ރަޝިއާ އާއި ޔޫކްރެއިނުން އެއްބަސްވުމަކަށް ދާ ނަމަ ތުރުކީ "ގެރެންޓާ" އަކަށް ވުމަށް އެދެފި

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ.

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލެބާ.

މުސްތަގްބަލުގައި ރަޝިއާ އާއި ޔޫކްރެއިނުން އެއްބަސްވުމަކަށް ދާ ނަމަ ތުރުކީން "ގެރެންޓާ" އެއްގެ ދައުރު އަދާ ކުރުމަށް ޔޫކްރެއިނުން އެދެފި އެވެ.

ތުރުކީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނާއި ޖަރުމަނުވިލާތް ވެސް "ގެރެންޓާ" އަކަށް ވުމަށް ޔޫކްރެއިނުން އެދެ އެވެ.

"ޔޫކްރެއިނުގެ އެދުމަށް ރަޝިއާއިން ދެކޮޅު ހަދާ ކަމަކަށް ނުފެނޭ. އެހެންވީމާ، ތުރުކީއިން އެ އެދުމާ އެއް ގޮތަށް އަމަލު ކުރުން އެކަށީގެންވޭ،" ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ ޔޫކްރެއިންގެ ލްވިވް ސިޓީއަށް ވަޑައިގެން ވިދާޅުވި އެވެ.

ކަވުސޮގްލޫ އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް މިދިޔަ ބުދަ ދުވަހު ބައްދަލުކުރެއްވި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަކީ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާ އެވެ.

ކަވުސޮގްލޫ ވިދާޅުވީ ރަޝިއާ އާއި ޔޫކްރެއިންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ހަމަލާތައް ހުއްޓުމަކަށް އައުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވެސް ބުރާސްފަތި ދުވަހު ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ.

އުރުދުގާން ވިދާޅުވީ ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ސީދާ ބައްދަލުވުމެއް ތުރުކީގެ އަންކާރާ ނުވަތަ އިސްތަންބޫލްގައި ބޭއްވިދާނެ ކަމަށެވެ.

އެފަދަ ބައްދަލުވުމަށް މީގެ ކުރިން ވެސް އުރުދުގާން ވަނީ ޕުޓިންއަށް ދައުވަތު އަރުވާފަ އެވެ. އޭގެ އިތުރުން ހަނގުރާމައިން ސަލާމަތް ވާން މަސައްކަތް ކުރާ އާއްމުން ސިޓީތަކުން ދެވޭނެ މަގުފަހިކޮށްދިނުމުގެ މުހިއްމުކަން ވެސް އުރުދުގާން ފާހަގަކުރެއްވި އެވެ.

ޔޫކްރެއިނާއި ރަޝިއާއާ އެކު ވެސް ގާތް ގުޅުމެއް އޮންނަނީ ތުރުކީން މަސައްކަތް ކުރަނީ ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ސުލްހަ ގެންނާނެ މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށެވެ.

މިދިޔަ ހަފްތާގައި ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ސީދާ ބައްދަލުވުމެއް ވެސް ބޭއްވީ ތުރުކީގެ އަންތާލްޔާ ސިޓީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox