އުތުރުގެ ޓޫރިޒަމް ފުޅާވުމަކީ އިންޑިޔާ ދަތުރުގެ އަމާޒެއް: ޓޫރިޒަމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް، އިންޑިޔާ އަށް ފުރުއްވުމުގެ ކުރިން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަދަދު ފޮޓޯ އަހުމަދު ސައީދު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް، އިންޑިޔާ އަށް ފުރުއްވުމުގެ ކުރިން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަދަދު ފޮޓޯ އަހުމަދު ސައީދު

އުތުރުގެ ޓޫރިޒަމަށް ސަމާލުކަން ދިނުމަކީ އިންޑިޔާއަށް ކުރައްވާ ދަތުރުގެ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ މުންބާއީގަ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އައުޓްބައުންޑް ޓްރެވެލް މާޓް (އޯޓީއެމް) ގައި ބައިވެރިވެ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ފޯރަމެއް ބޭއްވުމަށް، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ވަފުދެއް އިއްޔެ މެންދުރު ވަނީ އިންޑިޔާއަށް ފުރައިފަ އެވެ. މި ވަފުދުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން އެމްއެންޕީއާރުސީ އާއި އެމްްޓީޑީސީ އާއި ރާއްޖޭގެ އެއާލައިންތަކާއި ހދ. އަތޮޅު ކައުންސިލާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތައް ހިމެނެ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ތަރައްގީވެގެން އަންނައިރު، އެ ސަރަހައްދުގައި ޓޫރިސްޓު އެނދުގެ އަދަދު އިތުރުކޮށް ޓޫރިޒަމް ފެށިގެން ދިއުމަކީ މި ދަތުރުގެ ވަރަށް ބޮޑު އަމާޒެކެވެ.

"ކޮންމެ އަތޮޅަކަށް ވެސް 8،000 ވަރު އެނދު ލިބިގެން ފަހިކޮށް ޓޫރިޒަމް ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެން މި ބަލަނީ 2025 އަންނައިރު (ހދ، އަތޮޅުގައި) ތިން ހާސް އެނދު ހުރި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ލިބިގެންްދާނެ ކަމަށް،" ޑރ. މައުސޫމް ވިދާޅުވި އެވެ. "އިންޓަނެޝަނަލް ވެގެން ބޮޑެތި ބޯޓު ޖައްސަން ފަށަށް ދެން ނުތިބެ، ކުދި ބޯޓުގައި ވެސް (ހަނިމާދޫ އަށް) ދަތުރުތައް ފަށަން ބޭނުންވަނީ، އިންޑިޔާ (އުތުރާ) ވަރަށް ކައިރިވީމާ ފައިދާތަކެއް އެބަހުރި،"

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިޔާ އާއި ރާއްޖެއަށް ޓޫރިޒަމް ވިޔާފާރި ފުޅާ ކުރުވޭނެ ފުރުސަތު ހަނިމާދޫ އެއާޕޯޓާ ގުޅިފައި އެބަ އޮތެވެ. ހދ. އަތޮޅަކީ ރާއްޖޭގައި އެންމެ މަދުން ޓޫރިސްޓް އެނދު ހުރި އަތޮޅެވެ.

ހދ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަމީން މުހައްމަދު ވިދާޅުވީ އެ އަތޮޅުގައި ޓޫރިޒަމް ފުޅާވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، އަތޮޅުގައި ހުރި ޓޫރިޒަމްގެ ފުރުސަތުތައް އަންގައިދީ އިންވެސްޓަރުން ހޯދުމަށް މިދަތުގައި މަސައްކަތް ކުރައްވާނެ ކަމަށެެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ ދެކުނުގެ އަތޮޅު ތަކުގައި މިހާރު ވެސް 30 ވަރަކަށް ސަފާރީ އުޅަނދު ހަރަކާތްތެރިވަމުން ދާއިރު، އުތުރުގައި ވެސް އެފަދަ ޑިމާންޑެއްް އުފެއްދިދާނެ ކަމަށެވެ.

"މަތިއުރުގައި ވެސް މަދުން އެބަ އުޅޭ ބޯޓުތައް، މައްސަލަ އަކީ ކަނެކްޓިވިޓީ، ގިނަ ޕްލައިޓް ތަކެއް އެތަނަށް (ހަނިމާދޫ އަށް) ގެންދެވިއްޖެ ކަމަށްވަންޔާ މަތި އުތުރުރަށް ގިނަ ބޯޓު ތަކެއް ޑައިވާޓް ކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

މޯލްޑިވިއަން ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އިންޑިޔާ ދަތުރުގައި ރާއްޖެ އާއި އިންޑިޔާގެ އިތުރު ސިޓީތަކާ ދެމެދު ދަތުރަށް ފެށުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި ބަލަމުން ދަނީ އިންޑިޔާގެ އިތުރު ސިޓީތަކަށް ދަތުރު ކުރެވޭތޯ، ދެކުނު އަދި އުތުރު އިންޑިޔާގެ އިތުރު ސިޓީތަކުން ކަނެކްޓިވިޓީ ގެންނަން،" މިހާދު ވިދާޅުވި އެވެ.

އެމްއެންޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި އިންޑިޔާގެ ޓޫރިސްޓުން ގެނައުމަށް އިތުރަށް މަސައްކަތް ކުރުމަކީ މިވަގުތު ރާއްޖެ އަށް ވަރަށް މުހިންމު ކަމެކެވެ. އޯޓީއެމްގައި ބައިވެރިވުމުން ރާއްޖާގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އިންޑިޔާގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގުޅުން ބަދަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox