އިޒްރޭލާއި ފަލަސްތީނުގެ މަންމައިން ސުލްހައަށް ގޮވާލައި ޑެޑް ސީ ކައިރިއަށް އެއްވެއްޖެ

އިޒްރޭލާއި ފަލަސްތީނުގެ މަންމައިން ޑެޑް ސީ ކައިރިއަށް ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ފަލަސްތީނުގެ މަންމައިން ޑެޑް ސީ ކައިރިއަށް ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ފަލަސްތީނުގެ މަންމައިން ވަޔާއި ވާރެއަށް ބެލުމެއް ނެތި، ޑެޑް ސީ ކަނޑުގެ އައްސޭރިފަށަށް އެއްވެ، ސުލްހައަށް ގޮވާލައިފި އެވެ.

ފަލަސްތީނުގެ "ވިމެން އޮފް ދަ ސަން" ގްރޫޕާއި އިޒްރޭލުގެ "ވިމެން ވޭޖް ޕީސް" ގްރޫޕުން ބޭއްވި އެއްވުމުގައި އެތައް ސަތޭކަ އަންހެނުން ބައިވެރިވި އެވެ.

ޑެޑް ސީ ކަނޑުގެ އައްސޭރިފަށަށް ޖަމާވެ، ގަސް އިންދައި، ޅެން ކިޔުމަށް ފަހު، ސުލްހައިގެ މަޝްވަރާތަކަށް ފިއްތުން ކުރުމަށް އެއްވުމުގެ ބައިވެރިން ވައުދުވި އެވެ.

"އަންހެނުންގެ ގޮތުގައި އެއްވެ ވާހަކަ ދައްކައި، ދިރިއުޅުމާއި ދަރިންގެ ވާހަކަތައް ހިއްސާ ކުރަން ފެށުމުން ކުރެވެނީ ގާތްކަމުގެ އިހުސާސެއް،" ހުޅަނގު އައްސޭރީގައި ދިރިއުޅޭ ލެއިލާ ޝެއިހް އޭއެފްޕީއަށް ބުންޏެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އަންހެނުން އެއްވެ ކުރާ މަސައްކަތުން، ފުރާނަ ސަލާމަތް ކުރެވުން،" ތެލް އަވީވްގައި ދިރިއުޅޭ ޕެސްކޭލް ޗެން ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅު ސިފައިންގެ ހިދުމަތަށް ނުކުންނަން ދެން އޮތީ 10 ދުވަސް. އޭނާގެ ޒިންމާ އަދަކުރަން ޖެހޭނެ. އެކަމަކު އަޅުގަނޑުމެން އެންމެން މިއީ މަންމައިން. އަޅުގަނޑުމެންނަށް ވިސްނެނީ ސުލްހަ ގެނައުމަށް މަންމައިން އަދާކުރަން ޖެހޭ ދައުރެއެއް އެބަ އޮތް ކަމަށް،" އޭނާ ބުންޏެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާ މިހާރު އޮތީ ގާތްގަނޑަކަށް އެއްކޮށް ހުއްޓިފަ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ރަސްމީކޮށް ސުލްހައިގެ މަޝްވަރާޢެއް ނޯންނާނެ ކަމަށެވެ.

ބެނެޓް ދެކިވަޑައިގަންނަވާ ގޮތުގައި ފަލަސްތީން ދައުލަތެއްގެ ގޮތުގައި އޮވެގެން ނުވާނެ އެވެ. އެހެން ނަމަވެސް، އިޒްރޭލް ސަރުކާރާއި ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްގެ ސަރުކާރާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ރަނގަޅު ވާން ފަށާފައިވާ ކަމަށް ބެލެވެ އެވެ.

މަހްމޫދް އައްބާސް ވަނީ މަޝްވަރާއަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒްގެ ގެކޮޅަށް ވެސް ވަޑައިގެންފަ އެވެ.

އިޒްރޭލާއި ފަލަސްތީނާ އެކު މަޝްވަރާ ބޭއްވުމަށް އަންނަ ހަފްތާގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އިޒްރޭލާއި ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox