ގައުމީ ބާސްކެޓްބޯޅަ ލީގު: ކިންގްސް އާއި ޓީރެކްސް ބޮޑު މެޗަކަށް

ކިންގްސް އާއި ޓީރެކްސްގެ މެޗު މިރޭ ކުޅޭއިރު، މިއީ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނެ މެޗު،-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ކިންގްސް އާއި ޓީރެކްސްގެ މެޗު މިރޭ ކުޅޭއިރު، މިއީ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނެ މެޗު،-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ނަތީޖާ ކަނޑައަޅާ މެޗުގައި ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ މިރޭ ވާދަކުރާނެ އެވެ.

މި މެޗަށް ނުކުންނައިރު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 18 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ކިންގްސް އެވެ. ދެ ވަނައިގައި ޓީރެކްސް އޮތީ 17 ޕޮއިންޓާ އެކު ގައެވެ. ލީގުގައި ޓީރެކްސް ބަލިވި ހަމައެކަނި މެޗަކީ ފުރަތަމަ ބުރުގައި ކިންގްސް އަތުން ބަލިވި މެޗެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ޓީރެކްސް އަށް ކުރަން ޖެހިފައި އޮތް ކަމަކީ ހަތަރު ޕޮއިންޓަށް ވުރެ ބޮޑު ފަރަގަކުން ކިންގްސް ބަލިކުރުމެވެ. ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް އާއި ޓީރެކްސް ވާދަކުރި މެޗަށް ބަލާލާއިރު ފުރަތަމަ ދެ ކުއާާޓާ ނިމުނުއިރު، ކުރީގައި އޮޓީ ޓީރެކްސް އެވެ. ކިންގްސް އިން ނަތީޖާ އަނބުރާލީ ފަހު ދެ ކުއާޓާގަ އެވެ.

ކިންގްސް ބީސީ އިން ނުކުންނަނީ ގައުމީ ލީގުގެ ތަށި މިލްކުކުރުމަށެވެ. ކިންގްސް، 2016 ވަނަ އަހަރު ވުޖޫދުވި ފަހުން އެ ކުލަބުން މިދިޔަ ދެ އަހަރު ލީގު ކާމިޔާބުކުރި އެވެ. އެ ކާމިޔާބީތަކުގެ ދަތުރުގައި އެންމެ ބޮޑު ވާދަވެރިންނަކީ ޓީރެކްސް އެވެ. މިދިޔަ އަހަރު ލީގުގެ ޗެމްޕިއަންކަން ކަނޑައަޅަން ކުޅުނު މެޗުގައި މި ދެ ޓީމް ވާދަކޮށް ޓީރެކްސް ކުރި ހޯދި އެވެ. ނަމަވެސް އެ މެޗުން އެ ޓީމަށް ބޭނުންވާ ސްކޯގެ ފަރަގު ހަމަނުކުރެވުމުން ހެޑްޓުހެޑް ރެކޯޑު އެއްވަރުވެ، ސްކޯގެ ފަރަގަށް ބަލައި ތަށި ލިބުނީ ކިންގްސް އަށެވެ.

މި ފަހަރު ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ކިންގްސް އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓީމްގެ މުހިންމު ކުޅުންތެރިން ފޯމުގައި ތިބުމެވެ. އެ ގޮތުން އެޓީމަށް މި ފަހަރު އަލަށް ގެނައި އެމެރިކާގެ އާލަންޑޯ ކުކް (ބެންޑޯ) އާއި ޑެކޯރޭ ޖޭމްސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ދިވެހި ކުޅުންތެރިންގެ ތެރެއިން އެ ޓީމާ އަލަށް ގުޅުނު އިބްރާހިމް ރަޝްވާން (ޗިކު) މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އަންނައިރު، އަހުމަދު ހުޝާމް (ތުއްބެ) އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މީގެ އިތުރުން އަބްދުﷲ އަމްޒަރުގެ ކުޅުންވެސް ފާހަގަކޮށްލެވެ އެވެ.

ކިންގްސް އަށް އޮތް ހަމައެކަނި ނުތަނަވަސްކަމަކީ މިދިޔަ ތިން ސީޒަނުގައި ވެސް އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންކަމަށްވާ އަހުމަދު ފިރާޝް އަދި ރިފްޝާން ރަޝީދު (ކޮކީ) އަނިޔާގައި ތިބުމެވެ. މީގެ އިތުރުން އިބްރާހިމް އަންފާލް (އަންޓެ) ވެސް މި ވަގުތު އުމްރާގެ އަޅުކަން ފުރިހަމަކުރަން ގޮސް ހުރުމާ އެކު އޭނާ މިމެޗުގައި ނުފެންނާނެ އެވެ. އަންޓެ ޓީމާ ގުޅޭނެ ކަމަށް ބެލެވެނީ ގައުމީ މުބާރާތުގެ ތެރެއިންނެވެ.

ޓީރެކްސް އަށް ބަލާއިރު އެ ޓީމަށް ލީގުގެ ދެވަނަ ބުރާ ކުރިމަތިލިއިރު ޓީމްގެ ކެޕްޓަން ހުސައިން ހަލީމް (ޗިކަނޭ) އަށް އަނިޔާވުމެވެ. ޗިކަނޭ އަށް އަނިޔާވީ ލީގުގެ ފުރަތަމަ ބުރުގައި ކިންސްއާއި ވާދަކުރި މެޗުގަ އެވެ. ޗިކަނޭގެ ކަރުގެ ކަށިގަނޑެއްގައި ރެނދުލައި އޭނާއަށް މި ސީޒަންގައި ދެން ނުކުޅެވެނޭ އެވެ. އޭނާ ނެތްތަން ފޫބެއްދުމަކީ ޓީރެކްސް އަށް އުނދަގޫކަމަކަށް ވާނެ އެވެ.

މީގެ އިތުރުން ލީގު ފެށިއިރު ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އަނިޔާގައި ހުރުމަކީ ވެސް ޓީރެކްސް އަށް ގެއްލުމެކެވެ. ލީގުގައި އެންމެ ފަހުން ޓީރެކްސް ކުޅުނު ދެ މެޗުގައި ޒަކިއްޓެ ކުޅުނު ކަމުގައި ވިޔަސް އޭނާ އަދި ވެސް އެއްކޮށް ފިޓެއް ނޫނެވެ.

ތަޖުރިބާ އަށް ބަލާއިރު ޓީރެކްސްގައި ނިސްބަތުން ގިނަ ކުޅުންތެރިން އެބަތިއްބެވެ. ނަމަވެސް އަފްޝަން ރަޝާދު އާއި މުހައްމަދު މުހުސިންގެ ފިޓްނަސް އަކީވެސް ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) އަށް އޮތް ނުތަނަވަސްކަމެކެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ހޯލުގައި މިރޭ ކިންގްސް އާއި ޓީރެކްސް ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox