ފިރިހެނުން ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ: ފަޒްނާ

ރޭ ބޭއްވި ރެހެންދި އެވޯޑްގައި މެޑަމް ފަޒްނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ރޭ ބޭއްވި ރެހެންދި އެވޯޑްގައި މެޑަމް ފަޒްނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މުޖްތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދުމަށް، ގޭ ތެރޭގައި އުފުލަންޖެހޭ ޒިންމާތަކުގައި ފިރިހެނުން ހިއްސާވާ ނަމަ ހަމަހަމަ ކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އާއި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހުގެ ޝިއާރުގެ މައިގަނޑު އަމާޒަކީ އެއް ކަންތައްތަކެއް ކަމަށެވެ. އެއީ ދެމެހެއްޓެނެވި ތަރައްގީއަށްޓަކާ އަންހެނުން ކުރަމުންގެންދާ އަގުހުރި، ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުންކަމަށް ފަޒްނާ ބާރު އެޅުއްވި އެވެ.

މުޖްތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބުމަށް ހުރި ހުރަސްތަކާއި އެފަދަ ބައެއް މިސާލުތައް ފާހަގަކުރައްވަމުން ފަޒްނާ ވިދާޅުވީ ފިރިހެނުން ގޭގެ ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ. އަދި އަންހެނުން އުފުލަން ޖެހޭ ބުރަ ޒިންމާތައް އިންސާފުވެރިކަމާއެކު ކުޑަކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ. ސަބަބަކީ އޭގެ އެންމެ މުހިންމު ބޭނުމަކީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ތަޖުރިބާ ކޮށްފައިނުވާ އެތައް ކަމެއް އަންހެނެއްގެ ނަޒަރުން ވިސްނައި، ކަންކަން ނިންމުމުގައި އެކަންކަން ހިއްސާވެގެން ދިއުން،" ފަޒްނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ އަންހެނުން ވަކާލާތު ކުރަނީ އަންހެންވަންތަކަން މަތީ ތިބެ މުޖުތަމައުގެ ތަރައްގީގައި ބަސްބުނުމަށް ޖާގަދިނުމަށާއި އަގު ވަޒަން ކުރުމާއި އަދި ވަޒީފާ އަދާކުރަމުން ގޭގައި ޒިންމާއަދާކުރާއިރު އެ ޒިންމާތައް ނެގުމުގައި ފިރިހެނުންގެ ހިއްސާވުމަށް ކަމަށެވެ.

ރޭގެ ޖަލްސާގައި މި އަހަރުގެ ރެހެންދި އެވޯޑް ހާސިލުކުރި ނުވަ މީހަކަށް ވަނީ އެވޯޑް ހަވާލުކޮށްފަ އެވެ. އެވޯޑް ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެ އެވޯޑް ހާސިލުކުރެއްވި އަންހެނުންނަށް ބްރޫޗް ހަވާލުކޮށްދެއްވީ މެޑަމް ފަޒްނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox