ކޮންޓްރެކްޓް އާ ކުރަން ގޮތެއް ނިންމަން ޖެހޭނީ ސަލާހު: ކްލޮޕް

Mar 12, 2022, 3:34 AM
ކޮންޓްރެކްޓް އާ ކުރަން ގޮތެއް ނިންމަން ޖެހޭނީ ސަލާހު: ކްލޮޕް

ލިވަޕޫލް (މާޗް 12) - މިސްރު ފޯވާޑް މުހައްމަދު ސަލާހު، ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމާ ބެހޭގޮތުން ގޮތެއް ނިންމަން ޖެހޭނީ އޭނާ އަމިއްލަ އަށް ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ސަލާހު، 29، ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަލާހު ލިވަޕޫލްގައި މަޑުކުރަން ބޭނުންވި ނަމަވެސް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލްގައި މަޑުކުރަން ކިޔާ މުސާރަ އުޅެނީ ހަފްތާ އަކު 450،000 ޑޮލަރަށް ވުރެ މަތީގަ އެވެ. ލިވަޕޫލުން އެ އަގު ދޭނަަމަ އެ ކްލަބްގެ މުސާރަ ޕޮލިސީ އަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ އެވެ. އެހެންވެ، ލިވަޕޫލުން ހުށަހަޅާފައިވަނީ އެ ކްލަބުން ގެންގުޅޭ މުސާރައިގެ އޮނިގަނޑަށް ފެތޭ ގޮތަށް 30 އަހަރުގެ ކުޅުންތެރިއަކަށް ދެވޭނެ އެންމެ ބޮޑު މުސާރަ ސަލާހު އަށް ދޭށެވެ. އެއީ ހަފްތާ އަކު 380،000 ޑޮލަރު ލިބޭ ގޮތަށެވެ. އެކަމަކު، ސަލާހާއި އޭނާގެ އޭޖެންޓް ރެމީ އައްބާސް އެ ހުށަހެޅުމާ މެދު ހިތްހަމައެއްނުޖެހެ އެވެ.

ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ގާތުގައި ސަލާހުގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ މި ވަގުތު ހާލަތު އޮތީ މަޝްވަރާގެ މޭޒުގައި ކަމަށެވެ. އަދި އެއްވެސް ވަރަކަށް ކްލަބުން ވެސް އަދި ސަލާހު ވެސް މިކަން ވަކި މިސްރާބަކަށް ގެންދަން ބޭނުންވެގެން ނޫޅޭ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"މީގެ އޮތީ ސަލާހު ނިންމާ ނިންމުމެއް. ކްލަބްގައި ނުހުންނާނަމެކޭ އެއް ނުބުނޭ، އެހެންވީމަ އެއީ ރަނގަޅެއް. މޯ (ސަލާހު) އެބަ ބޭނުންވޭ މި ކްލަބް ކުރިއަރައިގެންދާން. އެ ވިސްނުމުގައި ބަލާއިރު، ކްލަބުން ބޭނުންވާ ކަންކަން ސަލާހަށް ވެސް އެނގޭނެ. އެހެންވީމަ މީގެ އަވަސް އަރުވާލައިގެން އުޅެން ޖެހޭ ކަމެއް އޮތް ކަމަކަށް ނުދެކެން،" ކްލޮޕް ބުންޏެވެ.

ކްލޮޕްގެ މި ވާހަކަތައް މީޑިއާގައި ދައުރުވާން ފެށުމާ އެކު ސަލާހުގެ އޭޖެންޓް ރެމީ އައްބާސް ވަނީ ޓްވިޓާގައި ސަމާސާ މިޒާޖަކަށް ޓްވީޓެއްކޮށްފަ އެވެ. އިނގިރޭސި ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ރެމީ އައްބާސްގެ މި ޓްވީޓާ އެކު ދޭހަަވަނީ ސަލާހުގެ ފަރާތުން އޮތް ހުށަހެޅުމަށް ލިވަޕޫލުން އެއްބަސްނުވެއްޖެނަމަ އޭނާ ކްލަބް ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމެވެ.

ރޯމާ ދޫކޮށް 2017 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ސަލާހަކީ ފާއިތުވި ސީޒަންތަކުގައި ލިވަޕޫލްގެ އެޓޭކްގެ މައި ކުޅުންތެރިޔާ އެވެ. ލިވަޕޫލަށް ކުޅުނު 237 މެޗުން ސަލާހު ވަނީ 152 ގޯލު ޖަހައި، ކްލަބްގެ ގިނަ ރެކޯޑްތަކެއް މުގުރާލައިފަ އެވެ. ސަލާހު، މިދިޔަ އޮކްޓޫބަރު މަހު ދިން އިންޓަވިއުއެއްގައި ވަނީ ކެރިއަރު ނިމެންދެން ވެސް ލިވަޕޫލްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ކޮންޓްރެކްޓްގެ ކަންކަން މިދާގޮތުން ސަލާހު ކައިރި މުސްތަގުބަލެއްގައި ވެސް އެހެން ޓީމަކުން ފެނުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox