ހުލާސާކޮށް އިއްޔެ: ދާއިރާތައް އުވާލައި ޕާޓީތަކަށް ގޮނޑިތައް ހާއްސަކުރާ އިންގިލާބީ ބަދަލަކަށް ނަޝީދު ގޮވާލުން

ރިޔާސީ ބަޔާން އިއްވި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސާތުގައި ރައީސް ނަޝީދު. މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ ބަޔާން އިއްވި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރިޔާސާތުގައި ރައީސް ނަޝީދު. މަޖިލިސް މެމްބަރުން އިންތިހާބުކުރާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި އިދާރީ ދާއިރާތަކުން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި، ރެޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ގޮނޑިތަކެއް ކަނޑައަޅައި އެ ޕާޓީތަކުން އެ ގޮނޑިތަކަށް މެމްބަރުން ކަނޑައެޅުމުގެ ފުރުސަތު ދީ، ބޮޑު އިންގިލާބީ ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވީ އިއްޔެ އެވެ.

ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ ބައެއް އިސްލާހުތަކުގެ ތަފްސީލްތައް "މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން" ނަމުގައި އިއްޔެ ނެރުއްވި ބަޔާނެއް މެދުވެރިކޮށް އާންމުންނާ އެމަނިކުފާނު ހިއްސާކުރެއްވި އެވެ.

މަޖިލީހަށް ހުށަހެޅޭ ގިނަ ބިލްތަކާއި ގަރާރުތަކާއި އަދި މައްސަލަތައް ވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށް އިއްޔެގެ ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ. އަދި، އެއީ ވަކިވަކި ރަށްރަށުގެ ކަންކަމަށް ނިސްބަތްކޮށް ހުށަހަޅާ މައްސަލަތަކެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ.

"ވަކި ސަރަހައްދެއްގެ ވޯޓު އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެމްބަރެއްގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުމެވެ. ސަރަހައްދީ ވަކާލާތުގައި މެމްބަރުން ބަދެވުމުން، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވެއެވެ،" ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.

ގިނަ ގައުމުތަކެއްގެ މަޖިލިސް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގައި މެމްބަރުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ބަދަލުތައް ގެނައުމަށް ފެނިވަޑައިގަންނަވާ ގޮތް އިއްޔެ ހިއްސާކުރެއްވި އެވެ.

"ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެމްބަރުން ހަމަވެގެން ރަޖިސްޓަރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެ ޕާޓީއަކުން މެމްބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. މިފަދަ މެމްބަރުން ވަކާލާތު ކުރާނީ އެބޭފުޅުން އިންތިހާބު ވެފައިވާ ދާއިރާ، ޔައުނީ: އެ ބޭފުޅުންގެ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގައެވެ،" ނަޝީދުގެ ހުށަހެޅުއްވުން ތަފްސީލް ކޮށްދެއްވަމުން ވިދާޅުވި އެވެ.

މިފަދަ ބަދަލެއް ގެނެވިއްޖެނަމަ ދާއިރާތަކުގެ ބަދަލުގައި މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު މެމްބަރުން އިންތިހާބު ކުރަނީ 5000 މީހުންގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާތަކުންނެވެ. މިވަގުތު 87 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު އެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަށް މި ބަދަލާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

"ކޮންމެ މެމްބަރަކުވެސް ތަމްސީލު ކުރައްވަނީ ވަކި ސަރަހައްދެކެވެ. ނުވަތަ ވަކި ރަށްތަކެކެވެ. މި އުސޫލުގައި ކުރިއަށް ދިއުމުން ކޮންމެ 5 އަހަރަކުން މަޖިލީހުގެ ގޮނޑީގެ އަދަދު އެބަ އިތުރުވެ އެވެ. މި ކަމަށް ހައްލެއް ގެނައުމަކީ ބޭނުން ތެރި ކަމެއްގެ ގޮތުގައި ފެނެއެވެ،" ނަޝީދުގެ ހިޔާލު ހިއްސާކުރައްވަމުން އިއްޔެ ވިދާޅުވެފައިވެ އެވެ.

ގައުމީ ލިސްޓަކުން މެމްބަރުން އިންތިހާބުކުރާ ގޮތަށް މަޖިލިސް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމަށް ވެސް ނަޝީދު ވަނީ އިއްޔެ ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ވެސް އާންމު ގާނޫނަކުން ކަނޑައަޅާ ކަމެއް ކަމުން އެ ކޯޓުގައި ތިއްބަވާނެ ފަނޑިޔާރުންގެ އަދަދު ވެސް ގާނޫނުއަސާސީގައި ހިމެނުމަކީ ބުއްދިވެރިކަމެއް ކަމަށް ނަޝީދު އިއްޔެ ވިދާޅުވި އެވެ.

އޭގެ އިތުރުން، މިނިވަން މުއައްސަސާތަކާއި، ގާނޫނު ތަކުން އުފައްދާ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް އުފައްދާނެ ގޮތް ގާނޫނުއަސާސީ އަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ހިމެނުމަށް ނަޝީދު ތާއިދު ކުރައްވަ އެވެ.

ގާނޫނު އަސާސީއަށް ނަޝީދު ގެންނަން ބޭނުންވާ ބަދަލުތައް

އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ނަޝީދު ހުށަހެޅުއްވީ ފެބްރުއަރީ 10، ގައި އޮތް އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ. މި ކޮންގްރެސް އޮންނާނީ އޮގަސްޓް މަހު އެވެ.

ނަޝީދު ކޮންގްރެސް އަށް ހުށަހަޅުއްވާނެކަން ހާމަކުރައްވާފައި ބައެއް ބަދަލުތަކަކީ:

1. މިނިވަން މުއައްސަސާތަކުގެ އަދަދާ އެކުލެވިގެން ވާގޮތަށް ގެންނާން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. (ހާއްސަ ގޮތެއްގައި ޖުޑިޝިއަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެނަން ޖެހޭ އިސްލާހުތައް.)

2. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެމަށް ނިންމާ ނިންމުން.

3. ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކީ ޖުމްލަ ވޯޓްގެ %30 އަށް ވުރެން މަދު ނޫން އަދަދަކަށް ވޯޓް ހޯދާފައިވާ ކެންޑިޑޭޓެއްނަމަ، އެ ކެންޑިޑޭޓްއަކީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅުމަށް ކޮންގްރެސްއިން ނިންމުން.

(މިފަދަ ކަނޑައެޅުމެއްގައި، އެއްވެސް ކެންޑިޑޭޓްއަކަށް %30 ގެ މިންވަރަށް ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ހޯދާ ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓް ނަގާ އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓް އެއީ މޮޅުވި ކެންޑިޑޭޓްގެ ގޮތުގައިވެސް ގާނޫނުއަސާސީގައި ކަންޑައެޅުން.)

4. ގާނޫންއަސާސީގައި ކަނޑައަޅާނެ ލާކާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުން.

5. ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އަދި އެފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީހެއް، އަދި ނެގޭ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އާއި އެއްގޮތައް ގާނޫނުއަސާސީގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުން.

ބައެއް މުހިންމު ހަބަރުތައް

  • ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ހުރިހާ ރަށްތަކެއް ގުޅާލަން މި ސަރުކާރުން ފަށާފައިވާ "ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން އަޅާ ބްރިޖުގެ މަސައްކަތް ނިމޭނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކަމަށް އެ ޕްރޮޖެކްޓުގެ މެނޭޖްމަންޓު ޔުނިޓުން ބުނީ އިއްޔެ އެވެ.
  • ސުވާލު އުފެދޭ ގޮތަށް އަނބިމީހާ މަރާލިކަމުގެ ތުހުމަތުވާ މާވިން އެސްވައި ވާގަސްއަށް ކުރާ ދައުވާ އެކަށީގެންވާ ގޮތަށް ތަރުޖަމާ ނުކޮށްދެވުމުން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިއަށް ނުގެންދެވި އަޑުއެހުން ނިންމާލަން ޖެހުނީ އިއްޔެ އެވެ.
  • އޮންލައިން އެކި ޕްލެޓްފޯމުތަކާއި ސޯޝަލް މީޑިއާގައި ބޭރު ފައިސާއަށް ބަދަލުކޮށްދިނުމުގެ ނަމުގައި ފޭކު އެމެރިކާ ޑޮލަރުތަކެއް ވިއްކަމުންދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައި ވާތީ އެކަމަށް ސަމާލުވުމަށް އެދުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން ކަމުގެ ތުހުމަތުކޮށް، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ، ކަންބޮޑުވުން ފާޅުކުރައްވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ:

"ވަކި މުއްދަތެއް ދައުވާކުރުމަށް އަޅުގަނޑުމެންނަށް ލިބިފައި މި އޮންނަނީ، މި މުއްދަތުގެ ތެރޭގައި އަވަސްއަރުވާލައިގެން، މައްސަލަ އެއްކޮށް ނިއުޅުވައިގެން ބެލުމަށްފަހު މި ދައުވާ ކުރަން ޖެހެނީ، އެކަމަކު ކޯޓުގައި މައްސަލަ އެބަ އޮވޭ އެތައް އަހަރެއްވަންދެން ނުނިމި، މަޑުޖެހިފައި،"

ދުވަހުގެ ފޮޓޯ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖޭގައި މިހާރު ހުރި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ދިވެހި ފެތުންތެރިންނާއެކު އިއްޔެ ބޭއްވި އިވެންޓުގައި އޭނާގެ ބައެއް ތަޖުރިބާތައް ހިއްސާކުރަނީ. ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ރަން މެޑަލް އާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 26 ރަން މެޑަލްގެ އިތުރުން ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް އޭނާ އަތުގައި އޮވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖޭގައި މިހާރު ހުރި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ދިވެހި ފެތުންތެރިންނާއެކު އިއްޔެ ބޭއްވި އިވެންޓުގައި އޭނާގެ ބައެއް ތަޖުރިބާތައް ހިއްސާކުރަނީ. ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ރަން މެޑަލް އާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 26 ރަން މެޑަލްގެ އިތުރުން ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް އޭނާ އަތުގައި އޮވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖޭގައި މިހާރު ހުރި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ދިވެހި ފެތުންތެރިންނާއެކު އިއްޔެ ބޭއްވި އިވެންޓުގައި އޭނާގެ ބައެއް ތަޖުރިބާތައް ހިއްސާކުރަނީ. ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ރަން މެޑަލް އާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ 26 ރަން މެޑަލްގެ އިތުރުން ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް އޭނާ އަތުގައި އޮވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"އެސެޓް ޑިކްލަރޭޝަން ނިޒާމު - ދިވެހިރާއްޖެ"

މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޕްރިވެންޝަން އެންޑް ރިސާޗް ޔުނިޓްގެ ފަރާތުން 2019 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އެސެޓް އެންޑް ވެލްތު ޑިސްކްލޯޝާ ނުވަތަ މުދަލާއި އާމްދަނީގެ ތަފްސީލްތައް ހާމަކުރުމުގެ ނިޒާމު އޮތްގޮތް ދެނެގަނެ، ރަނގަޅު ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން އިރުޝާދާއި ލަފާ ދައުލަތުގެ އެހެނިހެން އިދާރާތަކަށް ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox