މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން ފެންވަރު ދައްކާލައިފި

Mar 6, 2022, 6:51 PM
ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑިބްރޭނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ޑިބްރޭނާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 4-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގު ކާމިޔާބު ކުރުމުގެ ރޭހުގައި އެ ޓީމުގެ ފެންވަރު ދައްކާލައިފި އެވެ.

ރޭ ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކުރުމުން ސިޓީ މިރޭގެ މެޗަށް ނުކުތްއިރު، އޮތީ އެ ޓީމުގެ ލީޑު ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. މިރޭ ޔުނައިޓެޑް އަތުން ހޯދި މޮޅާ އެކު ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. އަނެއްކޮޅުން މިއަދު ހަތަރު ވަނައިގައި ދުވަސް ފެށި ޔުނައިޓެޑް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެއީ އާސެނަލުން 3-2 އިން ވަޓްފޯޑް ބަލިކޮށް ހަތަރަކަށް އެރުމުންނެވެ.

ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 27 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ. އާސެނަލް ހަތަރަކަށް ޖެހިލީ 25 މެޗުން 48 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 28 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަަނަ މިނިޓްގައި ސިޓީގެ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައިކައިރިން ދިޔަ ބޯޅަ ތިރިތިރިން ވަނީ ގޯލުގެ ކައިރީ ކަނަށެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޔުނައިޓެޑްގެ ލޫކް ޝޯ އާއި ރަފައެލް ވަރާން މި މެޗުގައި ނުކުޅެ އެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ އެޑިސަން ކަވާނީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި މެޗުން ނުފެނެ އެވެ.

ސިޓީގެ ޑިބްރޭނާ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކެޕްޓަން މެގުއާ ޓެކަލް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކައުންޓަ އެޓޭކުގައި ފުލުފުލުގައި އެޓޭކްތަކެއް ކުރަމުން ގޮސް ޔުނައިޓެޑުން ވަނީ އޭގެއިން ފުރުސަތެއްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ދިން ބޯޅައަކުން މި ގޯލު ޖެހީ ކުރިން ސިޓީ އަށް ކުޅުނު ޖޭޑަން ސަންޗޯ އެވެ. ސަންޗޯ ވަނީ ހަަމަޖެހިލާފައި ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ނަތީޖާ ހަމަހަމަކޮށް އޮތީ ހަ މިނިޓް ވަންދެނެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޑި ބްރޭނާ ވަނީ ޔުނައިޓެޑްގެ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ގޯލު ޖަހައި ސިޓީ އަށް އަލުން ލީޑު ހޯދައިދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ޑި ބްރޭނާ ޖެހި 51 ވަނަ ގޯލެވެ. އޭނާ އަކީ އެ އަދަދަށް ގޯލު ޖެހި ބެލްޖިއަމްގެ ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދޭން އަލެކްސް ޓެލޭސް ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑަށް ސިޓީގެ ގޯލުގައި ހުރި އެޑަަސަން މޮރާއެސް ހާސްކޮށްލެވޭވަރުގެ އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. އެކަމަކު، ސިޓީގެ ރިޔާދު މާރޭޒް ވަނީ އެ ޓީމަށް އިތުރު ދެ ގޯލު ޖަހައިދީފަ އެވެ.

މެޗުގެ 68 ވަނަ މިނިޓްގައިި ޑިބްރޭނާ ދިން ބޯޅައަކުން މާރޭޒް ފޮނުވާލި ވޮލީ ގޯލަށް ވަނީ ޔުނައިޓެޑްގެ މެގުއާ ފައިގައި ޖެހިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މާރޭޒް ޖެހި ދެ ވަަނަ ގޯލު ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ މައިކަލް އޮލިވާ ނިންމީ މި ގޯލު ބަަލައިގަންނާށެވެ.

މިއީ ޔުނައިޓެޑްގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވި ފަހުން އެ ޓީމު ކޮޅަށް އެންމެ ގިނަ ގޯލު ވަން މެޗެވެ.

ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލުން ވަނީ މިއަދު ވަޓްފޯޑް ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހަތަރު މޮޅު ހޯދައިފަ އެވެ. މާޓިން އޮޑެގާޑް އާސެނަލަށް ލީޑުނަގައިދީފައިވަނިކޮށް ކޫޗޯ ހެނާންޑޭޒް ވަނީ ވަޓްފޯޑަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ އާސެނަލަށް އަލުން ލީޑުނަގައިދީފަ އެވެ.

ދެ ވަަނަ ހާފުގެ ކުޅުން ފަށައި ހަތް މިނިޓް ތެރޭ ގަބްރިއެލް. މާޓިނެލީ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަަހައިފަ އެވެ. ސަކާ އާއި މާޓިނެލީގެ ގޯލުތަކަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލެކްސަންޑަ ލަކަޒޭޓް އެވެ.

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ވަޓްފޯޑްގެ ދެ ވަނަ ގޯލު ޖެހީ ފްރާންސްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އެވެ. އިތުރު ގޯލެއް ޖަހަން ވަޓްފޯޑުން ކުރިއަށް ޖެހުނު ކަމުގައި ވިޔަސް އާސެނަލް ޑިފެންޑަރުން ވަނީ އެކަން ކާމިޔާބުވިޔަ ނުދީ މެޗުގެ ތިން ޕޮއިންޓް ހޯދޭ ވަރަށް ޑިފެންސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox