ގުއަންޓަނާމޯ ބޭ ޖަލުގައި ހުރި ގައިދީއަކު ސައުދީ އަރަބިއްޔާއަށް ގެންގޮސްފި

ގުއަންޓަނާމޯ ބޭ ޖަލަކީ ލާއިންސާނީ އެތައް އަމަލެއް ހިންގާ ތަނެއްގެ ގޮތުގައި އދ. ގެ ތަޖުރިބާކާރުން ސިފަކުރޭ. -- ފޮޓޯ: ފްރީ މެލޭޝިއާ ޓުޑޭ

ގުއަންޓަނާމޯ ބޭ ޖަލަކީ ލާއިންސާނީ އެތައް އަމަލެއް ހިންގާ ތަނެއްގެ ގޮތުގައި އދ. ގެ ތަޖުރިބާކާރުން ސިފަކުރޭ. -- ފޮޓޯ: ފްރީ މެލޭޝިއާ ޓުޑޭ

ވޮޝިންޓަން، އެމެރިކާ (މާޗް 8) - ގުއަންޓަނާމޯ ބޭ ޖަލުގައި ބަންދުކޮށްފައި ހުރި ސިކުނޑީގެ ބަލި މީހަކު ސައުދީ އަރަބިއްޔާއަށް ގެންގޮސްފި އެވެ.

މުހައްމަދު އަލް ގަހްތާނީ ސެޕްޓެމްބަރު 11، 2001 ވަނަ އަހަރު އަލް ގައިދާއިން އެމެރިކާގައި ދިން ހަމަލާތަކުގައި ބައިވެރިވި މީހެއް ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ.

ކިޔުބާގައި ހުންނަ އެމެރިކާގެ ސިފައިންގެ މަރުކަޒުގައި އޭނާ ބަންދުކޮށްގެން އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ތަނުގައި އޭނާއަށް އެތައް އަނިޔާއެއް ކުރި އެވެ.

ޖަލުގައި ތަޖުރިބާ ކުރަން ޖެހުނު ލާއިންސާނީ އަނިޔާތަކާ ހެދި އެމެރިކާ ސަރުކާރުން އޭނާއާ ދެކޮޅަށް ތަހުގީގު ކުރަމުން ދިޔަ މައްސަލަ ހުއްޓާލީ 2008 ވަނަ އަހަރު އެވެ.

މިދިޔަ ފެބްރުއަރީ މަހު، އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ލަފާ ދިނީ އޭނާ މިނިވަން ކުރުމަށް ފަހު، ސައުދީ އަރަބިއްޔާއަށް ފޮނުވާލުމަށެވެ.

"ސައުދީގެ ބައިވެރިންނާ އެކު ކުރި މަސައްކަތަށް ފަހު، މުހައްމަދު އަލް ގަހްތާނީ ފޮނުވާލުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް ނިމިއްޖެ،" ޑިފެންސް ޑިޕާޓްމަންޓުގެ ބަޔާނެއްގައި ބުންޏެވެ.

"ސައުދީ އަރަބިއްޔާ އާއި އެހެން ބައިވެރިން، ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި ގައިދީން މަދުކޮށް، އެ ފެސިލިޓީ ބަންދުކުރަން އެހީވެދޭތީ އެކަން ފާހަގަކުރަން."

ޖެނުއަރީ 2002 ވަނަ އަހަރު ގުއަންޓަނާމޯ ބޭ ޖަލުގައި އެންމެ ފުރަތަމަ ބަންދުކުރި ގައިދީންގެ ތެރޭގައި މުހައްމަދް އަލް ގަހްތާނީ ހިމެނެ އެވެ.

އެމެރިކާއަށް ދިން ހަމަލާތަކުގެ ކުރިން، އޯގަސްޓް 4، 2001 ވަނަ އަހަރު އޭނާ އެމެރިކާއަށް އެތެރެވާން މަސައްކަތް ކުރި އެވެ. ނަމަވެސް އޯލާންޑޯ އެއާޕޯޓުން އޭނާ އަނބުރާ ފޮނުވާލީ ޑުބާއީ އަށެވެ.

އެމެރިކާ ސިފައިންގެ އޮޕަރޭޝަނެއްގައި އޭނާ ހައްޔަރު ކުރީ އަފްގާނިސްތާނުން ޑިސެމްބަރު 2001 ވަނަ އަހަރު އެވެ.

ޖަލުގައި އޭނާއަށް ކުރި އަނިޔާ ތަފްސީލްކޮށް ޑޮކިޔުމެންޓުކޮށްފައިވާ އިރު، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން އެ ޖަލު ބަންދުކުރަން ބާރު އަޅަން ފެށި އެވެ.

ގިނަ ދުވަސްތައް ވަންދެން އެކަހެރިކޮށްގެން ބެހެއްޓުމާއި، ނިދިން މަހްރޫމް ކުރުމާއި، ޖިންސީ ފުރައްސާރަ އާއި އެހެނިހެން ގޯނާތައް ވެސް މުހައްމަދު އަލް ގަހްތާނީއަށް ކުރި އެވެ.

މުހައްމަދު އަލް ގަހްތާނީ.
މުހައްމަދު އަލް ގަހްތާނީ.

މުހައްމަދު އަލް ގަހްތާނީ.

ގުއަންޓަނާމޯ ބޭ ޖަލުގައި ތިބި 39 ގައިދީންގެ ތެރެއިން ފަސް މީހަކު ދޫކޮށްލަން އެމެރިކާއިން މިދިޔަ ޖެނުއަރީ މަހު ނިންމި އެވެ.

އެމެރިކާގެ ނޭވީ ނުވަތަ ކަނޑުގެ ސިފައިން އޮޕަރޭޓް ކުރާ ގުއަންޓަނާމޯ ބޭ ޖަލު އުފެއްދީ ސެޕްޓެމްބަރު 11 ހަމަލާތަކަށް ފަހު 2001 ވަނަ އަހަރު އެވެ.

އެ ތަނުގެ މަގްސަދަކީ އެމެރިކާއިން "ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި" ގައިދީން ބަންދު ކުރުމެވެ. އެއީ ލާއިންސާނީ އެތައް އަމަލެއް ހިންގާ ތަނެއްގެ ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖުރިބާކާރުން ސިފަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox