ތައިލެންޑް އިންވިޓޭޝަނަލް ކަޕަށް ގައުމީ ފުޓްސަލް ޓީމު ފުރައިފި

Mar 11, 2022, 8:31 AM
ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ފޮޓޯ އަކަށް ހުއްޓިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ފޮޓޯ އަކަށް ހުއްޓިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތައިލެންޑްގައި ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕްގައި ވާދަކުރަން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން މިއަދު ތައިލެންޑަށް ފުރައިފި އެވެ.

މި މަހު 15-20 އަށް ތައިލެންޑްގައި ކުރިއަށްދާ އިންވިޓޭޝަނަލް މުބާރާތުގައި ގައުމީ ފުޓްސަލް ޓީމު ބައިވެރިވާން ނިންމީ އަންނަ މަހު ކުރިއަށްދާ އޭއެފްސީ ފުޓްސަލް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ތައްޔާރީއެއްގެ ގޮތުންނެވެ. ތައިލެންޑް މުބާރާތަކީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ކުޅުނު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ކުޅުނު ފަހުން ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ތައިލެންޑް މުބާރާތަކީ ހަ ގައުމެއް ދެ ގްރޫޕަކަށް ބަހައިގެން ކުރިއަށްދާ މުބާރާތެކެވެ. ތައިލެންޑްގައި ބާއްވާ މި މުބާރާތުގައި ތައިިލެންޑާއި ރާއްޖޭގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ އޮމާން އެވެ. ގްރޫޕް ބީގައި އޮތީ އީރާން، މިޔަންމާ އަދި މޮންގޯލިއާ އެވެ. ރާއްޖެ 15 ވަނަ ދުވަހު ފުރަތަމަ މެޗުގައި ތައިލެންޑާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި 16 ވަނަ ދުވަހު އޮމާނާ ބައްދަލުކުރާނެ އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން މިއަދު ފުރުމުގެ ކުރިން ބަސް ޓާމިނަލުގައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު ކުޅޭ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ތައިލެންޑް މުބާރާތުގައި ކުޅެލަން ލިބުމުން ރާއްޖެ އަށް ފައިދާކުރާނެ އެވެ. އެއީ ރަނގަޅު މެޗުތަކެއް ލިބުމުގެ އިތުރުން ކޮލިފައިންގައި ކުޅެން ޖެހޭ އޭޝިއާގެ އެންމެ ފަހުގެ ޗެމްޕިއަން އީރާންގެ ކުޅުން ފެންނާނެ އެވެ.

އޭއެފްސީން ނެރުނު ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ގްރޫޕް އޭގައި އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.

އޭއެފްސީން ނެރުނު ފުރަތަމަ ޝެޑިއުލްގައިވާ ގޮތުން ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް އޮންނާނީ ކިރްގިސްތާނުގަ އެވެ. އެކަމަކު، ފަހުން މެޗުތައް ކުވޭތުގައި ކުޅޭ ގޮތަށް ޝެޑިއުލް ބަދަލުކޮށްފައިވާކަން އެނގިފައިވެ އެވެ. ރާއްޖޭން އޭއެފްސީ ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 10 ވަނަ ދުވަހު އިރާނާ ބައްދަލުކުރާނެ އެވެ. ދެ ވަނަ މެޗުގައި 11 ވަަނަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ކުޅޭނީ 12 ވަނަ ދުވަހު އެވެ.

ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ރާއްޖެ ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައިވެއްޖެނަމަ އެ މުބާރާތް އޮންނާނީ މި އަހަރު ފަހުކޮޅުގައި ކުވޭތުގަ އެވެ.

ފުޓްސަލް ތަރި އަލީ ހާފިޒް (ކ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް ސަލާމްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތައިލެންޑް މުބާރާތަށް މިއަދު ޓީމާ އެކު ދިޔަ ގައުމީ ފުޓްސަލް ޓީމުގެ ކޯޗިން ސްޓާފުންނަކީ ހެޑް ކޯޗަކަށް ހުރި އަބްދުﷲ ނަސީރު (އަބޯ)، އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ނިޔާޒް (ނިޔާ)، އަހުމަދު ވިސާލް (އަންދު) އެވެ މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ. އޮފިޝަލެއްގެ ގޮތުގައި އަލީ ނަދީމް (ކޮކޯ) ހަމަޖައްސާފައިވާއިރު، ކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ.

ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑުގައި ހިމެނެނީ އިސްމާއިލް ފާތިހު (ތާޑޭ)، ޒައިދާން އަހުމަދު، ހަސަން ނިމާލް (ނީމޯ)، އަބްދުﷲ ނާސިހު، އިޝާން އިބްރާހިމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަލީ ހާފިޒް (ހާއްޕެ)، މުހައްމަދު ޔަފާއު (ޔާ)، އަބްދުﷲ ޝައްފާން (ޝާކާ)، ހުޒައިފަތު ރަޝީދު (ހުޒޭ)، ހަސަން ސުހޭލް (ސޮކޭ) އަދި ސާމިން މުހައްމަދު އެވެ.

ޕްރިލިމިނަރީ ސްކޮޑެއް ނަގައިގެން ޕްރެކްޓިސްތަކެއް ފަށައި، ފަހުން ސްކޮޑު ކުޑަކުރުމަށް ފަހު ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވަނީ މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ކުޅުން މަނާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox