ހުކުމުގެ މުއްދަތަށް ބަންދުގައި ހުރެފައި ވާތީ ގަތުލެއްގެ ބައިވެރިޔަކު މިނިވަން ވެއްޖެ

ކްރިމިނަލް ކޯޓުން ހަ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޝަރީއަތް ނިމުނުއިރު ދައުވާ ލިބޭ މީހާ ބަންދުގައި ހަ އަހަރު ފުރިހަމަކޮށްފައި ވާތީ އޭނާ ވަނީ މިނިވަން ވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކްރިމިނަލް ކޯޓުން ހަ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޝަރީއަތް ނިމުނުއިރު ދައުވާ ލިބޭ މީހާ ބަންދުގައި ހަ އަހަރު ފުރިހަމަކޮށްފައި ވާތީ އޭނާ ވަނީ މިނިވަން ވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޝަރީއަތް ދިގުލައިގެން ދިއުމުން ބަންދުގެ މުއްދަތަށް ކެނޑުމަށް ފަހު އިތުރަށް ޖަލުގައި ހުންނަން ނުޖެހޭތީ އައްޑޫގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުވި ސ. ހިތަދޫ، ނަޝީދީގެ، މުހައްމަދު ޝިފާޒު މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކަރުގައި ވާފަށެއް އައްސާ ވާންކޮށްގެން އަލީ މަރާލިކަމުގެ ދައުވާ ސާބިތުވެ، އޭނާ އަށް ބޮޑުބޭބެ ކިޔާ ސ. ހިތަދޫ، ހެޕީ ފިއުޗާ، އަހުމަދު އިބްރާހިމް ދީދީ އަށް 12 އަހަރުގެ ހުކުމެއް އޮކްޓޯބަރު 12، 2020 ގައި ކްރިމިނަލް ކޯޓުން އިއްވި އެވެ.

އެ ގަތުލުގައި އެހީތެރިވި ކަމުގެ ދައުވާ މައޫޒު މުހައްމަދާއި، މުބާރިކް މުހައްމަދުގެ މައްޗަށް ސާބިތު ނުވީ ހެކި ނުލިބެގެންނެވެ. އެހެންވެ ދައުލަތުން އެ ނިންމުން އިސްތިއުނާފް ވެސް ކޮށްފައި ނުވެއެވެ.

އެކަމަކު އެ ދެމީހުންނާއި އެކު އެ ގަތުލުގައި ބައިވެރިވި ކަމުގެ ދައުވާ ޝިފާޒުގެ މައްޗަށް ސާބިތުވާ ކަމަށް އިއްޔެ ކޯޓުން ނިންމީ، ގާތިލު ބުނެގެން، އެ ޖަރީމާ ހިންގަން އުޅޭކަން އެނގިހުރެ، އެ ތަނަށް އޭނާ ގެންގޮސްދީފައި ވާތީ އެވެ.

އެ ކުށް ސާބިތުވުމާއި ގުޅިގެން ހަ އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވި ނަމަވެސް، އެ މައްސަލައިގެ ޝަރީއަތް ދިގުލައިގެން ދިއުމާއި ގުޅިގެން، ބަންދުގެ މުއްދަތު ކެނޑުމަށްފަހު، އިތުރު ދުވަހެއް ޖަލުގައި ހުންނަން ނުޖެހޭނެ ކަމަށް ކަނޑައަޅާ ގާޒީ ސައްފަތު ހަބީބު އިއްޔެ އޭނާ މިނިވަންކުރި އެވެ.

"...އަހްމަދު އިބްރާހީމްދީދީ (ގާތިލު) އާ ދިމާވެގެން ދެމީހުން އެއްކޮށް ކޮފީއެއް ބޯން ތިބި ވަގުތު، އަޙްމަދު އިބްރާހީމްދީދީ މުޙައްމަދު ޝިފާޒްގެ ގާތުގައި އެރޭގެ ދަންވަރު 1:00 އަށް އަލީ އަބްދުﷲ ހިތަދޫ ސްކޫލްގެ އިރު އުތުރު ކަންމައްޗާ ހަމައަށް ގެންގޮސްދޭން އެދުނު ކަމަށާއި، މިކަން ކޮށްދިނުމަށް އަހްމަދު އިބްރާހީމްދީދީ 30,000ރ. ހުށައެޅުމުން އެކަން 50،000ރ. އަށް ކޮށްދެވޭނެ ކަމަށް ބުނި ކަމަށާއި، އަދި އެއަށްވުރެ ގިނައިން ފައިސާ ނުދެވޭނެ ކަމަށް އަހުމަދު އިބްރާހީމްދީދީ ބުނި ކަމަށާއި" ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ޝިފާޒު ބުނެފައި ވެއެވެ.

ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވި ނަމަވެސް، ދައުވާ ކުރުމާއި އެކު ޝަރީއަތުގެ މަރުހަލާގައި ޝިފާޒް ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، އެ މަސައްކަތް ފުރިހަމަކުރުމާއި ގުޅިގެން، ދިން ފައިސާ ކޮތަޅު އޭނާގެ ދިރިއުޅުނު ގޭގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި އެވެ. އެ ކޮތަޅުގައި 40،095 ރުފިޔާއާއި، 70 އެމެރިކާ ޑޮލަރު އޮތް ކަމަށް ދައުލަތުން ބުނެ އެވެ.

އަލީ އަބްދުﷲ މަރާލާފައިވާ އޮއްވާ ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މާޗް 2، 2016 ގަ އެވެ. އެ މައްސަލާގައި ފުލުހުން ބުނެފައި ވަނީ އޭނާ މަރާލާފައިވަނީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox