ރެއާލަށް ޗެލްސީ ކައިރިން ބަދަލުހިފުމުގެ ފުރުސަތު

Mar 18, 2022, 8:30 PM
މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ރެއާލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މާޗް 18) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ 13 ފަހަރު ތަށި އުފުލާލި ރެއާލް މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މިއީ މިދިޔަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް ކަޓުވާލުމުގެ ބަދަލު ހިފަން ލިބިފައި އޮތް ރަނގަޅު ފުރުސަތެކެވެ.

ކުއާޓާ ފައިނަލުގެ އަނެއް މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ ކުޅެން ޖެހޭނީ ދެ ވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލި އެތުލެޓިކޯ މެޑްރިޑާ އެވެ. ލިވަޕޫލުން ބެންފީކާއާ ދެކޮޅަށް ކުޅޭއިރު، ބަޔާން މިއުނިކް ބައްދަލުކުރާނީ ވިޔަރެއާލާ އެވެ. ސެމީ ފައިނަލް މެޗުތަކަށް ބަލާއިރު، ބަޔާން އާއި ވިޔަރެއާލް މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅޭނީ ލިވަޕޫލާއި ބެންފީކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އަނެއްކޮޅުން، ސިޓީ އާއި އެތުލެޓިކޯ ކުޅެގެން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ޗެލްސީ އާއި ރެއާލް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެންމެ ހާލުގައި އޮތް ރަޝިއާ އަށް ނިސްބަތްނުވާ ފުޓްބޯޅަ ކްލަބަކީ އިނގިރޭސި ކްލަބް ޗެލްސީ އެވެ. ޗެލްސީގެ ވެރިޔާ ރަޝިއާގެ މަހުޖަނު ރޯމަން އަބްރަމޮވިޗަށް އަމާޒުކޮށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޗެލްސީ އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ ޓީމުން ރެއާލާ ދެކޮޅަށް ނުކުންނާނީ ބަލިނުވެ އޮތް ރެކޯޑެއް ދަމަހައްޓާށެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީން ރެއާލާ ބައްދަލުކުރި ފަސް މެޗު ވެސް ބަލިވެފައިނުވެ އެވެ.

އެކަމަކު، އީޔޫގެ ގައުމުތަކުން ވެސް ރަޝިއާ އަށް ފިޔަވަޅުތައް އަޅާއިރު، ޗެލްސީން ޔޫރަޕްގައި ކުޅޭ މެޗުތަކަށް ވެސް ޓިކެޓް ނުވިއްކޭނެ އެވެ. މި އުނދަގޫ ހާލަތުގައި ވެސް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ ވިސްނުން ހުރީ ރެއާލްގެ މައްޗަށް ގަދަވެގަނެ، ސެމީން ފުރުސަތު ހޯދުމުގެ ޓާގެޓްގަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗުތައް އޮތީ އޭޕްރީލް 6 އާއި 12 ވަނަ ދުވަހު އެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލްގައި ބާސެލޯނާ އާއި ފްރޭންކްފާޓް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ އަންނަނީ ޔޫރޮޕާ ލީގުގައި ރަނގަޅު ޓްރެކުގައި ފޯމު ދަމަހައްޓަމުންނެވެ. ބާސެލޯނާ އިން ވަނީ ނޮކައުޓް ބުރުގައި އިޓަލީގެ ނަޕޯލީ އާއި ތުރުކީގެ ގަލަޓަސަތަރާއި ކަޓުވާލައިފަ އެވެ. ބާސެލޯނާ އިން ކުއާޓާ ފައިނަލުގައި ކުޅޭނީ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށެވެ.

ކުއާޓާގެ އަނެއް މެޗުތަކަކީ ވެސްޓް ހޭމް ޔުނައިޓެޑާއި ލިޔޯން ކުޅޭ މެޗާއި ޖަރުމަނުގެ އާރްބީ ލައިޕްޒިގު އާއި އިޓަލީގެ އެޓަލަންޓާގެ މެޗާއި ޕޯޗުގަލްގެ ބްރާގާ އާއި ސްކޮޓްލެންޑްގެ ރޭންޖާސް ބައްދަލުކުރާ މެޗެވެ. ފުރަތަމަ ސެމީގައި ކުޅޭނީ ކުއާޓާ ގައި ބާސެލޯނާ އާއި ފްރޭންކްފާޓް ކުޅޭ މެޗުން މޮޅުވާ ޓީމަކާއި ވެސްޓް ހޭމް އާއި ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އަނެއް ސެމީގައި ބްރާގާ އާއި ރޭންޖާސްގެ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމެއް ކުޅޭނީ ލައިޕްޒިގާއި އެޓަލަންޓާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

ޔޫރަޕްގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގައި ޑެންމާކުގެ ބޯޑޯ/ގިލްމްޑް ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ. ނެދަލެންޑްސްގެ ފެޔަނޫޑާއި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާހާ ކުޅޭއިރު، ފްރާންސްގެ މާސޭ ބައްދަލުކުރާނީ ގްރީސްގެ ޕީއޭއޯކޭއާ އެވެ. އަދި އިންގްލެންޑްގެ ލެސްޓާ ސިޓީ ކުޅޭނީ ނެދަލެންޑްސްގެ ޕީއެސްވީ އެއިންދޯވަންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox