް ނިސްބަތްވާ މީހުން އަދި ސާފު ނުވާ ކަމަށް އެނެލިސްޓުން ބުނެ އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ އިރުމަތީ ގުދުސްގައި ވޯޓުލުން މަނާ ވާނެ ކަމަށް އިޒްރޭލުން ބުނުމާ އެކު މިދިޔަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ރައީސް މަހްމޫދް އައްބާސް އެއްވެސް މުއްދަތެއް ނެތް ގޮތުގައި ފަސްކުރެއްވި އެވެ.

ނަމަވެސް އެންމެ ފަހު ވަގުތު އިންތިހާބު ފަސްކުރި ހަގީގީ ސަބަބަކީ މަހްމޫދް އައްބާސްގެ ފަތަހް އާއި ވާދަވެރި އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން މަޖިލިހުގެ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ބޮޑުވުމުގެ ސަބބަުން ކަމަށް އެނެލިސްޓުން ބުނެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ފަސްކޮށްފައި ވާތީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިހާބުގައި ހަމާސްއިން ބައިވެރިއެއް ނުވެ އެވެ. ނަމަވެސް މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ހަމާސްގެ ގިނަ މެމްބަރުން ވާދަކުރި އެވެ.

ގިނަ ގޮނޑި ހޯދުމުގެ ބޭނުމުގައި ފަތަހްއިން ވެސް މިނިވަން ކެންޑޭޓުން ނެރުނެވެ. އެނެލިސްޓުން ބުނާ ގޮތުގައި ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަތަހްއާ މެދު ފަލަސްތީން ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނަމަވެސް މަހްމޫދު އައްބާސް އާދީއްތަ ދުވަހު ވިދާޅުވީ އިންތިހާބުން ކުރި ލިބުނީ ފަތަހްއަށް ކަމަށާއި އެ ގްރޫޕުގެ އުއްމީދުތައް އާ ވެއްޖެ ކަމަށެވެ.

އިންތިހާބުގައި ވޯޓުލީ 53.7 ޕަސެންޓު މީހުންނެވެ. ވޯޓުލުން 50 އަށް ވުރެ ގިނަ އަވަށާއި ސިޓީގައި ކުރިއަށް ދިޔަ އިރު، އިންތިހާބުގެ ފުރަތަމަ މަރުހަލާ އޮތީ މިދިޔަ ޑިސެމްބަރު މަހު ހުޅަނގު އައްސޭރީގެ 154 އަވަށުގަ އެވެ. ގާޒާގައި ވޯޓުލުމެއް ނުބާއްވަ އެވެ.

ފާއިތުވި 15 އަހަރު ފަލަސްތީނުގައި ރިޔާސީ އަދި މަޖިލިސް އިންތިހާބެއް ވެސް ބާއްވާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox