އެމެރިކާއިން ރަޝިއާގެ ތެލާއި ގޭސް އިމްޕޯޓް ކުރުން ހުއްޓާލައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (މާޗް 9) - އެމެރިކާއިން ރަޝިއާގެ ތެލާއި ގޭސް އަދި ހަކަތަ އިމްޕޯޓް ކުރުން ހުއްޓާލައިފި އެވެ.

ރައީސް ޖޯ ބައިޑެން އަންގާރަ ދުވަހުގެ ރޭ ވިދާޅުވީ މިއީ ރަޝިއާއާ ދެކޮޅަށް އެމެރިކާއިން މިހާތަނަށް އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅު ކަމަށެވެ.

"ރަޝިއާގެ ތެލާއި ގޭސް އަދި ހަކަތައިގެ ހުރިހާ އިމްޕޯޓެއް އަޅުގަނޑުމެން މި މަނާ ކުރަނީ. އޭގެ މާނައަކީ އެމެރިކާގެ ބަނދަރުތަކުން ރަޝިއާގެ ތެޔޮ ދެން ބަލައިނުގަންނާނެއޭ. އަދި [ރައީސް ލެޑިމިއަ] ޕުޓިންއަށް އިތުރު ގޮންޖެހުމެއް ކުރިމަތިވާނެ."

ވައިޓް ހައުސްގައި ހުންނަވައި އެމެރިކާގެ ނިންމުން އިއުލާން ކުރައްވަމުން ބައިޑެން ވިދާޅުވީ އެކުވެރި ގައުމުތަކާ އެކު "ވަރަށް ގާތުން މަޝްވަރާ" ކުރި ކަމަށެވެ.

އިނގިރޭސިވިލާތުން އަންގާރަ ދުވަހުގެ ރޭ ބުނީ ރަޝިއާއިން އިމްޕޯޓް ކުރާ ތެޔޮ މަދު ކުރަމުން ގޮސް، 2022 ވަނަ އަހަރު ނިމޭ އިރު ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރުން އެއްކޮށް ހުއްޓާލާނެ ކަމަށެވެ.

އިނގިރޭސިވިލާތުގައި ގާއިމްކޮށްފައިވާ ބޮޑު ދެ ތެޔޮ ކުންފުނި، ޝެލް އަދި ބީޕީއިން ބުނީ ރަޝިއާގެ ތެލާއި ގޭސް ގަތުން ވަގުތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

"ކަސްޓަމަރުންނާއި އިގްތިސާދުތަކަށް ބޭނުންވާ ހަކަތަ، ރަޝިއާގެ ތެލާއި ގޭސް ބޭނުން ނުކޮށް، ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މި ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" ބީޕީއިން ބުންޏެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތާ އެއް ފަދަ ފިޔަވަޅެއް އަޅަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފަސްޖެހެ އެވެ. އީޔޫއަށް ބޭނުންވާ ހަކަތަ ހޯދަން ރަޝިއާއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

އެމެރިކާއަށް އިމްޕޯޓް ކުރާ ތެލުގެ އިމްޕޯޓުގެ އަށް ޕަސެންޓަކީ ރަޝިއާގެ ތެލެވެ. އެހެންކަމުން، ރަޝިއާގެ އިމްޕޯޓްތައް މެދުކަނޑާލުމުން ކުރާ އަސަރު އެހާ ބޮޑެއް ނުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox