ޕީސީއާރު ޓެސްޓު ނެތި ރާއްޖެ އާދެވޭނީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ފަހުން

 ފަތުރުވެރިންތަކެއް ރާއްޖޭގައި. އެޗްޕީއޭއިން ވަނީ ޕީސީއާރު ޓެސްޓަކާ ނުލާ ރާއްޖެ އާދެވޭ މިންގަނޑަށް ބަދަލެއް ގެނެސްފަ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ފަތުރުވެރިންތަކެއް ރާއްޖޭގައި. އެޗްޕީއޭއިން ވަނީ ޕީސީއާރު ޓެސްޓަކާ ނުލާ ރާއްޖެ އާދެވޭ މިންގަނޑަށް ބަދަލެއް ގެނެސްފަ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ކޮވިޑުގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޕީސީއާރު ޓެސްޓަކާ ނުލާ ދެން ރާއްޖެ އާދެވޭނީ ވެކްސިން ފުރިހަމަކުރިތާ 14 ދުވަސް ފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ވެކްސިން ފުރިހަމަ ކުރިޔަސް ދެން ޕީސީއާރު ޓެސްޓެއްގެ ނެގެޓިވް ނަތީޖާއަކާ ނުލާ ރާއްޖެ އާދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ ނަމަ ކަމަށެވެ.

އެޗްޕީއޭއިން އެގޮތަށް ބުނީ މީގެ ތިން ދުވަސް ކުރިން އެ އެޖެންސީން ނެރުނު އިއުލާނެއްގައި ވެކްސިން ފުރިހަމަކޮށްފައިވާނަމަ ޕީސީއާރު ޓެސްޓަކާ ނުލާ ރާއްޖެ އާދެވޭނެކަމަށް ބުނުމަށްފަހު އެ އިއުލާން އިސްލާހުކުރުމުގެ ގޮތުންނެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދާގޮތަށް މީގެ ކުރިން ކަނޑައަޅާއިފައި ވީނަމަވެސް އެ އެންގުމަށް ބަދަލު ގެނައީ ކޮވިޑުގެ ހާލަތު ބަދަލުވުމާއި ގުޅިގެން އިތުރު ލުއިތަކެއް ދިނުމުގެ ގޮތުންނެވެ.

މިއަދު ކުރި އިއުލާނުގައި ވެސް އެޗްޕީއޭއިން ބުނީ ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓް އަދިވެސް ހަދަން ނުޖެހޭނެ ކަމަށެވެ.

އެ ބަދަލުތަކާއެކު ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިއަހަރުގެ މިހާތަނަށް 300،000 އާއި ގާތްކުރާ އަދަދަކަށް ރާއްޖެއަށް ވަނީ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox