ޢާންމު ހާލަތަށް އެނބުރި ދާން ތައްޔާރުވާ ހިނދު...

ޢާންމު ހާލަތަށް އެނބުރި ދާން ތައްޔާރުވާ ހިނދު...

ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު އުވާލިކަން އިޢުލާންކުރުމާއެކު ހިތައް ފިނިކަމެއް ލިބިގެންދިޔަ އެވެ. ދަސްވެނިވާ ދަރިވަރުން އެކުދިންގެ ތޮފި ވަޔަށް އެއްލާލާ ބީދައިން، އެންމެން އެއްތާކަށް އެއްވެ މާސްކުތައް ނަގާ ހޫރާލަންވީއޭ ހިތަށް އެރި އެވެ. އެކަމަކު އަނެއް ދުވަހު ހެނދުނު ގެއިން ނިކުންނަން ހިނގައިގަތީ މާސްކު އަޅައިގެންނެވެ. އެ މާސްކުން ލިބުނު "މިނިވަންކަން" ދޫކޮށްލަން އަދި އަހަރެންގެ ހިތެއް ނުރުހެ އެވެ.

ކޮވިޑު ދުވަސްވަރުގެ ކުރިން އަހަރެން ބޭރަށް ނިކުންނައިރު، ތުންފަތުގައި ކުލަކޮޅެއް ޖައްސާނުލައި، މޫނުގައި "ފުޓުނި" ކޮޅެއް އަޅާ ނުލައި ހުންނަން ޖެހިލުންވި އެވެ. އެކަމަކު އެތައް އަހަރަކަށްފަހު، މާސްކުގެ ނިވަލުގައި، އެ "ފުޓުނީގެ" އަޅުވެތިކަމުން ސަލާމަތްވާން އަހަރެން ދަސްކުރީމެވެ. މާސްކު އަޅައިގެން ނޫންގޮތަކަށް މީހުން ގިނަވާ ތަންތަނަށް ނުގޮސް މިވީ ދުވަސްތަކުގެ ތެރޭ އަހަރެންނާއި އާއިލާގެ ކުދި ބޮޑު އެންމެންނަށްވެސް ރޯގާ އާއި ކުދި ކުދި ބަލިތައް ޖެހުނު މިންވަރު އެތައް ގުނައަކުން ދަށަށް ދިޔަ އެވެ. ކުރިން އަހަރަކު އެއް ފަހަރު ޖަހަން ޖެހޭ "ފްލޫ ޝޮޓް" ޖެހުމަކާ ނުލަ އެވެ. މަގުމަތީ ހިނގާބިނގާވެ އުޅޭއިރު، "ދުންހޮޅިތަކުން" އަރާ ދުމުން އެ މާސްކު ނިވާކޮށްދެ އެވެ. އަދި ކިއެއްތަ؟ މާސްކުން އެ ދޭ ނިވަލުގެ ސަބަބުން، ފޮށޭ މީހުންގެ ފޮށުންތަކުން ނިވާކޮށްދެ އެވެ. އެހެންވީއިރު، މި މާސްކު ދޫކޮށްލަންވީ ކީއްކުރަން ހެއްޔެވެ. މާސްކު ދޫކޮށްލަން އަދި ވަގުތުކޮޅެއް ބޭނުންވެ އެވެ. ވަގުތުން އެއްލާލާ ވަރަށްވުރެ ބޮޑަށް އަހަރެން މިހުރީ މާސްކަށް އާދަވެފަ އެވެ.

އެހެން ކަންބޮޑުވުމެކެވެ. ދެން އަނެއްކާވެސް ގޭގައި މަސައްކަތްކުރުމުގެ މިނިވަންކަން ލިބުނު މުވައްޒަފުންނަށް އޮފީހަށް ނިކުންނަށް ޖެހުނީތާ ދޯ އެވެ. ބައެއް އޮފީސްތަކުގެ މަސައްކަތްތަކަކީ ގޭގައި ތިބެގެން ކުރެވޭ މަސައްކަތްތަކަށް ވާ ހިނދު، އެ އުޞޫލު ދެމެހެއްޓުމާމެދު އެ އޮފީސްތަކުން ނިންމާނީ ކިހިނެތްބާވަ އެވެ؟ ޅަދަރި މައިންބަފައިންނާއި، އިސް ރަށްވެހިންގެ ބެލެނިވެރިން އަދި އެ ނޫންވެސް ޖިސްމާނީ އަދި ނަފުސާނީ ބަލިމަޑުކަމުގެ ސަބަބުން، އޮފީހަށް ދިއުމަށްވުރެ ގޭގައި ހުރުމުން އެ މުވައްޒަފެއްގެ އުފެއްދުންތެރިކަން އިތުރުވާނޭ ކަމަށް ޤަބޫލުކުރެވޭ މުވައްޒަފުންނަށް، އެ ފުރުޞަތު ފަހިވެފައި އޮންނާނޭ ނަމަ އެވެ. ހަމަ ގައިމުވެސް، ގެއިން މަސައްކަތްކުރުމަކީ "ނިއު ނޯމަލް" ގެ ގޮތުގައި ދަމަހައްޓައިފިނަމަ، މަޖުބޫރީ އެތައް ޙާލަތެއްގެ ސަބަބުން ވަޒީފާގެ މައިދާނުން ހަވާސާވެފައި އޮތް "ސްކިލްޑް ލޭބަރ ފޯސް" ގެ ބޮޑު ބައެއްގެ ޚިދުމަތް ގަތުމުގެ މަގު ފަހިވެގެންދާނެ އެވެ.

މި ބުނަނީ އޮފީސްތައް ނުހުޅުވާށެކޭ ނޫނެވެ. ގޭގައި މަސައްކަތްކުރެވޭ ފަދަ ވަޒީފާތަކުގައި އެ ގޮތްވެސް އިޚުތިޔާރުކުރެވޭނޭ މަގެއް ކޮށާށޭ އެވެ. ކޮވިޑުގެ ސަބަބުންވެސް ރަނގަޅު ކަމެއް ދަސްކޮށްދިނީތީ، އެކަން ދަމަހައްޓަން މަސައްކަތް ކުރާށޭ އެވެ. މަސައްކަތުގެ މާހައުލުގެ ވާހަކަ ދައްކަމުންދާއިރު، ކޮވިޑު ދަސްކޮށްދިން އަނެއް މުހިއްމު ފިލާވަޅަކީ ސަރުކާރު އަދި އަމިއްލަ އިދާރާތައްވެސް ޑިޖިޓަލައިޒްކުރަން ޖެހިފައި އޮތް މިންވަރެވެ. ކަރުދާހަށް ބަރޯސާވެފައި އޮތް އޮތުން ދޫކޮށްލާ، ރައްކާތެރިކަމާއެކު، ރަސްމީ ލިޔެކިޔުންތައް އަރުޝީފުކުރަން ޖެހިފައި އޮތް ކަމެވެ. ޤައުމީ ކުތުބުޚާނާތަކާއި ސްކޫލް މަދަރުސާތަކާއި ކޮލެޖުތަކުގެ ކުތުބުޚާނާތަކުގައި ހުރި މުހިއްމު ހުރިހާ ފޮތްތައް، އޮންލައިންކޮށް ލިބޭނޭ ގޮތަށް ހުރުމުގެ މުހިއްމުކަމެވެ. ސަރުކާރާއި އަމިއްލަ އިދާރާތަކުގައިވެސް ފޯމު ލުމުގެ ކަންކަން އެ އިދާރާތަކަށް ނުގޮސް، ޕޯޓަލްތަކުން ކުރެވޭނޭ އިންތިޒާމު އޮތުމުގެ މުހިއްމުކަމެވެ. ކޮވިޑުގެ ކުއްލި ހާލަތު ނިމުނުއިރުވެސް، މިކަމުގައި އެދެވޭ ކުރިއެރުމެއް އައިސްފައިވޭތޯ ވިސްނާލަން ޖެހެ އެވެ. ބަދަލުކުރަން ޖެހެނީ ހަމައެކަނި މަސައްކަތުގެ ވައްޓަފާޅިއެއް ނޫނެވެ. ކަރުދާހަށް ބަރޯސާވުން މަޖުބޫރުކުރާ އިދާރީ އޮނިގަނޑުތަކާއި ޤަވާއިދުތަކާއި ޤާނޫނުތައްވެސް މެ އެވެ.

ޕެންޑަމިކް ނިމުނީއޭ ކިޔާ ޢާއިލާ ގުޅުންތައް ކަނޑާނުލާށެވެ. ކޮވިޑުގެ ޙާލަތު ދިން އެންމެ މުހިއްމު އެއް ދަރުހަކީ، ޢާއިލާގެ މުހިއްމުކަމެވެ. ޢާއިލީ ގުޅުންތަކަކީ އަގުނުކުރެވޭނޭ ގުޅުންތަކެއް ކަމެވެ. ޢާއިލާގެ މެންބަރުންނާއެކު ތިމާއަށް ލިބިފައިވާ ވަގުތުތައް މަދުކަމެވެ. މި ދުނިޔެއަކީ ވަގުތީ ފާލަމެއްކަން ހަނދާންކޮށްދެމުން ކޮވިޑުގެ ވަބާ އެ ދިޔައީ ގާތް، ތިމާގެ، އެކުވެރި އަދި ދެކެފަރިތަ އެތައް ބަޔެއްގެ ފުރާނަ ހިފައިގެންނެވެ. އަވަށްޓެރިކަމުގެ ގުޅުމާއި އުޚުވަތްތެރިކަމުގެ އެތައް ނަމޫނާއެއް ދައްކަމުންނެވެ. އަދި ކޮވިޑުގެ ކުރީކޮޅު، ތިމާގެ އަމިއްލަ ހަށިރައްކަލަށް ތިމާގެ އިންސާނިއްޔަތު ގެއްލުވާލާ ހިތާމަވެރި މަންޒަރުވެސް ދައްކުވައިދީފަ އެވެ. ޢާއްމު ޙާލަތައް އެނބުރި ދިޔަޔަސް، ކޮވިޑު ދަސްކޮށްދިން އޯގާތެރިކަމާއި، އުޚުވަތްތެރިކަމާއި، ކުލުނާއި ލޯބި ދޫކޮށްލާކަށް ޚުދު އަހަރެންވެސް ތައްޔާރެއް ނޫނެވެ.

އަހަރެމެން ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ވާން ޢަޒުމު ކަނޑައަޅަމާ ހެއްޔެވެ. ބޯޑަރު ބަންދުކޮށް ލޮކްޑައުންގެ ޙާލަތުގައި ދިވެހި އާބާދީ ކާޑަށް ޖެހޭނީ އަދު ތޯ މާދަމާތޯ ހިތަށް ގެނެސްގެން ސިހި ސިހި ތިބި ދުވަސްތަކުގެ ހަނދާން މިއަދު މި ދަނީ ފަނޑުވަމުންނެވެ. ފިޔާކޮޅެއް ނުލިބިގެން، ގޮވާންކޮޅެއް ނުލިބިގެން ދާދި މިދާކަށް ދުވަހު އުޅުނީ، ބޮޑުތަދުގެ ހިތިވެސް ދުއް ދިވެހިންނެވެ. އޭރުވެސް ދަސް ނުވި ފިލާވަޅަކީ، ދިވެހިންގެ ފުދުންތެރިކަން އިތުރުކުރާނޭ ގޮތްތަކެއް ހޯދަން ޖެހޭކަމެވެ. މި ޒަމާނުގައިވެސް އެ ބިރުވެރިކަން އިހުސާސްކުރަން ޖެހުނީތީ، އިތުރަށް ސަމާލުވަމާ ހެއްޔެވެ. އުފެއްދުންތެރިކަން އިތުރުކުރަމާ ހެއްޔެވެ؟ ބޯޑަރުތައް ބަންދުވެ، ފަތުރުވެރިކަމުގެ ދޮރު ބަންދުވާ ހިސާބުން ޤައުމު އިނދަނުޖެހޭވަރު ކުރަން މަސައްކަތްކުރަމާ ހެއްޔެވެ؟ އަނެއްކާވެސް އެ ފަދަ ބިރުވެރިކަމެއް އައުމުގެ ކުރިން ފުދުންތެރިކަން އިސްކޮށްގެން ތަރައްޤީގެ މަގުޗާޓުތައް ހަދަމާ ހެއްޔެވެ؟

އުފާނުވަނީކީނޫނެވެ. ޢާއްމު ޙާލަތަކަށް ދާތީ އުފާވެ އެވެ. ގޭބަންދުގައި ތިބި ކުޑަކުދިންނަށް އެ ކުދިންގެ ދިރިއުޅުން އަނބުރާ ލިބޭނޭތީ އުފާވެ އެވެ. ބަލިމަޑުކަމަކުން އަރައިގަނެވުނީތީ މާތް ﷲއަށް ޙަމްދުކުރަމެވެ. އެހެންނަމަވެސް ބިރުގަނެ އެވެ. މި އުފާވެރިކަމުގެ ތެރޭގައި އަނެއްކާވެސް އަހަރެމެން ކަންނެތް ވެދާނޭތީ އެވެ. ލުއި ފަސޭހައިގެ ލައްޒަތުގައިޖެހި، ކޮވިޑު ދިން ދަރުސްތަކުގެ އެހީގައި އަދަށް ވުރެ ފަހި މާދަމާއެއް އުފައްދަން ލިބުނު ފުރުޞަތު ނަގާލެވިދާނެތީއެވެ. ޢާއްމު ޙާލަތުގެ ބޭނުން އެދެވޭ ގޮތުގައި ނުކުރެވިދާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox