ހުލާސާކޮށް އިއްޔެ: ފުވައްމުލަކަށް ރައީސްގެ ތާރީހީ ދަތުރުފުޅެއް، ގިނަ ވައުދުތަކެއް

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރައީސް ސޯލިހު ބައްލަވާލައްވަނީ --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ވެރިކަމާ ހަވާލުވެވަޑައިގެންވި ފަހުން ފުރަތަމަ ފަހަރަށް ފުވައްމުލަކު ސިޓީ އަށް ވަޑައިގެން އެ ސިޓީގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ފަހު އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންނެވީ އިއްޔެ އެވެ.

ރައީސް ސޯލިހު ވަނީ އިއްޔެ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަޝީދާއި އެހެން ކައުންސިލްގެ މެންބަރުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ އިއްޔެ ބައްދަލުކުރައްވާފަ އެވެ.

ފުވައްމުލައް އެއާޕޯޓް މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބޯޓްތައް ޖެއްސުމަށް ހުރަސް އެޅޭނެތީ, ރަންވޭ ބޮޑުކުރެވޭނެ އޮތް މިންވަރެއް ބެލުމަށް ސާވޭއެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މިހާރު އެ ސިޓީގައި އޮތް ބަނދަރު ވެސް ކުޑަވެ ތޮއްޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމާއި, އެހެންވެ, އެ ބަނދަރު ބޮޑުކުރުމަށް ސާވޭ ހެދުމަށް އެ ތަން ކުރިން ވެސް ހެދި ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިއްޔެ ރޭ ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި މިހާރު އަޅަމުން އަންނަ 200 ހައުސިން ޔުނިޓްގެ ތެރެއަށް އިތުރު 200 ހައުސިން ޔުނިޓް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ހާމަކުރެއްވި އެވެ.

ފުވައްމުލަކުގައި 18 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަޝްރޫއު އާރްޑީސީން އަންނަނީ ކުރަމުންނެވެ. ރައީސް އިއްޔެ ރޭ ވިދާޅުވި ގޮތުގައި, އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި މި ސިޓީގެ އިތުރު 10 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރެވިގެންދާނެ އެވެ.

ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ ފުވައްމުލައް ސިޓީއަކީ މި ސަރުކާރުން ޖުމްލަ 34 މަޝްރޫއުއެއް މިހާތަނަށް ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު ގިނަ މަޝްރޫއުތަކެއް ކުރިއަށް ވެސް އެބަދެ އެވެ. ބިޑް ކުރުމާއި ކޮންޓެކްޓް ކުރުމުގެ މަރުހަލާގައި ވެސް މަޝްރޫއުތައް ހުރިއިރު, މި އަހަރުގެ ބަޖެޓްގައި މި ސިޓީއަށް 133,478,300ރ. މަޝްރޫއުތައް ހިމަނާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ކުރީގެ ނައިބު ރައީސް ޑރ. އަބްދުﷲ ޖިހާދާއި، ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލީ އިއްޔެ އެވެ.
  • ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކުރީ އިއްޔެ އެވެ.
  • މާލޭގެ ގެއެއް ބަލައި ފާސްްކޮށް، 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އެ ޕާޓީން ވަކިކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ވައްމުލައް އެއާޕޯޓް މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބޯޓްތައް ޖެއްސުމަށް ހުރަސް އެޅޭނެތީ, ރަންވޭ ބޮޑުކުރެވޭނެ އޮތް މިންވަރެއް ބެލުމަށް ސާވޭއެއް ކުރުމަށް ފަހު އެ މަޝްރޫއު ކުރިއަށް ގެންދަވާނެކަން ހާމަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށުގައި ވިދާޅުވީ:

"އެ ސާވޭއަށް ފަހު, އެއާޕޯޓް ރަންވޭ ބޮޑު ކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑު ކުރެވިގެން ދާނެ, އެކަން އަޅުގަނޑުމެން ކޮށްދޭނަން,"

ދުވަހުގެ ފޮޓޯ

މި އަހަރު އަލަށް ފެށި، ގައުމީ ބޮޑީ ބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން.  އަލަށް ބޭއްވި އަންހެން ބައިގެ ޗެމްޕިއަންކަން ލުޖެއިން ހޯދިއިރު ފިރިހެން ޗެމްޕިއަނަކީ ކުޑަ އައްޔަ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މި އަހަރު އަލަށް ފެށި، ގައުމީ ބޮޑީ ބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. އަލަށް ބޭއްވި އަންހެން ބައިގެ ޗެމްޕިއަންކަން ލުޖެއިން ހޯދިއިރު ފިރިހެން ޗެމްޕިއަނަކީ ކުޑަ އައްޔަ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި އަހަރު އަލަށް ފެށި، ގައުމީ ބޮޑީ ބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްޓީސީސީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. އަލަށް ބޭއްވި އަންހެން ބައިގެ ޗެމްޕިއަންކަން ލުޖެއިން ހޯދިއިރު ފިރިހެން ޗެމްޕިއަނަކީ ކުޑަ އައްޔަ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ކޮވިޑް-19 އާ ގުޅިގެން ޢާއްމުންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް ކޮށްފައިވާ މަސައްކަތުގެ ޚުލާސާ ރިޕޯޓް"

މިއީ ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން އަމަލުކުރަން ފެށި އެކި އުސޫލްތަކާއެކު އިންސާނީ ހައްގުތަކަށް އަސަރުކުރި މިންވަރު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ނެރެފައިވާ ރިޕޯޓެކެވެ. އަދި، އެ ކޮމިޝަންގެ ދިރާސާ އަށް ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ދައުލަތަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox