ބައިޑެން އާއި އެމެރިކާގެ އިސް އޮފިޝަލުންނަށް ރަޝިއާގެ ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކެބިނެޓް ބައްދަލުވުމެއްގައި. -- ފޮޓޯ: ޓަސް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކެބިނެޓް ބައްދަލުވުމެއްގައި. -- ފޮޓޯ: ޓަސް

މޮސްކޯ، ރަޝިއާ (މާޗް 15) - އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އެހެން ގިނަ އޮފިޝަލުންތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފިޔަވަޅުތަކުގެ ދަށުން އެ މީހުންނަށް ރަޝިއާއަށް އެތެރެވުން މަނާ ވާނެ އެވެ. ބައިޑެންގެ އިތުރުން ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިންއަށް ވެސް ފިޔަވަޅު އެޅި އެވެ.

ރަޝިއާ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެއީ މިހާރު އޮތް އެމެރިކާ ސަރުކާރުން ގެންގުޅޭ ރަޝިއާއާ ދެކޮޅު ހަރުކަށި ސިޔާސަތަށް ރައްދު ދިނުމުގެ ގޮތުން އެޅު ފިޔަވަޅުތަކެއް ކަމަށެވެ.

މިދިޔަ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވާތީ، އެމެރިކާއިން ވަނީ އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިން އާއި ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް އަށް ދަތިކޮށްފަ އެވެ.

އޭގެ އިތުރުން ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ އެކަހެރިކޮށް، ބައިނަލްއަގްވާމީ ވިޔަފާރިން ވެސް ރަޝިއާ އެކަހެރި ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.

ރަޝިއާއިން ދަތިކުރި މީހުންގެ ލިސްޓުގައި ދެން ހިމެނެނީ ޖޮއިންޓް ޗީފް އޮފް ސްޓާފްސްގެ ޗެއާމަން މާކް މިލީ އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސަލިވަން އާއި ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް އަދި ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ އެވެ.

އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ އޮފިޝަލުންނަށް ފިޔަވަޅު އަޅާފައިވާ އިރު، ބައިޑެންގެ ދަރިކަލުން ހަންޓާ އަދި ކުރީގެ ސެކެޓްރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން ވެސް ހިމެނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ވަރަށް އަވަހަށް އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާއި އަސްކަރީ އޮފިސަރުންނާޢި ޕާލިމެންޓް މެމްބަރުންނާއި ވިޔަފާރިވެރިންނާއި މީޑިއާ ޝަހުސިއްޔަތުންނަށް ވެސް ދަތި ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox