ޓުޗެލް ދިނީ މި ސީޒަންގެ ނިޔަލަށް ޗެލްސީގައި މަޑުކުރާނެކަމުގެ ޔަގީންކަން

Mar 15, 2022, 3:20 AM
ޓުޗެލް ދިނީ މި ސީޒަންގެ ނިޔަލަށް ޗެލްސީގައި މަޑުކުރާނެކަމުގެ ޔަގީންކަން

ލަންޑަން (މާޗު 15) - ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި މި ސީޒަންގެ ނިޔަލަށް ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، އެ ކްލަބާއެކު އޮތް މުސްތަގްބަލާ މެދު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް "ފިނި" ޖަވާބެއް ދީފި އެވެ.

ރަޝިއާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ޗެލްސީގެ ވެރިޔާ، ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް، އިނގިރޭސިވިލާތުގައި ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓާލާން އެންގުމުގެ ސަބަބުން ޗެލްސީ އަށް ވަނީ ބޮޑު އަސަރެއްކޮށްފަ އެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ގާތްގުޅުމެއް އޮންނަ، އަބްރަމޮވިޗާ ދެކޮޅަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ އެ ކްލަބު ވިއްކާލުމަށް އޭނާ މަސައްކަތް ފަށާފައި ވަނިކޮށެވެ. ފިޔަވަޅުތަކާ ގުޅިގެން، ޗެލްސީ ވިއްކާލުން ވެސް ވަނީ މަޑުޖެހިފަ އެވެ.

މި ފިޔަވަޅުތަކާ ގުޅިގެން، ޗެލްސީ އަށް އާމްދަނީ ހޯދުމަށް އޮތް މަގުތައް ވަނީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. ޓްރާންސްފާތައް ހިންގުމުގެ މަގު ބަންދުވެފައިވާއިރު، ކުޅުންތެރިންގެ ކޮންޓުރެކްޓްތައް ވެސް އާނުކުރެވެ އެވެ. އެހެންކަމުން، މާލީ ގޮތުން އެ ކްލަބު އަނދަވަޅަކަށް ވެއްޓުމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ނިއުކާސަލް ޔުުނައިޓަޑް އަތުން 1-0 އިން ޗެލްސީ މޮޅުވެ، ސަޕޯޓަރުންނަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް، ކްލަބުގެ މުސްތަގުބަލާ މެދު ކުރަމުންދާ އުފެދިފައިވާ އޮތް ނުތަނަވަސްކަން ފިލައެއް ނުދެ އެވެ. ޗެލްސީގެ ކުޅުންތެރިންގެ އިތުރުން، ކޯޗުގެ މުސްތަގްބަލާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަދައްކަމުން، ޓުޗެލް ބުނީ މި ސީޒަންގެ ނިޔަލަށް އެ ކްލަބުގެ ކޯޗުގެ މަގާމުގައި ދެމިހުންނާނެ ކަމަށެވެ. އެކަމަކު، މި ސީޒަނަށް ފަހު އެ ކްލަބުގައި މަޑުކުރުމާމެދު ސުވާލުކުރުމުން، އޭނާ އެކަމާމެދު ސީދާ ޖަވާބެއް ނުދިނެެވެ.

"ހަމަ ޔަގީނުން ވެސް މި ސީޒަންގެ ނިޔަލަށް އަހަރެން މި ކްލަބުގައި މަޑުކުރާނަން،" ޕީއެސްޖީ އާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.

"ދެން ދުވަހަކަށް ފަހު ދުވަހެއް ކަންތައްތައް ދާ ގޮތެއް ބަލަމާ. ކަންތައްތައް ބަދަލުވާނެ ގޮތެއް ނޭނގެ."

ޗެލްސީ އަށް ޗެމްޕިއަންސް ލީގާއި ފީފާ ކްލަބު ވޯލްޑް ކަޕް އަދި ޔުއެފާ ސުޕަ ކަޕް ހޯދައިދީފައިވާ ޓުޗެލް މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެރސް ވަނީ ފެތުރިފަ އެވެ.

ޓުޗެލް ބުނީ ސަޕޯޓަރުންނާއި ކްލަބުގައި ޝާމިލުވެ އުޅޭ ފަރާތްތަކުގެ މެދުގައި ނުވަތަނަވަސްކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި، އެ ފަރާތްތަކަށް ހިތްހަމަޖެހުމެއް ގެނެވޭނީ ޗެލްސީގެ ޓީމު ވަރުގަދަ ރޫހެއްގައި މަސައްކަތް ކޮށްގެން ކަމަށެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox