ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މާމިގިލި އިބޫ

ޓޫރިޒަމް މިނިސްޓްރީގެ އާ ސްޓޭޓް މިނިސްޓަރު މާމިގިލީ އިބޫ. އޭނާއަކީ އުވާލާފައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީކަން ވެސް ކުރެއްވި ބޭފުޅެއް --

ޓޫރިޒަމް މިނިސްޓްރީގެ އާ ސްޓޭޓް މިނިސްޓަރު މާމިގިލީ އިބޫ. އޭނާއަކީ އުވާލާފައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީކަން ވެސް ކުރެއްވި ބޭފުޅެއް --

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އދ.މާމިގިލި، ރަންގިރިޓީގެ، އިބްރާހިމް ރަޝީދު އަބޫބަކުރު (މާމިގިލި އިބޫ) އައްޔަނުކޮށްފި އެވެ.

މިހާރު އުވާލާފައިވާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑްއެލް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ އިބޫ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ.

އޭނާ ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފަ އެވެ.

އޭގެ އިތުރުން ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމާއި މެދު އުތުރު ޕްރޮވިންސްގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމާ ޕްރައިވެޓް ސެކްޓަރުގެ އެކިއެކި މަގާމުތައް ވެސް އޭނާ ފުރުއްވި އެވެ.

އޭނާ އަކީ ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާމިގިލީ ދާއިރާގެ ރައީސް އެވެ.

ޖީއެމްއައިޒެޑްއެލްގެ އެމްޑީީގެ މަގާމުގައި ހުންނެވިއިރު ތިލަފުށީ ފަޅުގައި އޮތް ބޯޓެއް ނެގުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަކި ކުންފުންޏާކާއި ހަވާލުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވެސް އެ މައްސަލަ ބެލި އެވެ. އަދި، ބޯޓު ނައްތާލުމުގެ މަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ނުދެނީސް ގަވާއިދާ ހިލާފަށް އިބޫ އެ މަސައްކަތް ކުރެއްވި ކަމަށް ނިންމި އެވެ. ނަމަވެސް، އެ މައްސަލާގައި އޭނާ އާ ދެކޮޅަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

މާމިގިލީ އިބޫ އެމްޑީ ކަމުގައި ހުންނަވަނިކޮށް، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ފައިދާ އިތުރުކޮށް އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމުގެ ގޮތުން ޖީއެމްއައިޒެޑްއެލް އާއި އެޗްޑީސީ އެއް ކުޑައެއްގެ ދަށަށް ގެނެސް އެ ކުންފުނި އުވާލީ ސެޕްޓެމްބަރު 2020، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox