ކުޑައިންމަ: ކުރިން ގައުމީ ޓީމުގެ ކީޕަރެއް، މިހާރު ފުޓްސަލްގެ މޮޅު ފޯވާޑެއް!

Mar 7, 2022, 2:41 AM
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ކުޑައިންމަ: ފުރަތަމަ ޑިވިޝަނުގައި ކުޅުން ހުއްޓާލުމަށް ފަހު މިހާރު ފުޓްސަލްގައި ކުޅެނީ ފޯވާޑަކަށް.

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ކުރިން ބެލެހެއްޓި ކުޑައިންމަ: ފުރަތަމަ ޑިވިޝަނުގައި ކުޅުން ހުއްޓާލުމަށް ފަހު މިހާރު ފުޓްސަލްގައި ކުޅެނީ ފޯވާޑަކަށް.

ވިކްޓްރީ ސްޕޯޓްސް ކްލަބާއި ށ. މިލަންދޫ ޓީމަށް 2017 ވަނަ އަހަރު ފުރަތަަމަ ޑިވިޝަނުގައި ކުޅުމަށް ފަހު އއ. މަތިވެރި އަށް އުފަން މަޝްހޫރު ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑައިންމަ) ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ނިންމާލާފައި ބަދަލުވީ ރަށަަށެވެ. ގަވާއިދުން މުސާރަ ނުލިބޭތީ އާއި އަމިއްލަ ސަބަބުތަކެއް ވެސް ހުރުމުން ފުރަތަމަ ޑިވިޝަނުން ދުރަށް ޖެހިލައި، ކުޑައިންމަ ރަށަށް ބަދަލުވީ އެވެ. ރަށުގައި އަހަަރަކު ދެ ފަހަރު ފުޓްސަލް މުބާރާތްތައް ބާއްވާތީ، ކުޑައިންމަ ނިންމީ ފުޓްސަލްގައި ތަފާތު މަގާމަކަށް ކުޅޭށެވެ. އޭނާ އިހުތިޔާރުކުރީ ފޯވާޑަކަށް ކުޅޭށެވެ.

ކުޑައިންމަގެ އެ ނިންމުން ގޯހެއް ނޫންކަން ސާބިތުވީ ފަސް ވަރަކަށް އަހަރު ފަހުންނެވެ. އެއީ މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރިން ހޯދިއިރު، އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ކުޑައިންމަ ލިބުމުންނެވެ.

ކުޑައިންމަ، 37، "އަދަދު" އަށް ބުނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު، ރަށު ޓީމަށް ވެސް މުޅިން ކުޅެފައި ހުންނާނީ ގޯލްކީޕަރަކަށް ކަމަށެެވެ. ފުޓްސަލްގައި ފޯވާޑަކަށް ކުޅެން ފެށީ ވެސް ފުރަތަމަ ޑިވިޝަން ނިންމާފައި 2018 ހިސާބުގައި ރަށަށް ގޮސް ކަމަށެވެ.

"ރަށުގައި އަހަރަކު ދެ އަހަރު ކަހަލަ ގޮތަކަށް މުބާރާތް އޮންނާނެ ފުޓްސަލްގެ. ދެން އޭރު މި ފެށީ ފުޓްސަލްގެ ފޯވާޑަކަށް ކުޅެން. މި ޓީމު (މަތިވެރި ޓީމު)ގައި މި ތިބި ޒުވާން ކުދިން ކައިރީގައި ބުނަމުން މި އަންނަނީ. ތިއީއޭ ކުޅެދިން ތިބި ބަޔަކީ. އެކަމަކު، ނުވާ ހިސާބުން އަރައި ކުޅެން ޖެހިއްޖިއްޔާ އެކަން ވެސް ކޮށްދޭނަމޭ. ރަށަށް ކަމެއް ކޮށްދިނުމޭ މީގެ އޮތީ،" ކުޑައިންމަ ބުންޏެވެ.

އއ. އަތޮޅުގެ މޮޅު ފުޓްސަލް ކުޅުންތެރިއާގެ މަގާމު ކުޑައިންމަ ހޯދީ ތިން މެޗުގައި ފަސް ގޯލު ޖަހައި އެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ. ރެހެންދި ފުޓްސަލް ދަނޑު ކައިރީގައި މަތިވެރީގެ މެޗުތަކުގައި ފޯރިނަގަމުންދާއިރު، އެ ތަނަށް މެޗުބަލަން ދާ ފުޓްބޯޅައިގެ ގިނަ މީހުން ލޮލުގައި އަޅައިގަންނަ އެއް ކަމަކީ ކުރިން މޮޅު ކީޕަރަކަށް ކުޅުނު ކުޑައިންމަ މިހާރު މޮޅު ފޯވާޑެއްގެ ގޮތުގައި ފެންނާތީ އެވެ.

"ވަރަށް ގިނަ މީހުން އެބައަހާ ކޮން އިރަކުހޭ ފުޓްސަލްގެ ފޯވާޑަކަށް ކުޅެން ފެށީ،" ކުޑައިންމަ ބުންޏެވެ.

ކުޑައިންމަ އަޒުމު ކަނޑައަޅައިގެން ހުރީ މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މަތިވެރި ޓީމަށް އިތުރު ކާމިޔާބީތަކެއް ހޯދައިދޭށެވެ. އަތޮޅު ޗެމްޕިއަންކަން ހޯދައިގެން މަތިވެރި ޓީމު ރަށަށް ދިއުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ކުޑައިންމަ ގައުމީ ޓީމުގައި ފުރަތަމަ ފަހަރަށް ހިމެނުނީ 2012 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ގަވަައިދުން އޭނާ އަށް ޓީމުން ފުރުސަތު ނުލިބެ އެވެ. އޭނާ އަށް ގަވަައިދުން ޓީމުން ޖާގަ ލިބެން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

ހޮންކޮންއާ ދެކޮޅަށް ގައުމީ ޓީމުން 2015 ވަނަ އަހަރު ކުޅުނު މެޗުގެ ތެރެއިން ކުޑައިންމަ (ވ).

ފުރަތަމަ ފަހަރަށް ކުޑަ އިންމަ ގައުމީ ޓީމަށް ވާދަވެރި މެޗެއް ކުޅުނީ 2015 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. އެ ފަހަރު ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވެގެން ކުޑައިންމަ އަށް ފުރުސަތު ދިނީ އެވެ. ކުޑައިންމަ އެ ފަހަރު ވަނީ ބޫޓާނާއި ޗައިނާ އަދި ހޮންކޮންއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުގައި ކުޅެފަ އެވެ. އެކަމަކު، 2017 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރީ ފުރުސަތު ނުލިބޭތީ އެވެ.

ފުރަތަމަ ޑިވިޝަނަށް 2009 ވަނަ އަހަރު ވެލެންސިއާ އިން ތައާރަފްވި އިމްރާން ވަނީ އެ ޓީމަށް ތިން އަހަރު ކުޅެފަ އެވެ. އޭނާ މާޒިޔާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ޓީމުގައި ހޭދަކުރި ތިން އަހަރުގައި ކުޑަ އިންމަގެ ފަރާތުން ބޮޑު ކުރިއެރުމެއް ފެނުނެވެ. އަދި އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ 2015 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހުރެ އޭނާ ދެއްކި ކުޅުމުންނެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީސީ ޓީމުގައި އޭނާ މޮޅަށް ކުޅުނެވެ. ޓީސީގައި ދެ ސީޒަން ހޭދަކޮށް 2017 ވަނަ އަހަރު މާލޭ ލީގުގައި ވިކްޓްރީ އަށް ކުޅުނެވެ. އެ އަހަރު ފަހުން ދިވެހި ޕްރިމިއާ ލީގުގައި ފެނުނީ ށ. މިލަންދޫ ޓީމުންނެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ކުޑައިންމަ ކުޅުނު ފަހު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox