މަހުލޫފު މައްސަލަ: ވައިބާ ޗެޓްލޮގްތަކަކާ ގުޅޭ ބަހުސެއް ހައިކޯޓުގައި

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކްރިމިނަލް ކޯޓަށް ހާޒިރުވަނިކޮށް: އޭނާ ވަނީ އަދީބާއި ދެމެދު އެއްވެސް މުއާމަލާތެއް ކުރެވިފައިވާ ޗެޓްލޮގެއް ނޯންނާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން އިބްރާހިމް ރަޝާދު / އަދަދު

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ކްރިމިނަލް ކޯޓަށް ހާޒިރުވަނިކޮށް: އޭނާ ވަނީ އަދީބާއި ދެމެދު އެއްވެސް މުއާމަލާތެއް ކުރެވިފައިވާ ޗެޓްލޮގެއް ނޯންނާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން އިބްރާހިމް ރަޝާދު / އަދަދު

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާ ބޭރުކޮށްލި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއިރު، ދަށު ކޯޓުގައި ފާހަގަނުކުރާ ވައިބާ ޗެޓްލޮގްތަކަކަށް ދައުލަތުން ހަވާލާދީފައިވާ މައްސަލާގައި ބޮޑު ބަހުސެއް ކުރަން ޖެހިއްޖެ އެވެ.

އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައި ވަނިކޮށް، މިއަދު އެ ކޯޓުގައި އަޑުއެހުމެއް ތާވަލްކުރީ ފަނޑިޔާރުން މައްސަލަ ދިރާސާކުރަމުން ގެންދިޔައިރު ފާހަގަވި ބައެއް ކަންކަން ސާފުކުރުމަށްޓަކަ އެވެ. އެގޮތުން އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ފާތިމަތު ފަރުހީޒާއި، އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެ ކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ދައުލަތާ ގިނަ ސުވާލުތަކެއް މިއަދު ކުރެއްވި އެވެ.

މައިގަނޑު ގޮތެއްގައި ފަނޑިޔާރުންގެ ސުވާލުތައް އަމާޒުވީ ދަށު ކޯޓުން މަހުލޫފްގެ މައްސަލަ ބޭރުކޮށްލި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، ވައިބާ ގްރޫޕެއްގައި ދައްކާފައި ހުރި ވާހަކަތައް ހިމެނޭ ޗެޓް ލޮގަކަށް އިސްތިއުނާފީ ފޯމުގައި ހަވާލާދީފައި ވާތީ އެވެ. އެ ޗެޓް ލޮގަކީ ދައުލަތުން ހުށަހެޅި މޯބައިލް ފޮރިންސިކް ރިޕޯޓްގެ އެނެކްސްގައި ހިމެނޭ އެއްޗެއް ކަމަށާއި، ދަށު ކޯޓަށް ވެސް އެ ހުށަހެޅި ކަމަށް ދައުލަތުން ބުނެ އެވެ. ނަމަވެސް, ދިފާއުން ބުނީ އެ ޗެޓްލޮގަކީ ދައުލަތުން ހައިކޯޓަށް އަލަށް ހުށަހެޅި ހެއްކެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިޔާކަމަށް އިއުތިރާފްވި ކުރީގެ ނައިބުރައީސް އަހްމަދު އަދީބާއި، މަހުލޫފްއާ ދެމެދު ކޮށްފައިވާ މުއާމަލާތުތަކާ ގުޅިގެން ދައުލަތުން މޯބައިލް ފޮރެންސިކް ރިޕޯޓެއް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުން ދަށު ކޯޓުގައި ފާހަގަކޮށްފައިވަނީ ހަމައެކަނި އެސްއެމްއެސްތަކެއްގެ ވާހަކަތަކެއް ކަމަށް ދިފާއުން ފާހަގަކުރެ އެވެ.

މަހުލޫފްގެ ވަކީލުން ބުނީ އެ ހެއްކާއި، މަހުލޫފަށް ކުރާ ދައުވާއާ ގުޅުވާނުލެވޭ ކަމަށް ދަށު ކޯޓުގެ ގާޒީ ނިންމާފައި ވަނީ ދައުލަތުން ޝަރީއަތުގައި ފާހަގަކުރި ހަތަރު އެސްއެމްއެސްއިން ސާބިތުކުރަން ބޭނުވާ އުންސުރުތަކަށް ބާރު ނުލިބޭތީ ކަމަށެވެ.

އެހެންވެ، ހައިކޯޓުގައި މުޅިން އަލަށް ފާހަގަކުރި ޗެޓް ލޮގް ބަލައިނުގަތުމަށް ވަކީލުން އެދުނެވެ.

"އޭގައި ނެތް އަޅުގަނޑާއި އަހްމަދު އަދީބާއި ދެމެދު ދައްކާފައިވާ އެއްވެސް ވާހަކައެއް،" ދައުލަތުން ފާހަގަކުރި ވައިބާ ގްރޫޕްގެ ޗެޓްލޮގާ ގުޅިގެން މަހުލޫފް މިއަދުގެ އަޑުއެހުމުގައި ވިދާޅުވި އެވެ.

ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި ހެކިތަކުން ސާބިތުކުރަން ޖެހޭ އުންސުރުތައް ތަފްސީލުކޮށްދެން ނުޖެހޭ ކަމަށާއި، ފައިލްތައް ދިރާސާކުރުމަކީ ދިފާއުގެ ޒިންމާއެއް ކަމަށެވެ. އަދި އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭ ވަރަށް ތަފްސީލުކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުގެ ބެންޗުން ވަނީ ފައިލްތަކެއް ހުށަހެޅުމަށްފަހު، އެ ލިޔުންތަކުން ސާބިތުކުރަން ބޭނުންވާ އުންސުރުތައް ފާހަގަނުކޮށް، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ބަލާނީ ކޮން ކަމަކަށްތޯ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ދައުލަތުން ބުނީ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް ބާރު ލިބޭ ވަރަށް އިބްތިދާއީ މަރުހަލާގައި ތަފްސީލުކޮށްފައިވާ ކަމުގައި ގަބޫލުކުރާ ކަމަށާއި، އިތުރު ތަފްސީލު ދޭން ޖެހޭނީ ހެކިތަކާ ގޮތުން ވާހަކަތައްކާ މަރުހަލާގަ އާއި، ހުލާސާ ބަޔާން އިއްވާއިރު ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ ފަނޑިޔާރުން ސާފުކުރަން ބޭނުންވާ ސުވާލުތައް ކުރުމަށްފަހު އެވެ. ދެން އޮންނާނީ އެ އިސްތިއުނާފީ ނުގުތާއާ މެދު ގޮތެއް ކަނޑައެޅުމެވެ. ނަމަވެސް މައްސަލަ ނިންމުމަށް އަޑުއެހުމެއް ތާވަލްކުރާނެ ދުވަހެއް އަދި ކަނޑައަޅުއްވާފައި ނުވެ އެވެ.

މަހުލޫފުގެ މައްސަލައިގެ ފަސްފަހަތް:

ރިޝްވަތު ހިފި ކަމަށް ބުނެ ކޮށްފައިވާ އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކާއި ދައުވާއާ ގުޅުވާނުލެވުނު ކަމަށް ކޯޓުން ނިންމިއިރު، އެ މައްސަލަ ތަހުގީގުކުރުމުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވި އެވެ. އަދި ދައުވާކުރުމާ މެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު މަޑު ޖެހިފައި އޮތެވެ.

ބޮޑު ހިޔާނާތުގެ ތަހުގީގަށް ދެ ފަހަރު މަތިން 2019 ވަނަ އަހަރުވެސް މަހުލޫފް ހާޒިރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވީ ޖޫން، 9 2021، ގައެވެ. އެ މައްސަލާގައި ދައުވާ ކުރުމާމެދު ގޮތެއް ނުނިމި ފަސް މަސް ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ގެންގުޅުމަށްފަހު، ދައުވާކުރީ ނޮވެމްބަރު 24، 2021 ގައެވެ.

އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި މަހުލޫފް ހިފި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ހިފިކަމުގެ ދައުވާ އެވެ.

މަހުލޫފަށް ދައުވާ ކުރަނީ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ޑޮލަރު, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާ ކަމަށް ތުހުމަތުކޮށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅީ އެ މައްސަލައިގެ ތަހުގީގު ދޯހަޅިކަމުންނެވެ.

އިތުރަށް ކިޔާލުމަށް:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox