އެމްއެޗްއޭއިން ވިއްކާ "ކްރައުން" ކަދުރުގެ މީރު ވާހަކަ

Mar 6, 2022, 7:39 AM
އެމްއެޗްއޭއިން ވިއްކާ "ކްރައުން" ކަދުރުގެ މީރު ވާހަކަ

ކަދުރުގެ ވާހަކަ ވަރަށް ދުރުން ވެސް ފެށިދާނެ އެވެ. ނަމަވެސް ކިޔައިދޭން މި އުޅޭ ކަދުރުގެ ވާހަކަ ފަށަން ޖެހެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަހްޔާންއާ ހަމައިންނެވެ. އެއީ ހަނަފަސް ޔޫއޭއީގެ ދަނޑުވެރިކަމުގެ ބާނީ އެވެ. ކަދުރު ރުއް ހައްދައި އާލާކުރުމަކީ އޭނާ ވަރަށް ހާއްސަ ސަމާލު ކަމެއް ދެއްވި ކަމެކެވެ.

އެ މަސައްކަތުގެ ފެށުމަކީ، ކަދުރުގެ ވަރުގަދަ މާކެޓަކަށް ޔޫއޭއީ ވެގެން ދިއުމުގެ ފެށުމެވެ. އަދި ޔޫއޭއީގައި އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކަން ފެށި އަދި މިހާރު ދުނިޔޭގެ 45 ގައުމަކަށް އެކްސްޕޯޓްކުރާ "ޑޭޓް ކްރައުން" ބްރޭންޑްގެ ކަދުރުގެ ފެށުމަކީ ވެސް އެއީ އެވެ.

"ޑޭޓް ކްރައުން" ކަދުރަކީ ރާއްޖޭގެ ބާޒާރަށް ވެސް އާ ކަދުރެއް ނޫނެވެ. މިއީ ބާޒާރުގައި އެންމެ މަގުބޫލު ކަދުރު ބްރޭންޑެވެ.

ކަދުރުގެ ސިއްހީ ފައިދާއަށް ބަލާއިރު، ފައިބާ، ޕްރޮޓިން، މިނަރަލްސް، ގިނަ ބާވަތްތަކެއް ވިޓަމިން، އަދި ވިހަ ފިލުވާލުމަށް އެހީވެދޭ މާއްދާތައް ހިމެނެ އެވެ. ބަލިތަކުން ދުރުކޮށްދީ، ސިކުނޑީގެ ދުޅަހެޔޮކަން ހިފެހެއްޓުމަށް މުހިންމު މި މޭވާ އަކީ ވަކި އުމުރަކަށް، ވަކި ދުވަސްވަރަކަށް ހާއްސަ މޭވާއެއް ނޫނެވެ.

މި ވާހަކަތައް މިގޮތަށް ގެނެސްދޭން ޖެހުނީ ކުރިއަށް އޮތީ ރޯދަ މަހަށް ވުމުންނެވެ.

ޑޭޓް ކްރައުން ބްރޭންޑްގެ ކަދުރު ރާއްޖެއަށް އެތެރެކުރަނީ، ވިޔަފާރި ފެށިތާ ބައި ގަރުނު ވެފައިވާ މަޝްހޫރު އެމްއެޗްއޭ އިންނެވެ. އެ ކުންފުނީގެ އަމާޒަކީ ފެންވަރު ރަނގަޅު، ރަހަވެސް މީރު ކަދުރެއް ރާއްޖޭގެ ބާޒާރުގައި ލިބެން ހުރުމެވެ.

"އަޅުގަނޑުމެން ބްރޭންޑުގެ ކަދުރު އިމްޕޯޓްކުރަން ފެށީ ހުރިހާ ގޮތަކުން ވެސް ފެންވަރު ރަނގަޅު ވުމުން. މި ބްރޭންޑްގެ ތަފާތު ވައްތަރުތައް އަޅުގަނޑުމެން އެތެރެކޮށް އެބަ ވިއްކަން،" އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވި އެވެ.

މި ބްރޭންޑްގެ އެކި ސައިޒުތަކުގެ ކަދުރު ޕެކެޓް އެމްއެޗްއޭއިން ވިއްކަ އެވެ. މި ބްރޭންޑް މިހާ ވަރުގަދަ ވެގެން ދިޔައީ، ބްރޭންޑްގެ ބާނީގެ މަސައްކަތުގެ ފެށުމާ އެއްގޮތަށް ފެންވަރާއި ރަހަ، އަދި ހަލާކު ނުވެ ގިނަ ދުވަހު ބެހެއްޓުމަށް މިހާރު ވެސް ގެންގުޅޭ މިންގަނޑުތަކުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox