ސިޓީ ކައުންސިލުން ޕެލެޓްތައް ނަގަން ފަށައިފި

ސިޓީ ކައުންސިލުން މާލޭގެ މަގުމަތިން ޕެލެޓްތައް ނަގަނީ. އެ ސަރަހައްދުތަކުގައި ވިޔަފާރިތަކަށް އިތުރު އިންތިޒާމުތައް ހަމަޖައްސަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ. ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން މާލޭގެ މަގުމަތިން ޕެލެޓްތައް ނަގަނީ. އެ ސަރަހައްދުތަކުގައި ވިޔަފާރިތަކަށް އިތުރު އިންތިޒާމުތައް ހަމަޖައްސަން ސިޓީ ކައުންސިލުން ވަނީ ނިންމާފަ. ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް އަމަލީ ގޮތުން މާލެ ސިޓި ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން މީގެކުރިން ވަނީ ޕެލެޓްތައް މިއަދުން ފެށިގެން ނަގަން ފަށާނެކަން އިއުލާންކޮށްފަ އެވެ. އަދި އެފަދަ ސަރަހައްދުތަކުގައި އެކި ބޭނުންތަކަށް ސިޓީ ކައުންސިލުން އިތުރު ގޮތްތަކެއް ހަދައިދޭނެ ކަމަށް އެ ކައުންސިލުން އޭރު ބުންޏެވެ.

ސިޓި ކައުންސިލްގެ މީޑިއާ އޮފިޝަލް އިބްރާހިމް އަބާން މިއަދު "އަދަދު"އަށް ވިދާޅުވީ ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން, މިހާރު ހަދީބީމަގުގައި ގޯލްޑަން ގޭޓް ފިހާރަ ކުރިމައްޗަށްވާ ގޮތަށް ހުރި ޕެލެޓްތަކެއް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ޕްރޮޖެކްޓެއްގެ ގޮތުގައި މިކަން ފައްޓާފައެއް ނުވޭ، ރައްޔިތުންގެ ޝަކުވާތައް އަންނަ ސަރަހައްދުތަކުގައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އަބާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ވައިބާ ގުރޫޕެއްގައި ހިއްސާކުރެވޭނެ ކަމަށެވެ. އަދި އެ ގުރޫޕުގައި ޕެލެޓްތައް ހުރުމުގެ ސަބަބުން އާންމުންނަށް ދަތިވާ ސަރަހައްދުތަކުގެ މައުލޫމާތު ވެސް ހިއްސާ ކުރެވޭނެ ކަމަށް އަބާން ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ޕެލެޓްތައް ނަގަން ފެށި ނަމަވެސް، ވިޔަފާރިތަކަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެގޮތުން ސިޓީ ކައުންސިލުން ޕެލެޓްތައް ނަގާނެކަން އިއުލާންކޮށް މިދިޔަ މަހުގެ 28 ގައި ކުރި އިއުލާނެއްގައި ބުނީ މާލޭގައި ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓާފައިވާ ފަރާތްތަކަށް "ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ"އަކަށް އެދެވިދާނެ ކަމަށެވެ.

އަދި އެގޮތަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން އެފަދަ ތަންތަނުގެ ކުރިމަތީގައި ޕާކު ކުރުން މަނާކަން އަންގައިދޭ ގޮތަށް ދެ ރޮނގު ސިޓީ ކައުންސިލުން ކުރަހައިދޭނެ ކަމަށެވެ.

މާލެ ސިޓިގައި މުދާ ލޯޑުކުރުމާއި އަންލޯޑު ކުރުމަށް ވެސް ޕެލެޓް ބަހައްޓައިގެން މަސައްކަތްކުރާ ފަރާތްތަކުން އެފަދަ ސަރަހައްދެއް ހާއްސަކޮށްދިނުމަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން ކުލި ނަގާ އުސޫލުގެ ދަށުން އެފަދަ ސްލޮޓްތައް ހަމަޖައްސައިދޭނެ ކަމަށް ސިޓީ ކައުންސިލްގެ އެ އިއުލާނުގައި ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox