މުހިންމު މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމަށް ރައީސް, އައްޑޫ އާއި ފުވައްމުލައް ސިޓީ އަށް

Mar 24, 2022, 12:50 PM
މިދިޔަ ފެބްރުއަރީ މަހު ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ރައީސް ސޯލިހު ފްލައިޓަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ފެބްރުއަރީ މަހު ޅ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ރައީސް ސޯލިހު ފްލައިޓަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

މުހިންމު މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެމަނިކުފާ މި ދަތުރުފުޅު ކުރައްވާނީ މާދަމާ އިން ފެށިގެން މާޗް 28 ގެ ނިޔަލަށެވެ.

ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ގަން، ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ އިތުރުން ފޭދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ހިނގާ މުހިންމު ހަރަކާތްތައް؛

  • ނޭޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން
  • އައްޑޫ ބިން އިތުރު ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުން
  • އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުން
  • މަރަދޫ ބަނދަރު ހުޅުވައި ދެއްވުން
  • މީދޫ ބަނދަރު ހުޅުވައި ދެއްވުން
  • ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައި ދެއްވުން
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައި ދެއްވުން

މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އައްޑޫގައި މުޅިން އަލަށް ހުޅުވާ ނޭޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިފްތިތާހު ކުރުމެވެ.

އައްޑޫގައި ޕޮލިސް އެކަޑަމީއެއް އިމާރާތްކުރުމުގެ މަޝްވަރާތައް 2009 ގައި ފަށައި އެތަން އިމާރާތްކުރަން އިންޑިއާގެ ސަރުކާރާ އެކު ސޮއިކުރީ 2012 ގަ އެވެ.

އިންޑިއާގެ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ގާއިމުކޮށްފައިވާ އެ ޕޮލިސް އެކަޑަމީ އަކީ އެ ގައުމުގެ މިލިޓަރީ ބޭސްއެއް ކަމަށާއި އެތަނުގައި އަސްކަރީ ހަރަކާތްތައް ހިންގާނެ ކަމުގެ އިދިކޮޅުގެ ފާޑުކިއުން ސަރުކާރަށް އެބައޮތެވެ.

އެކަމަކު ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ވެސް ވަނީ އެކަން ދޮގުކުރައްވައި އެތަނުގައި އެއްވެސް އަސްކަރީ ހަރަކާތަކަށް ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން ދެެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox