ގައުމީ ބާސްކެޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ފޯރި ގަދަވެފައި

ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފަހު މެޗުތައް ބާކީ އޮތްއިރު ގައުމީ މުބާރާތަށް ކޮލިފައިވުމުގެ ފޯރި ގަދަވެއްޖެ އެވެ.

ގައުމީ ލީގުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ ދެ މެޗެވެ. ގައުމީ މުބާރާތަށް ކޮލިފައިވާ ޓީމުތައް އިނގޭނީ މި ދެ މެޗުގެ ނަތީޖާތައް ނުކުންނަ ގޮތަކުންނެވެ. މިވަގުތު ލީގު ތާވަލަށް ބަލާއިރު ގައުމީ މުބާރާތުގެ ޖާގަ ޔަގީންކޮށްފައިވަނީ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކްލަބާއި، ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަދި ދަ ބައުސް އެވެ. ބާކީ އޮތް ޖާގަ ލިބޭނެ ޓީމެއް އެނގޭނީ އަންނަ ބުރާސްފަތި ދުވަހު ކުޅޭ ލީގު ބުރުގެ ފަހު މެޗުތަކަށް ފަހު އެެވެ.

ލީގުގައި ފުރަތަމަ ޑިވިޝަންގެ ޓީމުތައް އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، އެންމެ ވާދަވެރިކޮށް ދިޔައީ ރެޑްވިންގްސް އާއި ޓީރެކްސް ވާދަކުރި މެޗާއި، ރެޕްޓާސް އާއި ދަ ބައުސް ވާދަކުރި މެޗެވެ. ކިންގްސް އާއި ސްޓިންގާސް ވާދަކުރި މެޗު ކިންގްސް މޮޅުވީ 16 ޕޮއިންޓުގެ ފަރަގަކާ އެކު އެވެ.

ރެޑްވިންގްސް އަތުން ޓީރެކްސް މޮޅުވީ 86-82 ޕޮއިންޓުންނެވެ. މެެޗުގެ ފުރަތަމަ ދެ ކުއާާޓާ ނިމުނުއިރު ރެޑްވިންގްސް އޮތީ ތިން ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މި ކުއާޓާގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ރެޑްވިންގްސްގެ މުހައްމަދު ޒީދާން އާއި އާނޯލްޑް ބްރެންޓްގެ ކުޅުމެވެ. ޓީރެކްސްގެ މުހިންމު ކުޅުންތެރިންނަށް މި ދެ ކުއާޓާގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.

ޓީރެކްސް އިން މެޗު އަނބުރާލީ ފަހު ދެ ކުއާޓާގައި ފިލިޕް ވުކޮސަލްޔެވިކް ދެއްކި ތަފާތާ އެކުގަ އެވެ. މުޅި މެޗުގައި ފިލިޕް ވަނީ 49 ޕޮއިންޓް ޓީރެކްސް އަށް އެއްކޮށްދީފަ އެވެ. ތިން ވަނަ ކުއާޓާ ނިމުނުއިރު ޓީރެކްސް އިން އެއް ޕޮއިންޓްގެ ލީޑެއް ނެގިއިރު، ފޯރިގަދަ ފަހު ކުއާޓާގައި އެ ޓީމުން ފަރަގު ބޮޑު ކުރި އެވެ.

ރެޕްޓާސް އަތުން ބައުސް މޮޅުވީ 77 ޕޮއިންޓް 73 ޕޮއިންޓުންނެވެ. ވާދަވެރި އަދި ފޯރިގަދަ މި މެޗުގެ ފުރަތަމަ ތިން ކުއާޓާގައި ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ބިދޭސީ ކުޅުންތެރިޔާ ޖެފްރީ ކޯބީ އައި ޝާމިކް ޝަމްއާން މޮޅު ކުޅުމާ އެކު އެ ޓީމުން ތިން ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ފަހު ކުއާޓާާގައި ނިކުމެ ޖޭމްސް ސްޓެންބެކް އާއި މުއަހްމަދު ސަމޫހުގެ މޮޅު ކުޅުމާ އެކު ބައުސް އިން ފަހު ވަގުތު ތަފާތު ދައްކައި މޮޅުވިއެވެ.

ކިންގްސް އާއި ސްޓިންގާސް ވާދަކުރި މެޗު ކިންގްސް ކާމިޔާބުކުރީ 115-99 ޕޮއިންޓުންނެވެ. މި މެޗުގެ ފުރަތަމަ ކުއާާޓާގައި ސްޓިންގާސް މޮޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ކިންގްސް އިން ވަނީ ފަހަތުން އަރައި ބޮޑު ލީޑެއް ނަގައި ފެންވަރު ދައްކައިލައިފަ އެވެ. ފަހު ކުއާޓާގައި ސްޓިންގާސް އިން ރަނގަޅު ވާދަ އެއް ކުރި ކަމުގައި ވިޔަސް ޗެމްޕިއަނުން ފަހަތައް ޖައްސާލެވޭ ގޮތެއް ނުވިއެވެ.

ލީގުގައި ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، ޓީރެކްސް އަށް އޮތީ ރެޕްޓާސް އާއި ވާދަކުރާ މެޗެވެ. ރެޑްވިންގްސް ސްޓިންގާސްއާ ދެކޮޅަށް ނުކުންނައިރު، ކިންގްސް ނުކުންނާނީ ބައުސް އާއި ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox