ވެލެންސިއާ ބަލިކޮށް ފުރަތަމަ ބުރުގައި މާޒިޔާ އަށް ސައްތައިން ސައްތަ ރެކޯޑެއް

Mar 19, 2022, 5:49 PM
މާޒިޔާގެ ޓަނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާޒިޔާގެ ޓަނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްލަބް ވެލެންސިއާ 4-0 އިން ބަލިކޮށް، ސައްތައިން ސައްތަ ރެކޯޑަކާ އެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު މިރޭ ނިންމާލައިފި އެވެ.

މިއީ ފުރަތަަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން މުބާރާތެއް ފައްޓައިގެން މާޒިޔާ އިން ލީގު ބުރެއްގެ ހުރިހާ މެޗެއް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މާޒިޔާ އިން 2017 ވަނަ އަހަރު މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީގެ އިރުޝާދުގެ ދަށުން އެސްޓީއޯ މާލޭ ލީގު ފެށީ ފުރަތަމަ ހަތް މެޗުން މޮޅުވެގެންނެވެ. މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން މާޒިޔާއާ ހަވާލުވި، ސާބިއާގެ މަޔޮޑްރަގް ޖެސިކްގެ ކޯޗުކަމުގައި މާޒިޔާ އިން މި ވަނީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ހަތް މެޗުން ވެސް މޮޅުވެފަ އެވެ.

ފުރަތަމަ ބުރު ނިމުނުއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޓީސީ ސްޕޯޓްސް ކްލަބް 10 ޕޮއިންޓް ހޯދައިގެން އޮތްއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތީ މޮޅެއް ނުލިބި، އެއް ޕޮއިންޓާ އެކު އެވެ.

އަނިޔާ އާއި ސަސްޕެންޝަންގެ އިތުރުން އެކި މައްސަލަތަކުގައި އޮތް ވެލެންސިއާ އިން މިރޭ ނުކުތީ ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އަތުން މޮޅުވި ދެ މެޗާ އަޅާކިޔާއިރު، މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އޭގެ ތެރޭގައި އަމިއްލަ ސަބަބަކާ ނުކުޅޭ ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި އެޓޭކްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން ހިމެނެ އެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ވެސް މި މެޗުގައި ނުކުޅެ އެވެ.

ވެެލެންސިއާ އިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިޔަ މި މެޗުގައި މާޒިޔާ އަށް ގޯލު ޖަހައިދޭން 12 ވަނަ މިނިޓްގައި ސެއިން ވިންސެންޓްގެ ގައުމީ ޓީމު ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. އޭގެ ފަހުން މާޒިޔާ އަށް ކުޅޭ ސްޕެނިޝް ލަލީގާގައި ކުރިން ކުޅުނު މިޑްފީލްޑަރު، ޓަނާ ޑޮމިންގޭޒް ފޮނުވާލި ދެ ހިލޭޖެހުން ވެސް ވެލެންސިއާ ގޯލުގައި ހުރި ގޯލްކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 27 ވަނަ މިނިޓްގައި އޭރިއާތެެރެއިން ވެލެންސިއާގެ ޑިފެންޑަރުން ގައިގައި ޖެހިފައި ބްލޮކްވެގެން އައި ބޯޅައެއް ކޯނޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މި މެޗުގައި ވެލެންސިއާގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ފޯވާޑް، އަބްދުﷲ ޔާމީން (ޔާން) އަށް އެންމެ ރަނގަޅު ބޯޅަތަކެއް ނުލިބި، ވެލެންސިއާ އެޓޭކް ފެނުނީ އާދައިގެ ގޮތަކަށެވެ. އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ޔާނު އަށް ލިބުނު ރަނގަޅު ފުރުސަތެއްގައި އެ ޓީމުގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އަށް ދޭން ފޮނުވާލި ނަމަވެސް މާޒިޔާ ޑިފެންޑަރުން ސަމާލުވެ ތިބެ، އެ ބޯޅަ ހުއްޓުވި އެވެ.

މާޒިޔާ އިން ލީޑުފުޅާކުރި ގޯލު ޖެހީ މެޗުގެ 56 ވަނަ މިނިޓްގައި ޓަނާ އެވެ. ވެލެންސިއާ ޑިފެންސްތެރެއިން އައި ބޯޅައެއް ޓަނާ ވަނީ ކީޕަރު ޓޮޕްލަކް ކައިރިން ގޯލަށް ފޮނުވާލައިފަ އެވެ. މިއީ މާޒިޔާ އަށް ކުޅުނު ހަ މެޗުގެ ތެރެއިން ޓަނާ އެ ޓީމަށް ކާމިޔާބު ކޮށްދިން ހަތް ވަނަ ގޯލެވެ.

ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައިރު، މެޗުގެ 78 ވަނަ މިނިޓްގައި މާޒިޔާ އިން ތިން ވަނަ ގޯލެއް ޖެހުމާ ގާތަށް ދިޔަ އެވެ. ޓަނާ ނެގި ކޯނަރަކުން އެ ޓީމުގެ ސާބިއާ ޑިފެންޑަރު ނަމަންޏާ ކާޓާލް ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ތިން މިނިޓް ފަހުން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބޮލުންޖެހި ބޯޅަ ބޭރުވީ ވެލެންސިއާ ޑިފެންޑަރެއް ގައިގައި ޖެހި ދަނޑީގައި ވެސް ޖެހިފަ އެވެ. އެ ކޯނަރުން މާޒިޔާގެ ތިން ވަނަ ގޯލު ޖެހީ އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. މިއީ ޓަނާ ނެގި ކޯނަރަކުން އަކޫ ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ 89 ވަނަ މިނިޓްގައި މާޒިޔާ އިން ހަތަރު ވަނަ ގޯލެއް ޖެހިިއިރު، މި ގޯލުގައި ބަދަލަކަށް ކުޅެން އެރި މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދައުރު ބޮޑެވެ. އިއްބެ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ އަސަދުﷲ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

މި ސީޒަނުގައި ވެލެންސިއާ އާއި މާޒިޔާ ޖުމްލަ ހަތަރު މެޗެއް ކުޅުނުއިރު، ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ މޮޅުވީ 5-0 އިންނެވެ. ޕްރެޒިޑެންޓްސް ކަޕް ލީގު ބުރުގައި ވެލެންސިއާ އިން 1-0 އިން މާޒިޔާ ބަލިކުރި އެވެ. އަދި އެ މުބާރާތުގެ ފައިނަލުގައި މާޒިޔާ އަތުން ވެލެންސިއާ މޮޅުވީ 2-1 އިންނެވެ. މާޒިޔާ އިން މި ވަނީ ޕްރިމިއާ ލީގުގައި ވެލެންސިއާ ބަލިކޮށްފަ އެވެ.

ލީގުގެ ދެ ވަނަ ބުރު ފަށަން ނިންމާފައިވަނީ އަންނަ މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox