ދެމެހެއްޓިނިވި ކާމިޔާބީއެއް ހޯދުމަށް ކިންގްސްގެ "ނެކްސްޓް ޖެން" ޕްލޭނެއް!

މި ފަހަރުގެ ގައުމީ ލީގުގެ މެޗެއްގެ ތެރެއިން ކިންގްސްގެ އައިކް ބޯޅަ ހިފައިގެން.-- ފޮޓޯ: ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

މި ފަހަރުގެ ގައުމީ ލީގުގެ މެޗެއްގެ ތެރެއިން ކިންގްސްގެ އައިކް ބޯޅަ ހިފައިގެން.-- ފޮޓޯ: ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ދެމެހެއްޓިނިވި ގޮތެއްގައި ޓީމެއް ކުރިއަރާނީ ރަނގަޅު ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ކުރެވިގެންނެވެ. ޓީމުގައި ހިމެނޭ ސީނިއާ ކުޅުންތެރިންނާއި އަރާ ހަމަކުރާނެ ޒުވާން ކުޅުންތެރިން އުފެދިގެންނެވެ. ސީނިއާ ކުޅުންތެރިން ރިޓަޔާ ކުރަންވާއިރަށް އެތަން ފޫބައްދާނެ ހުނަރުވެރި ކުޅުންތެރިންތަކެއް ތައްޔާރުކުރެވިގެންނެވެ. މި މޮޑެލް އަށް މަސައްކަތްކުރާ އެންމެ ގިނަ ކުލަބުތައް އޮތީ ފުޓްބޯޅައިގަ އެވެ. މަޑުމަޑުން އެހެން ކުޅިވަރުތަކުން އަންނަނީ މި ވިސްނުމަށް މަސައްކަތް ކުރަމުންނެވެ.

އެ ގޮތުން މި ވަގުތު ބާސްކެޓްބޯޅައިގައި އޮތް އެންމެ ވަރުގަދަ އެއް ނަން ކަމަށްވާ "ކިންގްސް" ބާސްކެޓްބޯޅަ ކުލަބުން އަންނަނީ ސީނިއާ ޓީމަށް ކުޅުންތެރިން ސަޕްލައިކޮށްދޭނެ ޒުވާން ޓީމުތަކެއް ތައްޔާރު ކުރަމުންނެވެ.

މި ވަގުތު ޒުވާން ޓީމުތައް އެންމެ ގިނަ އެއް ކުޅިވަރަކީ ބާސްކެޓްބޯޅަ އެވެ. އެންމެ ފަހުގެ ގައުމީ ލީގުގެ ދެ ވަނަ ޑިވިޝަނަށް ބަލާއިރު އެ މަންޒަރު ވަރަށް ސާފެވެ. ގިނަ ޓީމުތަކުގައި ތިބީ މުޅިން އަލަށް ޓޮޕް ލެވެލްގައި ކުޅުނު ކުޅުންތެރިންނެވެ. ނަމަވެސް މި ކުޅުންތެރިން ފެނުނީ ބިރެއް ނެތި އިތުބާރާ އެކު ކުޅުނުތަނެވެ. އަމިއްލަ ހުނަރު ދައްކާލައި، ކެރިއަރެއް ބިނާކުރުމަށް ފަސް ޖެހުމެއް ނެތި ކުރި މަސައްކަތެވެ.

ބާސްކެޓަށް ބަލާއިރު ޒުވާން ޓީމުތައް ގެންގުޅޭ މަދު ކުލަބުތަކެއް އެބަހުއްޓެވެ. ރެޑްވިންގްސް އަކީ ވެސް ރަނގަޅު ޒުވާން ޓީމްތަކެއް ބިނާކޮށް އެ ޓީމްތަކުން އާ ކުޅުންތެރިންނަށް ފުރުސަތުދީ، އޭގެއިން ފުރާނާލެވޭ ކުޅުންތެރިންނަށް ރެޑްވިންގްސްގެ ސީނިއާ ޓީމުން ފުރުސަތު ދެމުން އަންނަ ޓީމަކެވެ.

މީގެ ހަ ވަރަކަށް އަހަރު ކުރިން، 2016 ވަަނަ އަހަރު ވުޖޫދުވި ކިންގްސް އިން މިހާރު އަމާޒުހިފާފައި އޮތީ އެކުލަބުގެ "ނެކްސްޓް ޖެނަރޭޝަން" ޕްރޮގްރާމްގެ ތެރެއިން އެކި އުމުރުފުރާގެ ޓީމްތަކެއް ތައްޔާރުކޮށް ސީނިއާ ލެވެލްއާއި ހަމައަށް އައުމަށް ފައްކާކުރުމުވެ.

ކިންގްސްގެ ބީސީގެ "ނެކްޓް ޖެނެރޭޝަން" ޕްރޮގްރާމްގެ ހިންގުމުގެ ބޮޑު ޒިންމާ ހަވާލްކޮށްފައި އޮތީ ކޯޗު މުހައްމަދު ޒިލާލް (ޒިލާ) އަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އިރުޝާދުގެ ދަށުން މިހާރު ވެސް ކިންގްސް ޒުވާން ޓީމްތައް އަންނަނީ ތަރައްގީވެ ކުރި އަރަމުންނެވެ. މި ފަހަރު ގައުމީ ލީގުގެ ދެ ވަނަ ޑިވިޝަންގައި ކިންގްސްގެ ތާޖު ދަށުން ދެ ޓީމެއް ވާދަކުރި އެވެ. ރޯޔާލްސްގައި ތިބީ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ 17 އަހަރާއި 18 އަހަރަށެވެ. ދެ ވަނަ ޓީމް ކަމަށްވާ އާޗާސް ބީސީގައި ތިބީ 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނެވެ.

"ގައުމީ ތައްޓަށް ފަހު މިހާރު ކިންގްސްގެ އަމާޒު މިއޮތީ ޒުވާން ކުޅުންތެރިން ބިނާކޮށް އެ މީހުން ސީނިއާ ޓީމްގެ ތެރެއަށް ނެރެން. އެހެންވެ ކިންގްސް ދެ އުމުރުފުރާއެއްގެ ދެ ޓީމެއް މިފަހަރު ސެކަންޑްގަ އެ ކުޅުނީ، ވަރަށް އުއްމީދީ ކުޅުންތެރިން އެބަތިބި، ވަރަށް ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށް މި ބަލަނީ" މި ވަގުތު ކިންގްސްގެ ކޯޗިން ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ޒިލާ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅުނު ކިންގްސް ޓީމުގައި މިފަހަރު ޒުވާން ހުނަރުވެރި ކުޅުންތެރިއެއް ހިމެނެ އެވެ. އެއީ 19 އަހަރުގެ މުހައްމަދު އައިކް ނީޝާމް އެވެ. އައިކަށް ލީގާއި ގައުމީ މުބާރާތުގައި ކިންގްސް ކުޅުނު މެޗުތަކުގެ އެކި ހިސާބުތަކުގައި ކުޅެން ކޯޗު ފުރުސަތު ދިނެވެ. އަދި ލިބުނު ފުރުސަތުގައި ރަނގަޅު އުއްމީދީ ކުޅުމެއް ދެއްކި އެވެ.

ޒިލާ ބުނީ ކިންގްސްގެ އަމާޒަކީ އަނެއްކާވެސް ގައުމީ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދައި މިލްކުކޮށްލެވޭ ފެންވަރުގެ ޒުވާން ޓީމެއް އުފެއްދުމެވެ. ކިންގްސްގެ ހަގީގީ ވިސްނުން އެންމެ ބޮޑަށް ބިނާވެފައި އޮތީ ޒުވާން ކުޅުންތެރިންނާއި އެކުގައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ހަރުދަނާ ގޮތެއްގައި ޒުވާން ޓީމްތަކެއް ތައްޔާރުކުރުމަކީ ބުރަ އަދި އުނދަގޫ މަސައްކަތެކެވެ. މިކަމަށް ހޭދަވާ ވަގުތާއި ކުރަން ޖެހޭ މަސައްކްތަވެސް ތަފާތެވެ. ކިންގްސްގެ ޒުވާން ކުޅުންތެރިން ބިނާ ކުރާ ޕްރޮގްރާމް ހަރުދަނާކޮށް ހިންގުމަށް އެ ކުލަބުން ބިދޭސީ ތަޖުރިބާކާރުންގެ އިރުޝާދު ވެސް ހޯދާނެ އެވެ. އަދި ބީދޭސީ ކޯޗުންނާއި އެކި އެކި ފެންވަރުގެ ކުޅުންތެރިން ގެނެސް ސެޝަންތަކެއް ވެސް ނަަގައިދޭނެ އެވެ.

ކިންގްސް ވަނީ ކްލަބްގެ މަސައްކަތް ރަސްމީކޮށް ހިނގައިގަތް ހިސާބުން ފެށިގެން ބާސްކެޓްގެ ހަތަރު ސީޒަންގައި ހަތް ތަށި ހޯދައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ މި އަހަރުގެ ގައުމީ މުބާރާތުގެ ތަށި ހޯދައި މި މުބާރާތް މިލްކުކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox