ރަޝިއާގެ ކޮސްމޮނޯޓުން ޖައްވަށް ދިޔައީ ޔޫކްރެއިންގެ ގައުމީ ކުލަތަކުގައި

ރަޝިއާގެ ކޮސްމޮނޯޓުން ޖައްވީ ސްޓޭޝަނުގައި. -- ފޮޓޯ: ރޮސްކޮސްމޯސް

ރަޝިއާގެ ކޮސްމޮނޯޓުން ޖައްވީ ސްޓޭޝަނުގައި. -- ފޮޓޯ: ރޮސްކޮސްމޯސް

ރަޝިއާގެ ކޮސްމޮނޯޓުން ޔޫކްރެއިންގެ ގައުމީ ކުލަތަކުގައިވާ ސޫޓު ލައިގެން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ހިނގައްޖެ އެވެ.

ހޮނިހިރު ދުވަހު އައިއެސްއެސްއަށް ދިޔަ ތިން ފިރިހެނުންނަކީ މިދިޔަ މަހު ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށި ފަހުން ޖައްވީ ސްޓޭޝަނަށް ދަތުރު ކުރި ފުރަތަމަ މީހުންނެވެ.

އައިއެސްއެސްގައި ތިބި އެހެން ފަރާތްތަކުން ވަނީ އެ ތިން މީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ޖައްވީ ސްޓޭޝަނަށް ދަތުރު ކުރި ތިން މީހުންނަކީ ޑެނިސް މެޓްވެޔޭވް، އޯލެގް އާރްޓެމްޔޭވް އަދު ސާގެއި ކޮރްސަކޯވް އެވެ.

ރަޝިއާގެ ތިން ކޮސްމޮނޯޓުން ޖައްވަށް ތިން ގަޑިއިރުގެ ދަތުރު ފެށީ ކަޒަކިސްތާނުގައި ރަޝިއާއިން ހިންގާ ފެސިލިޓީއަކުންނެވެ.

އެ މީހުން ދަތުރު ކުރި އުޅަނދު ކާމިޔާބުކަމާ އެކު އައިއެސްއެސްގައި ޖެއްސުމާ އެކު، ރަޝިއާގެ މިޝަން ކޮންޓްރޯލުން އެކަމަށް މަރުހަބާ ކިޔެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން، ތިން ކޮސްމޮނޯޓުން އައިއެސްއެސްގެ ތެރެއަށް ފްލޯޓްވި އިރު، އެންމެން ވެސް ތިބީ ރީނދުލާއި ނޫ ކުލައިގެ ސޫޓު ލައިގެންނެވެ.

ރަޝިއާގެ ކޮސްމޮނޯޓުންގެ ޔުނިފޯމްގެ ކުލަޔަކީ ހަމައެކަނި ނޫ ކުލަ އެވެ. ކޮސްމޮނޯޓުން ދުނިޔެއިން ދަތުރު ފެށުމުގެ ކުރިން ތިބީ ނޫ ސޫޓުގައި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެ މީހުން އައިއެސްއެސްގެ ތެރެއަށް ފްލޯޓްވި ވަގުތު، އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އަދި ރަޝިއާގެ ޖައްވީ އެޖެންސީ ރޮސްކޮސްމޯސް އިން ދިޔައީ ވަގުތުން ދައްކަމުންނެވެ.

އައިއެސްއެސްގައި ތިބެ ލައިވްކޮށް ބޭއްވި ޕްރެސް ކޮންފެރެންސެއްގައި ކޮސްމޮނޯޓުން ބުނީ އެ މީހުން ރީނދޫ ކުލައިގެ ސޫޓު ބޭނުން ކުރީ "ގިނައިން އެ ކުލަ ލިބެން ހުރުމުން" ކަމަށެވެ.

ޔޫކްރެއިންގައި ކުރާ ހަނގުރާމައާ ދެކޮޅުކަން ހާމަކުރުމަށް ޔޫކްރެއިންގެ ގައުމީ ކުލަތައް ބޭނުން ކުރަމުންދާ ދަނޑިވަޅެއްގައި ރީނދޫ ކުލަ ބޭނުން ކުރަން "މަޖުބޫރުވީ" ކަމަށް ބުންޏެވެ.

"ބައެއް ފަހަރު ރީނދޫ ކުލައަކީ ހަމަ ރީނދޫ ކުލަ،" ރޮސްކޮސްމޯސްގެ ޓެލެގްރާމް ޗެނަލްގައި ބުންޏެވެ.

އޭގެ އިތުރުން ސޫޓު ހަދާފައި ވަނީ ތިން ކޮސްމޮނޯޓުން ތައުލީމް ހާސިލް ކުރި ބޯމެން މޮސްކޯ ސްޓޭޓް ޓެކްނިކަލް ޔުނިވާސިޓީގެ ރަސްމީ ކުލައިން ކަމަށާއި "ހުރިހާ ތަނަކާއި އެއްޗަކުން ޔޫކްރެއިންގެ ދިދަ ފެނުމަކީ މޮޔަ ކަމެއް" ކަމަށް ރޮސްކޮސްމޯސްއިން ބުންޏެވެ.

ރަޝިއާގެ ތިން ކޮސްމޮނޯޓުން ޖައްވަށް ދިޔައީ ހަ މަހުގެ މިޝަނެއްގަ އެވެ. އެ މީހުންގެ ބަދަލުގައި، މި ވަގުތު އައިއެސްއެސްގައި ތިބި ތިން އެސްޓްރޮނޯޓަކު މާޗް 30 ގައި އެނބުރި ދުނިޔެއަށް އަންނާނެ އެވެ.

ޖައްވަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުން ކުރާ ލަފްޒަކީ "އެސްޓްރޮނޯޓް" ނަމަވެސް، އެމެރިކާ އާއި ނޭޓޯ ގައުމުތަކުގެ މީހުންނާއި ރަޝިއާގެ މީހުން ވަކި ކުރުމަށް، ރަޝިއާއިން ޖައްވަށް ދާ މީހުންނަށް ކިޔަނީ "ކޮސްމޮނޯޓް އެވެ. ރަޝިއާ ބަހުން "ކޮސްމޯސް" ގެ މާނައަކީ ޖައްވެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox