މި ފެށޭ ރަމަޟާން މަހު އެމްއައިބީއިން ހިދުމަތް ދޭނީ ހެނދުނު 9:30 އިން 12:00 އަށް ކަމަށް އެބޭންކުން ބުނެފިއެވެ. އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރު ރަމަޟާންމަހުވެސް އެމްއައިބީއިން އެ ބޭންކުން ދޭ ހުރިހާ ހިދުމަތެއް ދެމުންގެންދާނެ އެވެ.
މި ރަމަޟާންމަހު ބޭންކުން ހިދުމަތް ފަސޭހަކަމާއިއެކު ހޯއްދެވުމަށް އެ ބޭންކުގެ އޮންލައިން ހިދުމަތްތަކުގެ ބޭނުންހިފުމަށް އެމްއައިބީއިން އެދެ އެވެ. އެގޮތުން އެޕްލައިނައު ޕޯޓަލް މެދުވެރިކޮށް އެ ބޭންކަށް ހުށަހަޅަންޖެހޭ ހުރިހާ ފޯމެއް ހުށަހެޅޭނެ އެވެ. އަދި މޮބައިލްބޭންކިން، އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން އެކި ފަރާތްތަކަށް ފައިސާ ފޮނުވޭނެ އެވެ. މީގެއިތުރުން އެ ބޭންކުގެ އޭޓީއެމް މެޝިންތަކަށް ކާޑު ބޭނުން ނުކޮށްވެސް ފައިސާ ޖަމާކުރެވޭނެ އެވެ.
އެމްއައިބީއިން ވަނީ ރަމަޟާންމަހަށް ހާއްސް ކޮށެގެން ދެ ޕްރޮމޯޝަންއެއް ފަށާފަ އެވެ. އެގޮތުން އުޖާލާ ދިރިއުޅުން ފެސިލިޓީއިން ތަކެތި ގަނެގެން އަގުހުރި އިނާމަތަކެއް ލިބޭ ޕްރޮމޯޝަންއެއް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން އެއްވަނަ އިނާމަކަށް ސްކޫޕީ ސައިކަލެއް، ދެވަނަ އިނާމަކަށް އައިފޯނެ 13 ޕްރޯމެކްސް އަދި 3ވަނައަށް 65 އިންޗި ޓީވީއެއްލިބޭނެ އެވެ. މީގެ އިތުރުން އެލިޔާ، ރެފްކޫލް އަދި ހޮންޑާ މެރިންނުންނ ގަންނަ ތަކެއްޗަށް އެކިވަރުގެ ޑިސްކައުންޓް ލިބެ އެވެ.
ކާޑުން ވިޔަފާރި ކުރާ ފަރާތްތަކަށް ދެ ޕަސެންޓު ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަންއެއްވެސް ދަނީ ހިންގަމުނެންވެ. ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި އެއްވަނައަށް ދާފަރާތަކަށް 55 އިންޗި ޓީވީއެއް އަދި ދެވަނަ އަށް ދާ ފަރާތަކަށް އައިސްއަލަމާރިއެއްލިބޭ އިރު ތިންވަނައަށް ދާ ފަރާތަކަށް ފްރަންޓްލޯޑިން ދޮންނަމެޝިންއެއް ލިބޭނެ އެވެ.








