ހުލާސާކޮށް އިއްޔެ: މި ސަރުކާރުގެ އެއްވެސް ފްލެޓު މަޝްރޫއެއް ދައުރުގެ ތެރޭގައި ނުނިމޭނެކަން ހާމަވުން

އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފްލެޓު މަޝްރޫއު. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފްލެޓު މަޝްރޫއު. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިއުލާނުކޮށް ފަށާފައިވާ އެއްވެސް ފްލެޓު މަޝްރޫއެއް މި ދައުރުގެ ތެރޭގައި ނުނިމޭނެކަން ހައުސިން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވީ އިއްޔެ އެވެ.

މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށް ގެންދާ އަދި ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިންގެ މައުލޫމާތާއި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން އިއްޔެ ފޮނުއްވި ޖަވާބުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

އަސްލަމް އިއްޔެ ހިއްސާކުރެއްވި މައުލޫމާތުތަކަށް ބަލާއިރު، މި ސަރުކާރުން ކުރިޔަށް ގެންދާ 5000 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން 2000 ފްލެޓް ހަވާލު ކޮށްފައި ވަނީ ޖޭއެމްސީ އިންޑިއާ ލިމިޓެޑްއާ އެވެ.

އޭގެ ތެރޭގައި ކައުންސިލް ހައުސިންގެ 600 ޔުނިޓާއި އެފޯޑަބަލް 1،400 ހިމެނޭއިރު، މަސައްކަތް ފެށުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު ސައިޓް ހަވާލު ކޮށްފައިވީ ނަމަވެސް، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރެވެ.

އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އެންބީސީސީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށާއި އޭގައި ވެސް ހިމެނެނީ 600 ކައުންސިލް ހައުސިން ޔުނިޓާއި 1،400 އެފޯޑަބަލް ރޭންޖުގެ ޔުނިޓުތައް ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.

އެ ބިންތައް މިދިޔަ އަހަރު ޑިސެމްބަރުގައި ހަވާލު ކޮށްފައިވާއިރު، އެ މަޝްރޫއު ނިމޭނީ 2024 ވަނަ އަހަރު ކަމަށް ގައި ކަމަށް އަސްލަމް އިއްޔެ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން 120 ކައުންސިލް ޔުނިޓާއި އެފޯޑަބަލް ރޭންޖުގެ 240 ޔުނިޓް އަދި މިޑްރޭންޖުގެ 682 ޔުނިޓް ހިމެނޭ ގޮތަށް ޖުމްލަ 1،042 ފްލްޓުގެ މަޝްރޫއު އެޕޯލޯ ހޯލްޑިންގްސް އާ ވަނީ ހަވާލުކުރެވިފަ އެވެ.

އެ މަޝްރޫއު ނިމޭނެ ސީދާ ތާރީހެއް އަސްލަމް އިއްޔެ ފޮނުއްވި ޖަވާބުގައި ހިމަނާފައިނުވި ނަމަވެސް، އެ މަސައްކަތް ވެސް ނިމޭނީ 2024 ގައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ހާއްސަކޮށް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވަމުންދާތީ މީގެ ކުރިން ވެސް ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި ސަރުކާރުގެ ބާކީ އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، އޭގެ ތެރެއިން އެއްވެސް ފްލެޓް މަޝްރޫއުއެއް ނުނިމޭނެކަން ހާމަވެފައިވީ ނަމަވެސް، މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކުގެ ތެރެއިން ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯތި ދޫކުރާނެ ސަރަހައްދު ކަނޑައެޅި، ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނޭ ކަމަށް އަސްލަމް އިއްޔެ މަޖިލީހަށް ފޮނުއްވި ލިޔުމުގައި ވަނީ ވިދާޅުވެފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުގެ ރޯދަ މަހު އިސްލާމިކް ސްޓޫޑިއޯ އިން ގެނެސްދިން ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް އިސްލާމިކް މިނިސްޓްރީ ގައި ލޮކްޑައުންވި މުވައްޒަފުން ކޮށްފައިވާ މަސައްކަތާއި މަސައްކަތުގެ ހާޒިރީ ނުބަލަހައްޓައި އިތުރުގަޑީގެ ފައިސާ ދީފައިވާ ކަމަށް އެ މިނިސްޓްރީގެ މާލީ އޮޑިޓް ރިޕޯޓުން ހާމަވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މާލެ ސަރަހައްދަށް ޒަމާނުއްސުރެ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން އިއުލާނުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭން ދޫކުރަން ނިންމާފައިވާ 1،000 ގޯއްޗަށް ކުރިމަތިލުމަށް އަންނަ ޖޫން މަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާމަކުރެއްވީ އިއްޔެ އެވެ.
  • ގިނަ ދަރިވަރުން އެއްތަންވާ ދަނޑިވަޅެއް ބަލައި، ތ. ތިމަރަފުށީ މަދުރުސާގެ ލެބޯޓަރީ ގޮއްވާލާ، އެ ކުދިން މަރާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ ގިނަ ހެކިތައް ދައުލަތުން އެދުނު ގޮތަށް ސިއްރު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑިރެކްޓަރު ޝަމްއޫން "ލޫކަސް" ޖަލީލާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި އޭނާގެ އެކައުންޓުން ލިޔުނީ އެހެން މީހަކު ކަމަށް ހާމަކުރަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިއްޔެ ވިދާޅުވީ:

"މިއީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ރޯލެއް އޮތްކަން ދެއްކުމުގެ ބޭނުމުގައި ކޮށްފައި އޮތް އަމަލެއް ކަމަށް ބެލެވޭ"

ދުވަހުގެ ފޮޓޯ

އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޖަޔަލަތު ކްރިމިނަލް ކޯޓުގެ އަޑުއެހުމަށްފަހު ޖަލަށް ގެންދަނިކޮށް: އޭނާއަށް ކުރާ ދައުވާތަކަށް އިންކާރުކުރަމުން ބުނީ މަރާލީ ގަސްތުގައި ނޫން ކަމަށް -- ފޮޓޯ: ހުސައިން އަރުބާން ފައްވާޒް / އަދަދު
އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޖަޔަލަތު ކްރިމިނަލް ކޯޓުގެ އަޑުއެހުމަށްފަހު ޖަލަށް ގެންދަނިކޮށް: އޭނާއަށް ކުރާ ދައުވާތަކަށް އިންކާރުކުރަމުން ބުނީ މަރާލީ ގަސްތުގައި ނޫން ކަމަށް -- ފޮޓޯ: ހުސައިން އަރުބާން ފައްވާޒް / އަދަދު

އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޖަޔަލަތު ކްރިމިނަލް ކޯޓުގެ އަޑުއެހުމަށްފަހު ޖަލަށް ގެންދަނިކޮށް: އޭނާއަށް ކުރާ ދައުވާތަކަށް އިންކާރުކުރަމުން ބުނީ މަރާލީ ގަސްތުގައި ނޫން ކަމަށް -- ފޮޓޯ: ހުސައިން އަރުބާން ފައްވާޒް / އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އަ ކޮމްޕްރިހެންސިވް ހައުސިން މާކެޓް ސްޓަޑީ ފޯ ގްރޭޓާ މާލެ ރީޖަން"

މިއީ ގްރޭޓާ މާލެ ސަރަހައްދުގައި ދިިރިއުޅޭ މީހުން ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މިންވަރާއި އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތްތަައް ހޯދުމުގެ ގޮތުން ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކޮށްފައިވާ ދިރާސާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox