މިދައުރުގައި ރ. އަތޮޅުގެ ދެކުނުގައި އެެއާޕޯޓް އެޅޭނެކަމެއް ނޭނގޭ: އަސްލަމް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ރ. އަތޮޅުގެ ދެކުނުގައި މި ދައުރުގައި އެއާޕޯޓެއް އެޅޭނެކަން ޔަގީން ނޫން ކަމަށް.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ ރ. އަތޮޅުގެ ދެކުނުގައި މި ދައުރުގައި އެއާޕޯޓެއް އެޅޭނެކަން ޔަގީން ނޫން ކަމަށް.

ރ. އަތޮޅުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ އެ އަތޮޅުގެ ދެކުނު ސަަރަހަައްދުގައި އަޅަން ސަރުކާރުން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް މިސަރުކާރުގެ ދައުރުގެ ތެރޭގައި ކުރިއަށްދާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުުކުރުމުގެ ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަަސްލަމް ވިދާޅުވީ ސަރުކާރުން ޕްލޭންކުރި އެއާޕޯޓްތަކުގެ ތެރޭގައި ރ. އަތޮޅުގައި އަޅާ އެއާޕޯޓެއް ވެސް ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ އެއާޕޯޓް އަޅާނެ ތަނެއް އަދިވެސް ނުނިންމާ ކަމަށެވެ.

"ދައުރުގައި ބާކީ، ދޮޅުއަހަރެއްހާ ދުވަސް ވެސް ނޭނގޭ އޮތްކަމެއް. ދެން މަސައްކަތް ކުރާނަން އެނގޭތޯ. އަޅުގަނޑަކަށް މާ ޔަގީންކަމާއެކީ ދަންނަވާކަށް ނޭނގޭ. މަސައްކަތް ފެށްޓުމަކީ އެކަށީގެންވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް އެއާޕޯޓްތަކާ ބެހޭ ގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އިއުލާނުކޮށްފައިވާ ހަ އެއާޕޯޓްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ރ.އަތޮޅު ހިމެނޭ ގޮތުން ހަ އަތޮޅެއްގައި އެއާޕޯޓް އަޅާނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. ކޮންޓްރެކްޓާ ފައިނޭންސް ކުރާ ގޮތަށް އެ އެއާޕޯޓްތައް އަޅަން ހުށަހެޅޭނެ އެންމެ ދަށް އަގު މިދިޔަ މަހު ބަދަލުކޮށް ކޮންޓްރެކްޓަރުން ހޯދަން އަލުން ހުޅުވައިލި އެވެ.

އަފީފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް އިތުރަށް ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސިން މޮޑެލަށް އެެއާޕޯޓްތައް އެޅޭގޮތް ނުވާ ނަމަ، ދައުލަތުގެ ބަޖެޓުން ވެސް އެ މަސައްކަތް ކުރާނެ ކަމަށެވެ.

"އިއުލާނުކޮށްފައި އޮތް ހަ އެއާޕޯޓް، އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން، އެއް މޮޑެލް ފޭލްވެއްޖެއްޔާ އަނެއް މޮޑެލަށް ގެންގޮސްގެން ނަމަވެސް،" މިނިސްޓަަރު ވިދާޅުވި އެވެ.

އާބާދީގައި ގާތްގަނޑަކަށް 25،000 މީހުން ތިބި ރ. އަތޮޅުގެ ގިނަ ރަށްތަކާ ދުރުގައިވާ އަލިފުށީގައި އެއާޕޯޓެއް އަަޅަން ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ބަޖެޓްގައި ވެސް ޖަހާފައި ނެތް އެ މަސައްކަތް ހަވާލުކުރުމުން ރ. އަތޮޅުގެ ދެކުނު ސަރަހައްދުގެ ބައެއް ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިއެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox