ބޮޑު ލީޑެއް އޮތަސް، ދުލެއް ދޭން ގާޑިއޯލާ ބޭނުމެއް ނުވޭ

Mar 9, 2022, 5:54 AM
ބޮޑު ލީޑެއް އޮތަސް، ދުލެއް ދޭން ގާޑިއޯލާ ބޭނުމެއް ނުވޭ

މެންޗެސްޓާ (މާޗް 9) - ޗެމްޕިއަންސް ލީގުގެ ގަދަ16 ގެ ދެ ވަނަ ލެގުގައި މިރޭ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނައިރު، ފުރަތަމަ ލެގުގައި ބޮޑު ތަފާތަކުން މޮޅުވެފައި އޮތަސް ދުލެއް ދޭން ބޭނުންނުވާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ މަހު ސްޕޯޓިން ލިސްބަންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ މޮޅުވީ 5-0 އިންނެވެ.

ފަސް ލަނޑުގެ ތަފާތަކުން ފުރަތަމަ ލެގުގައި މޮޅުވެފައިވާ ޓީމެއް، ޗެމްޕިއަންސް ލީގުން މިހާތަނަށް ކަޓާފައެއް ނުވެ އެވެ. އެކަމަކު، ގާޑިއޯލާ ބުނީ މި މެޗުގައި އެއްވެސް ދުލެއް ދިނުމުގެ ވިސްނުމެއްގައެއް ނޫނެވެ.

"ފުޓްބޯޅައިގައި ވާނެގޮތެއް ނޭނގޭނެ ބުނާކަށް. ރަތްކާޑު ނުވަތަ އިދިކޮޅަށް ކުޅޭ ޓީމުގެ ފެންވަރު ރަނގަޅުވެެން، މެޗެއްގެ ނަތީޖާ ބަދަލުވެދާނެ. އެހެންވެ މިރޭގެ މެޗަށް ނެރޭނީ އެންމެ ވަރުގަދަ ޓީމު،" ގާޑިއޯލާ ބުންޏެވެ.

އެކަމަކު މި މެޗަށް ނުކުންނައިރު ސިޓީގެ ޑިފެންޑަރުންނަށް ސަސްޕެންޝަނާއި ފިޓްނަސްގެ މައްސަލަތައް ދިމާވެ، ގާޑިއޯލާ ވަނީ ފިކުރުބޮޑުވެފަ އެވެ. ކައިލް ވޯކާ މި މެޗަށް ސަސްޕެންޑްވެފައި ހުރިއިރު، ޖައޯ ކަންސެލޯ އާއި ރުބެން ޑިއާސް އަދި ނޭތަން އާކޭ އަށް އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ.

ގާޑިއޯލާ ބުނީ ސިޓީގެ ސްކޮޑުގައި މި ވަގުތު ފިޓުކޮށް ތިބި 14 ކުޅުންތެރިން ތެރޭގައި ހިމެނެނީ ތިން ޑިފެންޑަރުން ކަމަށެވެ.

އެހެންކަމުން، މިރޭގެ މެޗުގައި ޔޫކްރޭންގެ ޑިފެންޑަރު އޮލެކްސަންދާ ޒިންޗެންކޯ ފެނުމުގެ ފުރުސަތު އެބައޮތެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ސްޕޯޓިންއާ ދެކޮޅަށް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox