ޔޫކްރެއިންގެ ރައީސް އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރައްވައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށް. -- ފޮޓޯ: އޭޕީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެމެރިކާގެ ކޮންގްރެސްގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށް. -- ފޮޓޯ: އޭޕީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ބުދަ ދުވަހުގެ ރޭ އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަގުރީރުގައި 2001 ވަނަ އަހަރު އެމެރިކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކުގެ ހަނދާން އާ ކުރުމަށް ގޮވާލައްވައި، އިތުރު އަސްކަރީ އެހީއަށް އެދިވަޑައިގެންފި އެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކޮންމެ ދުވަހަކު ވެސް ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިމާވި ޓެރަރިސްޓް ހަމަލާތައް ފަދަ ދުވަހެއް ކަމަށެވެ.

ސެޕްޓެމްބަރު 11، 2001 ގެ އިތުރުން 1941 ވަނަ އަހަރުގެ ޕާލް ހާބާ ހަމަލާ ހަނދާން ކުރުމަށް ޒެލެންސްކީގެ ތަގުރީރުގައި ގޮވާލެއްވި އެވެ.

ޔޫކްރެއިންގެ މަތިން އުދުހުން މަނާ "ނޯ ފްލައި" ޒޯނެއް ކަނޑައެޅުމަށް ގޮވާލާ ގޮވާލެއްވުން ތަކުރާރުކޮށް، ޒެލެންސްކީ ވިދާޅުވީ "ވައިގެ ސަރަހައްދު ހިމާޔަތް ކުރަން ޖެހޭ" ކަމަށެވެ.

މީގެ ކުރިން ވެސް އުދުހުން މަނާ ޒޯނެއް ކަނޑައަޅަން ނޭޓޯއަށް ގޮވާލެއްވި ނަމަވެސް، ނޭޓޯއިން ވަނީ އެފަދަ ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެފަ އެވެ.

ޔޫކްރެއިން މަތިން "ނޯ ފްލައި" ޒޯނެއް ކަނޑައަޅައިފި ނަމަ، އެ ސަރަހައްދަށް ވަންނަ ރަޝިއާގެ އުޅަނދުތަކަށް އިންޒާރު ދީ، ހަމަލާ ދިނުމުގެ ބާރު ނޭޓޯއަށް އޮންނާނެ އެވެ.

"ނޯ ފްލައި" ޒޯނެއް ކަނޑަނޭޅޭ ނަމަ، އޭގެ ބަދަލުގައި ވައިގެ ސަރަހައްދު ދިފާއު ކުރަން ބޭނުންވާ ނިޒާމްތަކާއި ވައިގެ އުޅަނދުތައް ފޯރުކޮށްދިނުމަށް ޒެލެންސްކީ އެދިވަޑައިގެންނެވި އެވެ.

މީގެ ކުރިން އެމެރިކާ އާއި އީޔޫގައި ޒެލެންސްކީ އެދިވަޑައިގެންނެވީ ޕޮލޭންޑްގައި ހުރި މިގް-29 ހަނގުރާމަ މަތީ ޖެޓުތައް ދިނުމަށެވެ. ނަމަވެސް އެއީ ހަނގުރާމައިގެ ތެރެއަށް ނޭޓޯ ގައުމުތަކަށް ވަންނަން ދިމާވެދާނެ ހާލަތަކަށް ވާތީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އެކަމާ ދެކޮޅެވެ.

ތަގުރީރުގެ ތެރެއިން ޒެލެންސްކީ ވަނީ ރަޝިއާއިން ޔޫކްރެއިންގެ ސިޓީތަކަށް ދޭ މިސައިލް ހަމަލާތަކާއި އޭގެ ސަބަބުން އަނިޔާވާ އަދި މަރުވާ މީހުންގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ދައްކާލައްވާފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ މަނިކުފާނު ދުނިޔޭގެ ލީޑަރަށް ވެވަޑައިގެންނެވުން. ދުނިޔޭގެ ލީޑަރަށް ވުމުގެ މާނައަކީ ސުލްހައިގެ ލީޑަރަށް ވުން،" ސީދާ ބައިޑެންއަށް މުހާތަބު ކުރައްވައި ޒެލެންސްކީ ވިދާޅުވި އެވެ.

ޔޫކްރެއިނަށް އަސްކަރީ އެހީގެ ގޮތުގައި އިތުރު 800 މިލިއަން ޑޮލަރު ފޯރުކޮށްދިނުމުގެ ލިޔުމުގައި ބައިޑެން ވަރަށް އަވަހަށް ސޮއިކުރައްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox