އަގުބޮޑުކޮށް ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ. ޖުމްލަ 16 ޓެކްސީ ސެންޓަރު ހިމެނޭހެން އަގު ބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅީ މާޗް 7، 2022 ގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ. ޖުމްލަ 16 ޓެކްސީ ސެންޓަރު ހިމެނޭހެން އަގު ބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅީ މާޗް 7، 2022 ގައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދެނީސް، އަމިއްލަ އަގުތަކެއްގައި ޓެކްސީތަކުން ދަތުރުކުރަމުންދާތީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް މިއަދު ނެރުނު ބަޔާނެއްގައި ޓްރާންސްޕޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ،" ޓްރާންސްޕޯޓުގެ ބަޔާނުގައިވެ އެވެ.

ޖުމްލަ 16 ޓެކްސީ ސެންޓަރު ހިމެނޭހެން އަގު ބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅީ މާޗް 7، 2022 ގަ އެވެ.

ނަމަވެސް، ޓެކްސީގެ އަސާސީ ހިދުމަތަކަށް ވެފައި ރައްޔިތުންނާއި ޓެކްސީގެ ހިދުމަތްދޭ މީހުންގެ ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށްވުމާ އެކު އެ ބަދަލު ގެންނަން ހުއްދަ ދީފައެއް ނުވެ އެވެ. އެއީ، އަގު ކަނޑައެޅުމުގެ ބާރު ވެސް އޮތީ މިނިސްޓްރީ އަށް ކަމަށްވާތީ އެވެ.

އޭގެފަހުން މިދިޔަ ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުން މުޒާހަރާ ވެސް ކުރި އެވެ. މުޒާހަރާގެ ބައިވެރިން މިދިޔަ ބުރާސްފަތި ދުވަހު ކާރުތަކާއެކު މާލެ އައުމަށް ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ހުއްޓުވި އެވެ. އެއާއެކު، ހޮނިހިރު ދުވަހުން ފެށިގެން ނަގަމުން އަންނަނީ ބޮޑުކުރި އަގުތަކެވެ.

ބައެއް ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް ކުރަނީ ރަސްމީކޮށް ނެގުމަށް ހުއްދަ އޮންނަ 25ރ. ގެ ބަދަލުގައި ފަސް ރުފިޔާ ބޮޑުކޮށް 30ރ. އަށެވެ. އަދި މާލެއިން ހުޅުމާލެ އަށް ބައެއް ޓެކްސީތަކުން ދަތުރު ކުރަނީ 100ރ. އަށެވެ. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް އަސްލު ނެގޭނީ 75ރ. އެވެ.

ހަމައެހެންމެ، ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ހޯދާ ބައެއް ކާރުތަކުން ވެސް އިއްޔެ އިން ފެށިގެން ދަތުރުކޮށްދެމުން ދަނީ ގަވާއިދާ ހިލާފަށް އެމީހުން އަމިއްލަ އަށް ކަނޑައެޅި ބޮޑު އަގުތަކުގަ އެވެ.

އަގުބޮޑުކޮށް ކުރާނަމަ ޖޫރިމަނާ

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމަލުކުރަން ޖެހެނީ ޑިސެމްބަރު 15، 2013 ގައި އެކުލަވާލާފައިވާ ޓެކްސީ ގަވާއިދަށެވެ.

އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި އަގަށްވުރެ އިތުރަށް ނަގާނަމަ ފުރަތަމަ ފަހަރު ޓެކްސީ ސެންޓަރާއި ޑްރައިވަރު ވެސް 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި، ދެވަނަ ފަހަރު ނަމަ 1000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން، ކުށް ތަކުރާރުކުރާނަމަ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލް ކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް އޮވެ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ސަރުކާރުން އެންމެފަހުން ބަދަލު ގެނައީ ފެބްރުއަރީ 10، 2021 ގަ އެވެ. އެފަހަރު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅީ 25ރ. އެވެ. އޭގެ އިތުރުން މާލެ އިން ހުޅުލެ އަށް 60ރ. އަދި މާލެ އިން ހުޅުމާލެ ފޭސް 1 އަށް ކަނޑައެޅީ 75ރ. އެވެ. އަދި މާލެ އިން ފޭސް 2 އަށް ކަނޑައަޅާފައި އޮތީ 90ރ. އެވެ.

މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާ އަކަށް އިތުރު އަގެއް ނެގުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox