ޑެހެއާ ބާކީކޮށް ސްޕެއިން ޓީމަށް ރާޔާ

Mar 21, 2022, 7:01 PM
ސްޕެއިނުގެ ޕްރެކްޓިހެއްގެ ތެރެއިން ޑެހެއާ.

ސްޕެއިނުގެ ޕްރެކްޓިހެއްގެ ތެރެއިން ޑެހެއާ.

މެޑްރިޑް (މާޗް 21) - ސްޕެއިން ގައުމީ ޓީމުން ކުރިއަށް ހުރި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ ބަދަލުގައި ބްރެންޓްފޯޑްގެ ކީޕަރު ޑާވިޑް ރާޔާ ނަގައިފި އެވެ.

ޑެހެއާގެ އިތުރުން ޗެލްސީގެ ސްކޮޑުގައި ހިމެނޭ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް މި ފަހަރުގެ ސްކޮޑުން ވެސް ފުރުސަތު ނެތެވެ. ސްޕެއިން ޓީމުގައި މި ފަހަރު ހިމަނާފައިވާ ތިން ކީޕަރުންނަކީ ރާޔާގެ އިތުރުން ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ރޮބާޓް ސަންޗޭޒް އަދި އެތުލެޓިކް ބިލްބާއޯގެ އުނާއި ސިމޯން އެވެ.

ސްޕެއިން ޓީމަށް ޑެހެއާ އެންމެ ފަހުން ކުޅުނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ސްޕެއިނުން މިދިޔަ ނޮވެމްބަރު މަހު ނެގި ސްކޮޑުގައި ޑެހެއާ ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު ނުދެ އެވެ. ޔުނައިޓެޑްގައި މި ފަހަރު މޮޅު ސޭވްތަކެއްކޮށް، ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ޑެހެއާ ސްޕެއިން ޓީމަށް ނުނެގުމުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަށް ގިނަ ސުވާލުތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ބްރެންޓްފޯޑް މެޗެއްގެ ތެރެއިން ރާޔާ.

ޑެހެއާގެ ސުވާލުތަކަށް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި އެންރީކޭ ވަނީ އުމުރުން 26 އަހަރުގެ ރާޔާގެ ކުޅުމަށް ތައުރީފުކޮށްފަ އެވެ. ސްޕެއިނުން ގޯލްކީޕަރުން ލައްވައި، ފައިން ޕާސް ދީގެން އެޓޭކް އެންމެ ފަހަތުން ފަށައިގެން ކުޅޭ ފުޓްބޯޅަ ކުޅޭ ޓީމަކަށް ވާން ކުރާ މަސައްކަތުގައި މުސްތަގުބަލަށް ބަލާއިރު، ރާޔާ އަކީ މުހިންމު ކުޅުންތެރިއަކަށް ވާނެ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގައި ރާޔާ މި ފަހަރު ކުޅުނު 15 މެޗުން ފަސް ކްލީންޝީޓް ނަގާފައިވާއިރު، ޑެހެއާގެ ބަދަލުގައި އޭނާ ސްޕެއިން ޓީމަށް ނެގުމަކީ އެ ގައުމުގެ މީޑިއާގައި ވަރަށް ގަދަޔަށް ދެކެވެމުން އަންނަ ވާހަކައެކެވެ.

ރާޔާ ބުނީ ކޮންމެ މީހެއް ވެސް އަމިއްލަ ވިސްނުމުގައި ވާހަކަ ދައްކާނެ ކަމަށާއި އޭނާގެ ފޯކަސް އަކީ ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުން ކަމަށެވެ.

އަލްބޭނިއާ (26 މާޗް) އާއި އައިސްލެންޑާ (29 މާޗް) ދެކޮޅަށް ސްޕެއިނުން ކުރިއަށް އޮތް ނުވަ ވަރަކަށް ދުވަސް ތެރޭ ކުޅޭ މެޗުތަކަށް ނެގި ސްކޮޑުން ޗެލްސީގެ ވާތުބެކް، މާކޯސް އަލޮންސޯ، ބާސެލޯނާގެ ޕެޑްރީ ގޮންޒާލޭޒް އަދި އެތުލެޓިކޯ މެޑްރިޑްގެ މާކޯސް ލޮރެންޓޭ އަށް ވަނީ ފުރުސަތު ދީފަ އެވެ.

ސްޕެއިން ސްކޮޑުގައި ހިމެނެނީ ކީޕަރުންގެ ގޮތުގައި ސިމޯން، ސަންޗޭޒް، ރާޔާ، އަލޮންސޯ، ޖޯޑީ އަލްބާ، އެރިކް ގާސިއާ، އައިމެރިކް ލަޕޯޓް، ޕައު ޓޮރޭޒް، ޑިއޭގޯ ލޮރެންޓޭ، ސެޒާ އަޒްޕިލިކުއޭޓާ، ޑަނީ ކާވަހާލް، ރޮޑްރީ، ކޯކޭ، ލޮރެންޓޭ، ޕެޑްރީ، ގަވީ، ކާލޮސް ސޮލެއާ، ޑަނީ އޮލްމޯ، ޕަބްލޯ ސަރާބިއާ، އަލްވާރޯ މޮރާޓާ، ރައުލް ޑެ ޓޯމާސް، ފެރާން ޓޮރޭޒް އަދި ޔެރެމީ ޕީނޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox