މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން "އާއިލީ އުފާ" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބާއްވާ މި ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އިން ފެށިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
"ކުޑަކުދިންނަށް މަޖާވާނެހެން އިނާމުވެސް ލިބޭ ގޮތަށް ރާވާފައިވާ ކުޅިވަރު ހުންނާނެ. އަދި ބޭންކުގެ ފައިނޭންސިން ޚިދުމަތް ބޭނުންވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ މުއައްޒަފުންނާއި ސީދާ މަޝްވަރާކުރުމުގެ ފުރުސަތު [ލިބޭނެ]،" އެމްއައިބީން ބުންޏެވެ.
މިއީ ބޭންކްގެ ކަސްޓަމަރުންނާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އަމާޒު ކޮށްގެން ބާއްވާ އިވެންޓެކެވެ. ބޭންކުން ފޯރުކޮށްދޭ ތަފާތު އެކި ހިދުމަތްތަކާ ގުޅޭގޮތުން ވެސް މި އިވެންޓްގެ ތެރެއިން މައުލޫމާތު ދޭނެ އެވެ.
"އެޕްލިކޭޝަން ފޯމު ލުމަށް އެހީތެރިކަމެއް ބޭނުންވެލައްވާނަމަ އެކަމަށް ވެސް މަގުފަހިކޮށްދޭނެ. އަދި ހަމަ މި އުސޫލުން އެކައުންޓާއި ބެހޭ ހިދުމަތްތައް ވެސް ލިބޭނެ،" މި އިވެންޓާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްއައިބީން ބުންޏެވެ.








