ބްރެޒިލްގެ ސްކޮޑުން އެޑަސަން ވަކިވެއްޖެ

Mar 24, 2022, 1:46 PM
ބްރެޒިލްގެ ސްކޮޑުން އެޑަސަން ވަކިވެއްޖެ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މާޗު 14) - މި މަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކޮލިފައިންގެ މެޗުތަކަށް ނެގި ބްރެޒިލްގެ ސްކޮޑުގައި ހިމެނުނު މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރާއެސް އެ ޓީމުގެ ސްކޮޑުން ވަކިވެއްޖެ އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ގަނޑިން ހުކުރު ދުވަހުގެ ފަތިހު ޗިލީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ބުދަ ދުވަހުގެ ފަތިހު ބޮލީވިއާއާ ދެކޮޅަށް ކުޅެން ނެގި ބްރެޒިލްގެ ސްކޮޑުގައި އެޑަސަން ވަނީ ހިމަނައިފަ އެވެ. މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލް ކޮލިފައިވި ނަމަވެސް، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ކޮލިފައިންގެ އެއް ވަނަ ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

އެކަމަކު، އެޑަސަން ސްކޮޑުން ވަކިވެ، އޭނާގެ ބަދަލުގައި ގޯލްކީޕަރު އެވަސަން ސްކޮޑަށް ނަގާފައިވާ ކަމަށް ބްރެޒިލްގެ ޓީމުން ވަނީ ބުނެފަ އެެވެ. އެޑަސަން ސްކޮޑުން ވަކިވި ސަބަބެއް ރަސްމީކޮށް ހާމަނުކުރި ނަމަވެސް، އޭނާ ސްކޮޑުން ވަކިވީ ބަލި ހާލަތުހުރި ގޮތުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި ބްރެޒިލްގެ ސްކޮޑާ އެޑަސަން ގުޅުނުއިރު ވެސް ހުރީ ބަލިކޮށެވެ. އެހެންވެ، ބްރެޒިލްގެ ފެޑަރޭޝަނުން ވަނީ އޭނާ ސްކޮޑުން ބާކީކުރަން ނިންމައިފަ އެވެ.

އެޑަސަންގެ އިތުރުން މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އާއި ކައިލް ވޯކާ ވެސް ވަނީ އަމިއްލަ ސަބަބުތަކާ ހުރެ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox