ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރެވޭނެ މީހަކު މި ރާއްޖެއަކު ނެތް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ޖުމްލަ 83 ރަށަކަށް ވަޑައިގެންފައި --- ފޮޓޯ: މައުރޫފް ހަލީލް (މާޕު)

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ޖުމްލަ 83 ރަށަކަށް ވަޑައިގެންފައި --- ފޮޓޯ: މައުރޫފް ހަލީލް (މާޕު)

ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާާއިލް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިކުރަން މަސައްކަތް ކުރައްވާ ކަމަށް ނަޝީދުގެ ސަޕޯޓަރުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، ނަޝީދު އެމްޑީޕީން ވަކިކުރެވޭނެ ވަރުގެ މީހަކު މި ރާއްޖޭގައި ނުހުންނާނެ ކަމަށް ފައްޔާޒު ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ބ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ފައްޔާޒް ވަނީ އެއް ނަންބަރު ފާލަން ކައިރީގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ނަޝީދު އެމްޑީޕީން ބޭރުކުރުމަށް ފައްޔާޒް އަދި އޭނާގެ ސަޕޯޓަރުން މަސައްކަތްކުރާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީން ވަކިކުރެވޭނެ މީހެއް އަދި މި ރާއްޖެއަކު ނެތް ކަމަށެވެ.

"ތިއީ ވަރަށް ބޮޑަށް ދެކެވޭ ވާހަކައެއް. އަޅުގަނޑުމެން މިގެންދަނީ ވަރަށް ޕޮޒިޓިވް ކެމްޕޭނެއް، މި ޕާޓީ ހިންގާލަން. އަދިއެއް މި ރާއްޖެއަކު ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރެވޭނެ ވަރުގެ އެއްވެސް މީހަކު ނެތް. އެކަން އެމްޑިޕީގެ މެމްބަރުންނަށް ސާފުވާނެ. އަޅުގަނޑުމެން މިއުޅެނީ މި ޕާޓީ ހިންގާލަންވެގެން. އަޅުގަނޑުމެން މި ޕާޓީ ހިންގާނީ ރައީސް ނަޝީދާ ވެސް އެއްކޮށް ހަމަ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޗެެއާޕާސަންގެ އިންތިހާބު އޭނާ ކާމިޔާބު ކުރެއްވިޔަސް، ނަޝީދު އެމްޑީޕީން ވަކިކުރުމަކީ އޭނާ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، އެކަން ކުރެވޭނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ޗެެއާޕާސަންގެ އިންތިހާބާއެކު ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުންނާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ ބޭފުޅުންގެ މެދުގައި ފެކްޝަން އުފެދި އެ ފެކްޝަންތަކުގެ ކޯޅުން ވެސް ވަނީ ބޮޑުވެފަ އެވެ.

އެފަދަ ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޗެއާޕާސަން ކަމުގެ އިންތިހާބަކީ ޕާޓީގެ އެހެން އެއްވެސް ކަމަކާއި ގުޅިފައިވާ އިންތިހާބެއް ނޫން ކަމަށެވެ.

"އެކަހަލަ އެއްވެސް ކަމެއް ނޫން. މިއުޅެނީ ހަމަ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު. މި ޕާޓީގެ ވެސް އުޅޭނެ ދެން އެކި އެކި ވިސްނުންތައް. އޭގެ ތެރެއިން ހަމަ މި ޕާޓީ ހިންގާލުމަށްޓަކައި ވަރުގަދަ ފޯރިގަދަ ކެމްޕޭނެއް އަޅުގަނޑުމެން މި ގެންދަނީ. އަޅުގަނޑު މި ވާދަކުރަނީ ޗެއާޕާސަންކަމަށް،"

"ދެން އިންތިއަކީ ހަމަ ވަރަށް ވަރުގަދަ ކެންޑިޑޭޓެއް. މި ފޯރި އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގައި ވެސް އޮންނަން،" ފައްޔާޒް ވިދާޅުވި އެވެ.

ޕާޓީގެ އިތުރު އެހެން ވިސްނުންތައް ވެސް ހުންނައިރު، ފައްޔާޒު އާއި އޭނާގެ ސަޕޯޓަރުންގެ ވިސްނުން ހުރީ ޕާޓީ ހިންގާލުމަށް ކަމަށް ފައްޔާޒް އަނެއްކާ ވެސް ވިދާޅުވި އެވެ.

ފައްޔާޒު އަންނަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގައި ދިރިއުޅޭ އެމްޑީޕީ މެމްބަރުންގެ ތާއީދު ހޯދުމަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އަދި، އޭނާގެ އިދިކޮޅަށް ނުކުންނަވާ އިމްތިޔާޒު ފަހުމީ ވެސް ގެންދަވަނީ ބުރަކޮށް ކެމްޕޭން ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox