ކައުންސިލާ ބައްދަލުކުރައްވައި ފުވައްމުލަކުގެ ތަރައްގީގެ މަޝްރޫއުތައް ރައީސް ބައްލަވާލައްވައިފި

ރައީސް ސޯލިހު ފުވައްމުލަކުގެ ގިރާސަރަަހައްދު މޭޔަރާއެކު ބައްލަވާލައްވަނީ: މި ސިޓީގައި ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުން --

ރައީސް ސޯލިހު ފުވައްމުލަކުގެ ގިރާސަރަަހައްދު މޭޔަރާއެކު ބައްލަވާލައްވަނީ: މި ސިޓީގައި ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުން --

ފުވައްމުލައް ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސިޓީގެ ކައުންސިލާ ބައްދަލު ކުރައްވައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ އަޕްޑޭޓްތައް ރައީސް ބައްލަވާލައްވައިފި އެވެ.

މިއަދު ހެނދުނު މި ސިޓީގެ ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މޭޔަރު އިސްމާއިލް ރަޝީދާއި އެހެން ކައުންސިލްގެ މެންބަރުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ރަށުގައި ހިންގަމުންދާ އަދި ހިންގަން ރާވާފައިވާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވަނީ ކައުންސިލްގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފަ އެވެ. އަދި, މިހާރު ސިޓީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ވަނީ ރައީސްއަށް މައުލޫމާތު އަރުވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ރައީސް ސޯލިހު ވަނީ މި ސިޓީގެ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފަ އެވެ. އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލެއްވިއިރު, މި ސަރުކާރުން ވަނީ 500 އެނދުގެ އާ ހޮސްޕިޓަލެއް މި ސިޓީގައި އަޅަން ނިންމާފަ އެވެ. ރޭ ރައީސް އިއުލާން ކުރެއްވި ގޮތުން އެ ހޮސްޕިޓަލް ވެގެން ދާނީ އަންހެނުންނާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ތަނަކަށެވެ.

ހޮސްޕިޓަލްގެ ޒިޔާރާތަށްފަހު ރައީސް ވަޑައިގެންނެވީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށެވެ. އެމްޓީސީސީން މި ސިޓީގައި 18 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އިތުރު 10 ކިލޯ މީޓަރުގެ މަގު, މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުން ކުރިއަށް ގެންދަވާނެކަން ރޭ ރައީސް އިއުލާން ކުރެއްވި އެވެ.

މަގު ހަދާ ސަރަަހައްދު ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު
މަގު ހަދާ ސަރަަހައްދު ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު

މަގު ހަދާ ސަރަަހައްދު ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު

ދެން ރައީސް ވަޑައިގެންނެވީ ސިޓީގެ ގިރާސަރަަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށްދާ ސަރަހައްދަށެވެ. މި ސަރަހައްދު ތަރައްގީ ކުރުމަށްފަހު, އެތަނުގައި ހައިވޭއެއް އެޅުމަށް ދިރާސާކޮށް, އެއީ ކުރެވޭނެ ކަމަކަށްވާނެ އެކަން ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހު ތަނެއްގެ ގޮތުން ރައީސް ވަޑައިގެންނެވީ, ފުވައްމުލައް ބަނދަރު ސަރަހައްދަށެވެ. މިހާރު މި ސިޓީގައި އޮތް ބަނދަރު ވެސް ކުޑަވެ ތޮއްޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމާއި, އެހެންވެ, އެ ބަނދަރު ބޮޑުކުރުމަށް ސާވޭ ހެދުމަށް އެ ތަން ކުރިން ވެސް ހެދި ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި, ބަނދަރު ވެސް ބޮޑުކުރެވެން އޮތް އެންމެ ބޮޑު މިންވަރަކަށް ބޮޑުކުރާނެ އެވެ.

ގިރާސަރަަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު
ގިރާސަރަަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު

ގިރާސަރަަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ - ފޮޓޯ: އަހުމަދު ރަޝީދު ދޮންކޮޅު

އެއާއެކު, ފަތާ ފެންގަނޑެއް ވެސް ހެދިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. ގުދުރަތީ ގޮތުން ފުވައްމުލައް ސިޓީ އުފެދިފައިވާ ގޮތުގައި މޫދަށް އެރި އުޅުމާއި ފަތާ ހެދުމަކީ ފަސޭހަ އަދި ރައްކާތެރިކަމެއް ވެސް ނޫނެެވެ. އެހެންވެ, މި ސިޓީއަށް ފަތާ ފެންގަނޑެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުވައްމުލައް ސިޓީއަށް ރައީސް ސޯލިހު ކުރައްވާ ފުރަތަމަ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު އެވެ. އެއަށްފަހު ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގައި ހޯމަ ދުވަހުގެ ނިޔަލަށް ރައީސް މަޑުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ މި ސަރުކާރުން ޖުމްލަ 34 މަޝްރޫއުއެއް މިހާތަނަށް ވަނީ ފަށާފަ އެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާއިރު ގިނަ މަޝްރޫއުތަކެއް ކުރިއަށް ވެސް އެބަދެ އެވެ. ބިޑް ކުރުމާއި ކޮންޓެކްޓް ކުރުމުގެ މަރުހަލާގައި ވެސް މަޝްރޫއުތައް ހުރިއިރު, މި އަހަރުގެ ބަޖެޓްގައި މި ސިޓީއަށް 133,478,300ރ. މަޝްރޫއުތައް ހިމަނާފައިވެ އެވެ.

ކުރިއަށްދާ ބައެއް މަޝްރޫއުތައް;

  • އެކްސެލެރޭޓިން ސަސްޓެއިނެބްލް ޕްރައިވެޓް އިންވެސްޓްމެންޓްއިން ރިނިއުއެބަލް އެނާރޖީ ޕްރޮޖެކްޓް
  • ދޫޑިގަން އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
  • މަގު ހެދުން
  • ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުން
  • ސްކޫލް މަލްޓި ޕާޕަސް ހޯލް
  • މުހައްމަދު ޖަމާލުއްދީން ސްކޫލް 16 ކްލާސްރޫމް އަދި ކޮމްޕިއުޓާރ ލެބް އިމާރާތް
  • ހާފިޒު އަހުމަދު ސްކޫލް 16 ކްލާސްރޫމްގެ 3 ބުރި އިމާރާތް
  • މަސްޖިދުއް ހުދާ އިމާރާތްކުރުން
  • ދޫޑިގަން އަވަށު މިސްކިތް އިމާރާތްކުރުން

ޓެންޑާ/ޕްލޭނިން/އެވޯޑިން މަރުހަލާގައި ހުރި މަޝްރޫއުތައް

  • ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީކުރުން
  • ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައިކުރުން
  • ސްޓޭޓް އޮފް އާޓް ޓިވެޓް އިންސްޓިޓިއުޝަން ގާއިމްކުރުން
  • ޏ.އަތޮޅު ތައުލީމީ މަރުކަޒު 12 ކްލާސްރޫމް އިމާރާތް
  • ހޮސްޕިޓަލް ތަރައްގީކުރުން
  • އެކްސެލަރޭޓިން ރިނިއުއެބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ ޕްރޮޖެކްޓް
  • ހޯދަނޑު އަވަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުން
  • ސްޕޯޓްސް ކޮމްޕްލެކްސް އަދި ސްވިމިން ޕޫލް ތަރައްގީކުރުން
  • ފުސްކޭޓިން ޕާކް ތަރައްގީކުރުން
  • ވޮލީކޯޓު ތަރައްގީކުރުން
  • ސިންތެޓިކް ޓްރެކް ތަރައްގީކުރުން
  • ސްވިމިން ޕޫލް ތަރައްގީކުރުން
  • ސެންޓްރަލް ފެރީ ޓާރމިނަލް ހެދުން
  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
  • އައި.ސީ.ޓީ ފެކަލްޓީ އިމާރާތް ގާއިމްކުރުން
  • ބަނދަރު އަޕްގްރޭޑްކުރުން
  • ދިގުވާޑު ފުޓްސަލް ދަނޑު ތަރައްގީކުރުން

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox